ހޯމް މިނިސްޓަރު އިހުސާނާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
06 މެއި 2024 - 09:30
ދިވެހި ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ގެނައުމާއި އެ މީހުންނާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ފަހު، އެ އިއުލާން އެ އިދާރާ އިން އިއްޔެ ބާތިލްކޮށްފި އެވެ.
އެ ކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވައިލުމަށް ފަހު، އެ އިއުލާން ކުއްލި ގޮތަކަށް ބާތިލްކުރީ، ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ މީޑިއާގައި ވިދާޅުވި ގޮތުގައި، ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް [އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި] ފުލުހުންގެ އިދާރާ އިން އަމަލު ކުރަން ނިންމާފައި ވާތީ އެވެ.
އެކަމަކު، ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކުރިއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގައި އެ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީ ހިދުމަތް ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބިދޭސީން ނުތިބޭނެ އެވެ.
ފުލުހުންގެ ކަންކަމާ ގާނޫނީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އެހެން ވިދާޅުވެފައި ވަނިކޮށް، ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކުރި ސަބަބާ ގުޅޭ ގޮތުން ތަރުޖަމާން ވިދާޅުވީ، އެއީ އާދައިގެ މަތިން، ފުލުހުންގެ އިދާރާގެ އެކި ތަންތަނުގައި ބިދޭސީން ލައްވައި ކުރުވަމުން އައި މަސައްކަތްތަކަށް ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ.
އެކަމަކު، ޝިފާން ވިދާޅުވި ގޮތުގައި ދެން އިސްކަން ދޭނީ ދިވެހިންނަށެވެ.
ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުގެ އެއްވެސް ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް ބިދޭސީން މަދުކޮށް، އެ މީހުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކި
06 May 2024
އަމާޒޭ ލާހޫރޭ.
އިޚްލާޞްތެރިކަމެއް ނެތް
06 May 2024
އިޚްލާޞްތެރިކަމެއް ހުރިނަމަ ފުރަތަމައިނުން ވެސް ޢިޢުލާން ކުރީހީ ދިވެހިން ހޯދުމަށެވެ.
އާދަނު33
06 May 2024
ފުލުހަށްވެސް ވައްދަންވީ ބިިދޭސީން. އޭރުން ފުލުހުންތިކުރާ މަސައްކަތަށްވުރެން އެމީހުން މާގިނައިން މަސައްކަތްކުރާނެ.
އާދަނު33
06 May 2024
އުނބައްޖެހީދޯ!!
ކޮރަލް
06 May 2024
އާޒިމް ވަނީ ނަމޫނާ ދައްކާ ފަ އެވެ. އެމްޓީސީސީގަ ގަވެސް ބައެއް ދިވެހީންނަށް މަސައްކަތް ދަސްކޮދީގެން ވެސް ވަޒީފާ ދީފަ އެބަހުއްޓެވެ. ދެން ބަދަލު ވީ ސިޓީ ކައުންސިލް މޭޔަރު ކަމާ އެވެ. ދިވެހީން ހޯދަން މަސައްކަތް ކޮށް ނުލިބުނީ މަ އަލުން މަސައްކަތް ފެށި އެވެ. ދިވެހީން ލިބުނެވެ. ދިވެޙިންނަށް މުސާރަ ރަނގަޅުވެފަ ކެއުމާ ހުރުން ލިބިފަ ދެކޮޅު ޓިކެޓް އަހަރަކު އެއްފަހަރު ކިބޭނަމަ ރަނގަޅު ވާނެ އެވެ.
އަލީބް
06 May 2024
ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ހުރިހާ ޓީމްތަކަށް ބޭރުމީހުން ކުޅެންތިބޭ އެއީ ކޮންބައެއްބާ؟؟
މުކި
06 May 2024
ކޮންއިރަކުބާ؟؟؟
އަޒްރާ
07 May 2024
ދިވެހި ފުޓްބޯޅަ ޓީމްތަކުން ބޭރުން ގެންނަ ކުޅުންތެރިން ކޮބާ؟
ޞިލްމް
06 May 2024
ވާނުވާގަދޯ. ދެން އެހެން ބުނުވެނީމަ
އިހްސާސް
06 May 2024
ބިދޭސީންނަށް ކެއުމާ ހުރުން ލިބޭ. ދިވެހިންނަށް އެޔެއްނުދޭ. އެދީބަލަ ދިވެހިންވެސް ވާނެ.
ލަޒީދުބެ
06 May 2024
ބިދޭސީންނަށް ދޭ ކެއުމާ ހުރުން ވަރަށް ވެސް ދަށްކޮށް ހުންނަނީ.. އެކެރޭނެތަ ކާން ދިވެއްސަކަށް؟؟
ފޮނިފޮނިޓައްޕު ކުމާރު
06 May 2024
ހަދާނެނަހަދާނެގޮތެއް ނޭންގިގެންއުޅެންޏާ އިސްތިއުފާދީ.
ޓެމަރިކްސްކް މުހަންމަދު
06 May 2024
ދިވެހިންނަކީ ދިވެހިން 100 ޕަރސެންޓް ޔަގީންކަން ދެން ލޭބަރ މަސައްކަތްތަކަށް ކުޑައުޖޫރައަކަށް ދިވެހިން ނުލިބޭނެކަން/ ކިތަންމެ ބޮޑު މުސާރަކައަކަށްވެސް ލޭބަރު މަސައްކަތްތަކަކަށް ދިވެހިންނެތް ނުލިބޭނެ އެއްއަހަރު މުވައްޒަފުންނުލިބެގެން ދެން އުޅެންޖެހޭނީ / ކުރެވޭނެކަންތައް އަދި ނުކުރެވޭނެކަންކަން ވެސް އެނގޭ އެއީކީ އެންމެ ބޭނުންވާގޮތަށް ނުވިޔަސް ކަންކުރަންޖެހުނީމަ ޖެހޭނީ ބިދޭސީންވެސް ގެންގުޅެން / ލޮޖިކް