12 މެއި 2024 - 09:08
ގްރާނާޑާ (މެއި 12) - ގްރާނާޑާއާ ދެކޮޅަށް ރެއާލް މެޑްރިޑުން 4-0 ން މޮޅު، ލަލީގާގައި އެ ޓީމު ބަލިނުވުމުގެ ރެކޯޑް 28 މެޗަށް ދަމަހައްޓައިފި އެވެ.
މެޗަށް ނުކުތް އިރު ވެސް ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލުން، ގްރަނާޑާގެ މެޗަށް ދަނޑަށް ނުކުތުމުން އެ ޓީމުން ވަނީ ރެއާލްގެ ކުޅުންތެރިންނަށް އިހްތިރާމް އަދާކޮށްފަ އެވެ.
މެޗުގައި، ލަނޑު ޖެހީ ރެއާލްގެ ބެންޗު ޓީމުގެ ކުޅުންތެރިންނެވެ. ފްރާން ގާސީއާ، އަރްދާ ގުލާ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖެހި އިރު ބްރަހީމް ޑިއާޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
"އަހަރެމެން އެންމެން ވެސް ބޭނުންވީ ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދަން ބޭނުންވާކަން ދައްކަން. އަހަރެން ވަރަށް އުފާވޭ ޖެހުނު ގޯލްތަކާ މެދު،" މެޗަށް ފަހު ބްރަހީމް ބުންޏެވެ.
"އަހަރެން 12 ގޯލާއި ހަތް އެސިސްޓް ކުރެވިއްޖެ. މި ކުޅުންތެރިންނާ އެކު މިތަނުގައި [ރެއާލަގައި] ކުޅެން ވަރަށް ފަސޭހަ. އެންމެ މުހިންމު އެއްކަމަކީ ތަށިތައް. މިހާރުވެސް ސުޕަ ކަޕާއި ލީގު އެބައޮތް، ދެން ބޭނުންވަނީ ޗެމްޕިއަންސް ލީގު."
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނަ ބޮރޫޝިއާ ޑޯޓްމެންޑް މައިންސް އަތުން ބަލިވީ 3-0 ންނެވެ.
ޑޯޓްމެންޑާ ދެކޮޅަށް ނުކުތް މައިންސް އަށް އޮތީ ރެލިގޭޝަންގެ ބިރު ކުރިމަތި ވެފަ އެވެ. އެކަމަކު އެ މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ ކުރިއަށް ޖެހިލުމުގެ އުންމީދު ދަމަހައްޓައިފަ އެވެ.
ލިއަންޑްރޯ ބަރޭރޯ މެޗުގެ ކުރީ ކޮޅު ޖެހި ލަނޑާއި ލީ ޖައި-ސަންގް ޖެހި ދެ ލެނަޑުން މައިންސް ވަނީ ރެލިޭގޭޝަން ޒޯނުން މެޗަށް ޖެހިލާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
12 May 2024
ވީއޭއާރާ ރެފްރީ ރެއާލްކޮޅަށް ހުރިހާދުވަހަކު އެމީހުން ބަލިވާނެގޮތެއް ނޯންނާނެކަން އަހަރުމެން ދަންނަން. އަދި ޔޫއެފާގެ އެހީތެރިކަމާއެކު 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ނަގާނެކަން ކަށަވަރު.
ރަދީފްއޮފިޝަލް
12 May 2024
މަރުހަބާ ރެއާލް ފޭނުން.