13 މެއި 2024 - 18:15
ސިފައިންނަށް ދޫކޮށްފައިވާ ބަނޑޭރިކޮށީގައި ހުރި އެޕާޓްމަންޓަކުން މަރުވެފައި އޮތް ދިވެއްސަކު މިއަދު ހަވީރު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ލިބުނު ރިޕޯޓަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، މަރުވެފައިވާ މީހަކު ފެނިފައިވާ ކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
އެ މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ މީހާ ފެނުނީ މިވަގުތު ބޭނުންކުރަމުން ނުދާ އެޕާޓްމަންޓަކުންނެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނީ
13 May 2024
ބީކޭ އެޕާރޓް މެންޓޭ. މުއީޒު ތަރައްގީ ރަހަލަ ހާދަގަދައަކަށް ލާފައޭ ތިހިރީ. ބަލަ ބަނޑޭރި ކޮށީގައި ހުންނަނީ ގޮޅި ނަމްބަރުޖަހާފައޭ.