ސަރުކާރުން މީގެ ކުރިން އިއުލާނުކުރި ސްކޮލަޝިޕް ފުރުސަތެއްގައި ސްކޮލަޝިޕް ލިބުނު މީހަކާ ލިޔުން ހަވާލުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
15 މެއި 2024 - 11:20
ޖަޕާނުގެ ޔުނިވާސިޓީތަކުގައި ތިން ދާއިރާއަކުން ކިޔަވަން ދިވެހިންނަށް ސްކޮލާޝިޕްތަކަކަށް ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހަރަދުކޮށްގެން "ޖަޕަނީޒް ގަވަމެންޓް ސްކޮލާޝިޕް ފޯ 2025" ގައި ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިފައިވާ ކަމަށް އެ ގައުމުގެ އެމްބަސީން އަންގާފައިވާ ކަމަށެވެ.
އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމަށް އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކަމަށައި ޓެސްޓް އަދި އިންޓަވިއު ބާއްވާނީ އެމްބަސީގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
1. ރިސާޗް ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 27)
2. ސްޕެޝަލައިޒް ޓްރެއިނިންގް ކޮލެޖް ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 3)
3. ކޮލެޖް އޮފް ޓެކްނޮލަޖީ ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 3)
ކޯސްތަކާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތު ކޯހަށް އެދޭ އޮންލައިން ފޯމާއެކު ލިބޭނެ އެވެ.
ރާއްޖެއަށް ވަނީ ޕާކިސްތާނާއި ޗައިނާގައި ކިޔެވުމަށް ވެސް ސްކޮލާޝިޕްތަކެއް ލިބިފަ އެވެ. ޕާކިސްތާކުގައި ކިޔަވަން 10 ދާއިރާއަކަށް ސްކޮލަޝިޕަށް އެދުމަށް ހުޅުވާލާފައި ވާއިރު ޗައިނާގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކރޕ ޖ ކ
20 May 2024
ކޮރަޕްޓުކޮށް ދޭ އެއްޗެހި
އުލްފާާ
16 May 2024
މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބުނެލަންބޭނުންވަނީ ސަރުކާރުން މިި ފަހިކޮށްދެއްވި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާ ގައުމަށް ކުރިއެރުންހޯދަދޭ ބަޔަކަށް ވެގެންއަންނާށޭ
މާޅިކްް
16 May 2024
ސަރުކާރުން މި ހޯއްދަވައިދެއްވާ ފަހި ފުރުސަތުތަކަށް ފަށްފަށުން ޝުކުރުއަދާކުރަން.
އަންސާމްް
16 May 2024
އުންމީދަކީ އަދި ކުރިމަގުގައި މިޔަށް ވުރެ އޮޕްޝަންސްތަށް ގިނަވާނެކަމަށް.
އަކްމަލްް
16 May 2024
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ދަނީ ހެޔޮ މިސްރާބަކަށް.
ޝިމްހާދްް
16 May 2024
ސަރުކާރުން ދާނީ އަބަދުވެސް ފުރުސަތު ހުޅުވައިދެއްވަމުން. ކުދިންނަށް ފަހި ފުރުސަތުތަށް އަދި މިޔަށްވުރެ އިތުރަށް ކުރިޔަށް އޮތް އަހަރުތަކުގައި ލިބޭނެކަމަށް އުންމީދުކުރަން.
ސްޓޫޑަންޓް
16 May 2024
ބޭނުންވާ ދާއިރާތަކެއް ނުހުރޭ. ހިލޭ ދިނަސް ކުރިމަތިލެވޭކަށް ނޯންވޭ އެހެންވީމަ.