ގެއްލިގެން ހޯދާ ދޯނި: ތިލަފުށިން ފުރި މި ދޯނި ގެއްލިގެން ރިޕޯޓްކުރީ އިއްޔެ ހަވީރު ކަމަށް އެމްއެންޑީއެފުން ބުނޭ.
18 މެއި 2024 - 10:14
ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް މުދާ އުފުލާ ދޯންޏެއްގެ ހަބަރެއް ނުވެގެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު ދަތުރުކުރިއިރު އެ ދޯންޏަކީ އިއްޔެ ހެނދުނު ހައެއް ޖެހިއިރު ތިލަފުށިން ފުރި ދޯންޏެއް ކަމަށެވެ. ދޯނީގެ ހަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު 17:15 ހާއިރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ އެވެ.
އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.
ދޯންޏެއް ގެއްލިގެން ހޯދަމުން އަންނައިރު ހުޅަނގު މޫސުން ފެށި، ރާއްޖޭގެ މޫސުން ވަރަށް ގޯހެވެ. މިހާރު ވެސް އޮތީ ބ. އަތޮޅުން ފެށިގެން އައްޑޫއަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭސް
18 May 2024
ކޮންމެ ވިއްސާރަ މޫސުމެއްގައި ހައެއްކަ ދޯނި ގެއްލި އެތައް ބަޔަކަށް ވީނުވީއެއް ނޭނގޭ ހާލަތު އެބަ މެދުވެރިވޭ. ކަމާބެހޭ އިދާރާތަކުން 50 މޭލަށް ވައިޖެހޭނެއޭ ބުނީމަ ވެސް އެފުރަނީ.
ސްމޭޝ
18 May 2024
ޑްރޯން ގެނެސް ބަޔަކު ހޯދުމުން އުފާވި- އުއްމީދުކުރީ ދެން މިރާއްޖެގައި އެގޮތަށް ގެއްލޭ މީހުންގެ ހޯދުމުގެ މަސައްކަތަށް މާގިނަ ވަގުތެއް ނުނަގާނެ ކަމަށް. ޓެކްނޮލޮޖީގެ ފަސޭހައާއެކު މޭޒުދޮށުގައި ތިބެގެން އެއްކަލަ ޑްރޮން ފޮނުވައިގެން ލައިވްކޮށް ބަލަން ތިބެ އގެއްލުނު މީހުން ހޯދާ ސީދާ އެތަނަށް ރެސްކިއު ޓީމު ފޮނުވައި މީހުންނާއި މުދާ ސަލާމަތް ކުރެވުން ފަސޭހަވީކަމަށް. އެކަމަކު މިފަހަރު މިދިޔައި ކިހިނެތް ބާ؟ ޑްރޯން ނުއުދުއްސުނީ ބާ؟
ފަރުވާ ކުޑަ މީހާ
18 May 2024
ދޯނީގެ ވެރsion ފަރާތުން ހަމަ ފަރުވާ ކުޑައީ. ޙެދުނު ފުރި ދޯނި ވިއްސާރަ ނޫނީ ކަނޑު ގަދަނަމަ ހަމަ ވަގުތުން ދޯނީގެ ދަތުރު ޚަބަރު ބެލެންވާނެ . މަދުވެގެން ގަޑިޔަކު އެއްފަހަރު ދޯނީ ޚަބަރު ހޯދެންވާނެ. މިޒަމާނަކީ ދޯނި ހުރިތަން ވަގުތހުން ފެންނަ ޒަމާނެއް. މިވަރު ނުކުރެވޭމީހުމް ދޯނިފަހަރު ފެންގުޅުންބހުއްޓާލަންވީ. ނޫނީ ހުއްޓުވެންވީ. ދަތުރު ފަށަންވާނީ މޫސުމަށް ބަލައިގެން
ރަދީފްއޮފިޝަލް
18 May 2024
ކަނޑުގަދަ ދުވަހެއްކަން އެނގިތިބެ ފުރައިގެން ދިޔުން އެއީ ކުރެވުނު ވަރަށް ދެރަކަމެއް.
އަބުދުބެއްޔާ
18 May 2024
ކޮބާހޭ ޑްރޯން ތައް، ވައިގަދަކަމުން އުދުއްސާ ނުލެވެނީ ތޯ
ދެރަކަމެއް
18 May 2024
ތީޔަޢީ މުއިއްޒަށް ނޫނީ ޤައުމަށް ނޫނީ ޤައުމުގެ ދިފާއަށް ކުރާ ފުރައްސާރައެއްތަ. ތިބާގެ ޤައުމު ތިބާޔަށް ގޮވަނީ ތިހެންތަ.
ތުނޑުހަސަނު
18 May 2024
ޑްރޯންއޭ ކިއުމުގެ ކުރިން އަހާބަލަ ދޯނީގެ ޓްރެކިން ޑިވައިސް ކޮބާހޭ. ވެރިމީހާ އަދާކުރަންޖެހޭ ޒިންމާ އަދާކުރިހޭ. އެއީ ފުރަތަމަ ކުރަންޖެހޭ ކަމަކީ.
ވސވސ
18 May 2024
އަބުދުކަހަލަ ބަޔަކު އުޅުނއ ތިކަހަލަ އެއްޗެހި ކިޔަކިޔާ ބުރިޖު އެޅި އިރުވެސް.