އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ ސެންޓަރެއް.-- ފޮޓޯ: އާސަންދަ
19 މެއި 2024 - 16:38
އާސަންދަ ކުންފުނިން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުރި ހޭދައަށްވުރެ، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުރި ހޭދަ، ފަސް ޕަސެންޓް އިތުރުވެއްޖެ އެވެ.
އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗު 31، 2024 އާ ހަމައަށް 838 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 ޕަސެންޓު އިތުރުވުމެކެވެ.
މިދިޔަ އަހަރު އާސަންދަ ސްކީމުން 799 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 488 މިލިއަން ރުފިޔާގަ އެވެ.
މި އަހަރަށް އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެންމެ ބޮޑު ހޭދައެއް ކުރީ 2022 ވަނަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީނާ ވަލީދު
20 May 2024
ކިހިނެތް މި ވީ؟ ގައިމު ބުނި ހަރަދު ކުޑައޭ ކުރާނީ. މުއިއްޒު ސަރުކާރުން ހެސްކިޔާފަ މީހުން ބޭރަށް ފޮނުވާ ދެނީ ދޯ. މުލިއްސެއް ޖެއްސަސް އިންޑިއާ އަށް. އެވެސް ވަކި ބަޔަކަށް.
ރާއިފްް
20 May 2024
އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ރައީސް އަޅަން ނިންމާފަވާ ޓާޝަރީ ހޮސްޕިޓަލްތަކާއި ކެންސަރު ހޮސްޕިޓަލުން ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ.
ޒިމާމްް
20 May 2024
މިފަދަ ވެލްފެއަރ ފަންޑްތަކަށް ފައިސާ ލިބޭނެ އިތުރު ނިޒާމެއް އޮތުން މިހާޜު މުހިންމު. ދައުލަތަށް ބުރަޔަކަށް މިކަންވުމަށްވުރެ ރަނގަޅަށް މިކަން މެނޭޖްކުރުން މާ ފައިދާ ބޮޑުވާނެ.
އާދަން ޒާހިރްް
20 May 2024
ރައްޔިތުންގެ ސިއްހީ ހާލަތު ގޯސްވާތަން ފެނިގެންމިދަނީ. މިއީ ވެކްސިންގެ އިފެކްޓަކަށްވެސް ވެދާނެ. އެހެންނަމަވެސް ބޭސްފަރުވާއަށް އެލިޖިބަލްކޮންމެ މީހަކަށް އާސަންދަ ލިބެންޖެހޭ.
ޔާސިރްް
20 May 2024
އާސަންދައަކީ ހަރަދު ބޮޑު ނިޒާމެއް. މި ނިޒާމު ރިފޯމްކޮށް ރަނގަޅު އިސްލާހުތަކެއް މަޖިލިހުންވެސް ގެނައުން މުހިންމު.
އަދްނާންް
20 May 2024
އާސަންދައިގެ ބޭނުންޖެހޭ އެންމެނަށް އާސަންދަ ލިބެންޖެހޭ. މި ހިދުމަތް މެދުނުކެޑި ގެންދެވުމަކީ މުހިންމުކަމެއް.
ނަން-ފީސިބްލް
19 May 2024
އާސަންދަ އަކީ ބޮޑުވަމުން އަންނަ އާބާދީއަކަށް އެކަޝީގެން ވާ ނިޒާމެއް ނޫން. އިންޝުއަރެންސް މޮޑެލް އަކަށް ބަދަލު ކުރަން ވީ.
ކަލީމް
20 May 2024
ސަރުކާރުން ބޭސްފަރުވާގެ ހަރަދުކޮށްދިނުމަކީ އިންޝުއަރެންސް ސްކީމެކޭ. ރައްޔިތުން ޓެކްސް ދައްކަނީ ސަރުކާރަށް ސިއްހަތު ރަގަޅުއިރު ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން. ދެން ބަލިވާ މީހަކަށް ބަލިވީމަ ސަރުކާރުން ބޭސް ކޮށްދެނީ. މީ އިންޝްއަރެންސް ހިނގާ ގޮތެއް ނޫންތަ؟ އާސަންދައިން ކޮރަޕްޝަން ފޮހެލަންވީ!
ތަމެންދޯ
19 May 2024
ަައާސަންދަ އިން ކުރާ ޚަރަދުގެ %80 އެއީ އިންޑިއާ ހޮސްޕިޓާ ތަކަށް ދާ ޚަރަދު މީގައި ކުރަން ނުޖެހޭ ސާރޖަރީ ތައް ވެސް ކޮށް ނަގަނީ ބޮޑެތި މާފިޔާ ވިޔާފާރި ކުރާ އުސޫލުންނޭ މިކަން ކުރަނީ އިންޑިއާ ހޮސްޕިޓާ ތަކާއި އާސަންދަ ބޮޑުން ގުޅިގެން އަނެއްކާ އާސަންދަ އިން ބޭސް ކުރަން ފަށާބަލަ އިންޑިއާ އަށް އަހަރަކު ދެފަހަރު ދާން އިންޑިއާ ހޮސްޕިޓާ ތަކުން ރިކޮމެންޑް ކުރާނެ ބޮޑަށް މިމަޅީގައި ޖައްސަނީ އަންހެންވެރިންނޭ މީހަމަ ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ވަގުންނޭ
ހުއްޓާލާށޭ
19 May 2024
އާސަންދަ ނުހިންގޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ މިކަން ހުއްޓާލާށޭ ރާއްޖޭން ބޭރުން ކުރާ ބޭސް ފަރުވާ މަދުުކުރަން މާލެ ސަރަހައްދުގައި 100 ހޮސްޕިޓާ އަޅާ ދަރުމަވަންތަ ގާތުގައި ހަދަން ޕްލޭން ކޮށްފައި ހުރި ތަންތަން ހަދާ ދަރުމަވަންތަ ހުޅަނގުން އޮތް ތިލަ ކަނޑުވެސް ހިއްކާ އެތަނުގައި ވެސް 150 ބުރީގެ ހޮސްޕިޓަލެއް އަޅާށޭ ދިރާގު ކުރިމަތިން އޮތް ޕާރކިންގް ޒޯން ވެސް ހޮސްޕިޓަލަށް ނަގާށޭ އިންޑިއާ ހޮސްޕިޓާ ތަކާއި އެކު ވަގު ޑީލް ހަދައިގެން ހިންގާ އާސަންދަ ހުއްޓާލާށޭ
ޖީބު
19 May 2024
ތިޔަހެން ހެދީމަ ޖީބަށްލާނެ އެއްޗެއް ނިއިންނާނެ!
ހެޔޮނުވާނެއޭ
19 May 2024
އާސަންދައިން ބޭކާރު ޚަރަދުކުރުން ހުއްޓާލާ ކާރޑަށް ދޭ ސަބްސިޑީ ކަނޑާނުލާ ފުދޭނެއޭ އާސަންދަ އަކީ ފޫނެތް ބާލިދީއެއް ކަނޑަށް ގަންބާފައި އެއިން ފެންނަގާ ހުސްކުރަން އުޅޭގޮތަށް ސަރުކާރުން ޚަަރަދުކުރާ ތަނެކޭ ހެޔޮނުވާނެއޭ އާސަންދައިން ތިޔާ ގޮތަށް ބޭސްފަރުވާ ކުރަން ނަހަދާށޭ އިންޑިއާ މުއްސަނދިވަނީ އަދިވެސް މާލޭގައި ހުރި ހޮސްޕިޓާ ބޮޑުކޮށް ޚިދްމަތް ރަނގަޅު ކުރަން ސަރުކާރަށް ހިތަށް ވެސް ނާރާ މިއަދު ގާސިމް އިބްރާހިމް ކޮބާ ނުފެލެނީ ކިއެއްވެތޭ މިފަދަ ކަންކަމުގައި