ކަޔަކް: ގެއްލުނު މީހާ ފެނުނީ ރިސޯޓަށް އަރާ ހުއްޓައި. -- ފޮޓޯ | ޕޮލިސް
20 މެއި 2024 - 10:39
ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ކަޔަކެއްގައި ގެއްލުނު މީހާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަފެލްސް ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހާ ފެނުނީ، ގއ. އަތޮޅުގެ ރިސޯޓަކަށް މިއަދު އަރާ ހުއްޓާ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ބުންޏަސް، އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެހެންވެ، އެ މީހާއަށް ވީ ކިހިނެއް ކަމެއް އަދި ސަލާމަތްވި ގޮތެއް ނޭނގެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ އިއްޔެ މެންދުރު ފަހު 3:30 ހާއިރެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަމާގުޅޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރާއިރު ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލައިލާގެންއުޅެބަލަ
20 May 2024
މޫސުންގޯސްވެ ހުރިހާކުލައެއްގެ އެލާޓް އަޅާފަ އޮއްވަ ކަޔައެކް އެއްގަ ކަނޑަށް ނުކުންނާނީ ވަރަށް ޒިންމާދާރު ކަން ކުޑަމީހުން. ތި ރިސޯޓުގެ މެނެޖްމަންޓުންވެސް މިކަހަލަ ކަންތައްތައް މަނާކުރަންވާނެ.
ޖީހާންް
20 May 2024
ޑްރޯންއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލޭނެ ނިޒާމް ޤާއިމްވެ ރެސްކިއު މިޝަންތަކަށް ވަރަަށް ބޮޑު ފަސޭހައެއް ވެގެންދާނެ.