ގެއްލިގެން ހޯދަމުން އަންނަ އަހުމަދު އައިމަން (30އ)
20 މެއި 2024 - 10:51
އުމުރުން 30 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވީ ގޮތެއް ނޭނގިގެން، ހޯދަމުން އަންނަނީ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން 30، އެވެ.
ފުލުހުން ބުނީ އާއިލާއަށް ހަބަރެއްނުވެން ރިޕޯޓުކޮށްފައިވާތީ އައިމަން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް ފުލުހުން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުމުޤު
20 May 2024
މީނާގެ އުމުރާ އޭޑްރެސް ފެނުނީމާ ހަމަ ހީވެއްޖެ އެއީ ހަމަ ޒުވާމެކޭ
ރަދީފު ބިން ރަފައިދާ
20 May 2024
ގެއްލުނީހޭ ނުވަތަ ގެއްލިގަތީހެއްޔޭ. މިހާރުން މިއަށް ޖަވާބުދީބަލަ.
ބޭކާރު ހަބަރު
20 May 2024
މީ ބީމަތިން ދިޔަ މަތިންދާބޯޓެއްގެ އަޑުކަހަލަ ހަބަރެއް. ކޮންތާކުން ކޮންތާޖަށް ކޮންބަޔަކު ގޮވައިގެން ދިޔަބޯޓެއްކަމެއް ނޭގެ. ގެއްލޭޒުވާނުން ގެއްލިފަ ގެނުނީމަ ހެޑް ލައިނަށް އަރާނެ ފެނުނީ. އިތުރު ތަފުސީލެއް ހަރާން.
އަޑާ
20 May 2024
ހޯދާނެކަމެއްނެތް. ތިޔައީ އަމިއްލައަށް ފިލައިގެން އިސްތިހާރުވާން އުޅޭމީހުން
ކުއިން ބީ
20 May 2024
މިކުއްޖާ ފެނުނީ ނިޔާ ވެފަ އޮއްވާ. ރީތި ވެއްޖެއްނު؟ ތަނަކުން އެއްޗެއް ފެންނަ އިރަށް ކޮމެންޓްކުރާތި. ފިލީ އަމިއްލަޔައްތޯ ނޫންތޯ އިނގޭނީ ހޯދީމަ. ގެއްލޭ ކޮންމެ މީހަކީ އަމިއްލައަށް އިސްތހާރުވާން އުޅޭ މީހެކޭ ބުނެ ނުހޯދާ ނުތިބެވޭނެ. މިކަހަލަ ހަބަރެއް ދެން ފެނިއްޖެއްޔާ އެމީހަކު ހެޔޮހާލުގަ ހުއްޓާ ފެނޭތޯ ދުއާ ކޮއްލާފަ މަޑުންހުރެލާނީ އިނގޭ. ވަރަށް ވެދުން :(
ބަރުބާދު
20 May 2024
ސޮރީސަރ ތިކަމާ ބޯގޭނޭކައްނެތް، 30 އަހަރުގަ ގެއްލެންޏާ ތީނަހޯދަން އުޅެނިކޮއް މަ ގެއްލިދާނެ.
ހޯދާ
20 May 2024
ރާއްޖެއިން ފުރައިގެން ދިޔައީތޯ ނުވަތަ ރާއްޖެތެރޭ ރަށަކަށް ދިޔައީތޯވެސް ބަލާލުން މުހިންމު
ބންޑޯސް
20 May 2024
ރާއްޖޭގަ އުޅޭނީ. ރާޑަރަށް ނާރާ ހިސާބު. ޕޮލިހަކަށްވެސް މޮބައިލް ކު ްފުނިތަކަށްވެސް ނޭނގޭހިސާބު. މީގެން އެއްވެސް ދަރިއެއް ވީތަނެއް ބުނެދެވިފައެއް އަދި ހޯދިފައެއްނުވޭ. އަމިއްލަޔަށް ފެންނަނީ. އެޔަށްފަހު އެވާހަކަ ނުދައްކާނެ. މީކީ ހަމަހުރެފައި ވާކަމެއްނޫން. ނޫސްވެރިންނަށްވެސް މިކަން ހިނގާގޮތް ހޯދިފައެއްނުވޭ. އަހަރަކު 10 ނުވަތަ 15 ގެއްލިފައި ފެންނަ ފެނުން . ބަލާނެ ބަޔަކުނެތް؟
މީދާ.
20 May 2024
ބަލަ އޭނާ ގެއްލުނީވެސް ރާއްޖެތެރޭގެ ރަށެއް ކަމަށްވާ ކ.އަތޮޅު މާލޭގައި ހުއްޓާ. ދެން އޭނާ އިތުރަށް ފުރައިގެން ރާއްޖެތެރެއަކަށް ދާކަށް ނުޖެހޭނެ. ފުރައިގެން ދިޔަނަމަ ދާނީ ރާއްޖޭގެ އުތުރަށް ނުވަތަ ދެކުނަސް.