ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
20 މެއި 2024 - 18:56
މާލޭގެ ގެއަކުން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް މިއަދު 2:20 ހާއިރު ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ފެނުނީ މ. ރަބީއުވިލާ ގެއިންނެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ. ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިދިޔަ ހަފްތާ ތެރޭގައި ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއް ތެރޭ ބިދޭސީއަކު މަރުވެފައިވާ އޮއްވައި ވެސް ފެނުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެއާރީ
22 May 2024
މިއީ މޫސުމީ މަކެއްތަ؟
ބާބޫޖީ
20 May 2024
ހުސް މަސަތުވާތަކެއްޗާއި ގުޅުންހުރި ކުއްތަކާއި މަރުތަށް. މިއަދުގެ ހަޤީގަތަކީ މުޅިގައުމު އޮތީ ކޯޕަރޭޓް ގޭންގްތަކުގެ އަތަދަށުވެފައިކަން. މެމްބަރުން ބޮޑުބަޔަކަށް އެމީހުންވަނީ އިންވެސްޓްކޮއްފަ.