25 މެއި 2024 - 15:39
ސިނަމާލެ ބްރިޖު ކައިރިން މަރުވެފައި އޮތް މީހަކު އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކަނޑުމަތިން މީހަކު އޮޔާ ދާ ކަމަށް މިއަދު 12:35 ގައި ރިޕޯޓު ކޮށްގެން އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އޭނާ މަރުވެގެން މައްޗަށް އަރާފައި އޮތުމުން ޑިންގީ އަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަން "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
"މަރުވެފައި އޮތީ އަންހެނެއް. އަދި ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް އަދި އުމުރެއް ވެސް ސާފެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މި ފަހުން ރިސޯޓެއްގައި ވެސް މޫދަށް ވެއްޓުނު މީހަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު ވަނީ ގެނބިގެން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްކުވާ
26 May 2024
އޮޔާދަނިކޮށްނޭ ފެނުނީ ބުނެލުމަކުން އަދި ނުފުދޭ. އެމީހަކު ކަނޑުގައި އޮތް ކަމަށް ބެލެވޭ މުއްދަތަކާ އެމީހުން ފެނުނުކަމަށް ބުނާއިރު ވެފައޮތްވަރާ ދިމާވުން މުހިއްމު.
މީރާ
25 May 2024
ހޮސްޕިޓަލަށް ގެންދިޔައީ ޑިންގީއަކަށް އަރުވައިގެނޭ؟