ހުޅުމާލެ ފޭސް 2 ގައި ސަރުކާރުން ހިންގާ ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު ސްކޫލުގައި -- ފޮޓޯ: ފަޔާޒް މޫސާ
26 މެއި 2024 - 07:48
ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފި އެވެ.
މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު، ކޮންމެ ސްކޫލެއްގައި ވެސް ގިނަ ވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.
ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހުޅުމާލެ ފޭސް 2 ގައި ސަރުކާރުން ހިންގާ ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު ސްކޫލުގައި -- ފޮޓޯ: ފަޔާޒް މޫސާ
ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ދިރާސީ އާ އަހަރު މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
- މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލް ކޮށްފައިވޭ
- މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަނުމަށް 2081 ދަރިވަރުން ހުށަހެޅި
- މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 އެއްހާ ދަރިވަރުން ބަދަލުވި
ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން މިއަދު ހެނދުނު ސްކޫލުގައި -- ފޮޓޯ: ފަޔާޒް މޫސާ/ މިޙާރު
- ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން.
- މި އަހަރުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާނެ.
- ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ.
- 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ
- ކުރީ އަހަރެކޭ އެއްގޮތަށް ސެޓްލައިޓް މެދުވެރިކޮށް މިއަހަރު ވެސް ހަ ސްކޫލެއްގައި ކިޔަަވައިދޭނެ. އެއީ ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، އަދި ވ. ތިނަދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލް.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
26 May 2024
އަހަރަކު އެތައް ހާސް ކުދީން ސްކޫލް ނިންމާ އިރު ވަޒީފާ އެއް ނެތެވެ. އަމިއްލަ ތަންތަނުގެ ވަޒީފާ ތައް ވަނީ ބިދޭސީން އަތްމަތީގަ އެވެ. ސަރުކާރު އަދި ސަރުކާރި ހިއްސާވާ ކުންފުނި ތަކުގެ ކޮންޓްރޯލް އޮތީ ސިޔާސީ މީހުންގެ އަތްމަތީގަ އެވެ. ސަނަދުން ކުރެވޭނެ ބޭނުމެއް ނެތެވެ. މިކަމަށް އަވަސް ހައްލެއް ބޭނުން ވެ އެވެ. އަވަސް ހައްލެއްބޭނުން ވެއެވެ.
ސުމަކުން
26 May 2024
ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް، ސަރުކާރާއި އެކި އެންޖީއޯތަކާއި ކައުންސިލްތަކުންނާއި އަމިއްލަ ފަރާތްތަކުން ރާވާ މުބާރާތްތައް މަދުުކުރަން ޖެހޭ. މިސާލަކަށް؛ އަދަބީ މުބާރާތްތައް ބާއްވަފާނެ، ގައުމީ ލެވެލްގައި މިނިސްޓްރީތަކުންނާއި ކައުންސިލް ލެވެލްގައި ޖަމިއްޔާތަކުންނާއި ކޮންމެވެސް މީހެއްގެ ހަނދާނުގައި ޢާއިލާއިން ވެސް. މިއީ ލިމިޓެއް ނެތް ކަންކަން. މި ކަމަށް ހަމަ ޓީޗަރުންގެ ވަގުތު، ތަމްރީނުތަކަށް ދޭންޖެހޭއިރު، ދެން ކިހިނެއް؟
އަނީ
26 May 2024
ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ ސިޔާސީކަންކަން ތައުލީމީ ދާއިރާތެރެއަށް ވަދެ، ކުދިންގެ ކިޔެވުމާއި އުގެނުމަށް ތުރެ ބޮޑަށް ޗުއްޓީލިބޭވަރާއި ޗުއްޓީދޭނެ ވަގުތަށް ބިނާކޮއްގެން ބެލެނިވެރިންގެ ވޯޓުހޯދަން ސްކޫލުތަށް ވޭތުވެދިޔަ 5 އަހަރުތެރޭ އެއް ފުށުން އަނެއް ފުށަށް ޖަހާ ތައުލީމީދާއިރާ އެތެރެއިން މުޅިން ހަލާކުކޮއްލާފިކަން.
ދަށަށޭ
26 May 2024
ރާއްޖޭގެ ސްކޫލް ތަކުގައި އަހަރަކު 12 ހާސް ކުދިން ކިޔަވާނަމަ އެ ދޭހަ ކޮށްދެނީ އަހަރަކު 12 ހާސް ކުދިން ސްކޫލް ނިމޭނެ ކަމަށް ދެން މިކުދިންގެ ތެރޭން އެންމެން އޭލެވެލް އަދި ޑިގްރީ އާއި މާސްޓަރސް ހަދާ ނިންމާ މަސައްކަތުގެ މައިދާނަށް ނިކުމޭތޯ ނޫންތޯ ވެސް ސަރުކާރަށް މިހާތަނަށް ބެލިފައި ނެތޭ
ައަހަންމަދު
26 May 2024
އަހަރަކު 12 ހާސް ކުދިން ކިޔެވުމަކީ އަހަރަކު 12 ހާސް ކުދިން ސްކޫލު ނިމޭ ވާހަކައެއް ނޫން.