ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: މިދިޔަ މާޗް މަހު ރަހީނު ކުރުމުގެ 10 މައްސަލަ ޕޮލިހަށް ހުށަހަޅާފައިވޭ --- ފޮޓޯ/މިހާރު
28 މެއި 2024 - 13:25
މި އަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ 27 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗް މަހެވެ. އެއީ 10 މައްސަލަ އެވެ.
ޖެނުއަރީ: ތިން މައްސަލަ
ފެބްރުއަރީ: ހަ މައްސަލަ
މާޗް: 10 މައްސަލަ
އޭޕްރީލް: ހަތް މައްސަލަ
މޭ 16އަށް: އެއް މައްސަލަ
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ޖުމްލަ 2952 މައްސަލަ ހުށަހަޅާފައި ވާއިރު، ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް މާޗް މަހު އެވެ.
ޖެނުއަރީ: 668
ފެބްރުއަރީ: 607
މާޗް: 701
އޭޕްރީލް: 620
މޭ 16 އަށް: 356
މިދިޔަ ފަސް މަހު ފޭރުމުގެ 328 މައްސަލަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ ހަފްތާ ވަނީ ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެމުންދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. އަދި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ހަތް ދުވަސްވަންދެން ގެސްޓްހައުސްއެއްގައި ގެންގުޅެނިކޮށް ފުލުހުން ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރިނދު
28 May 2024
ރާއްޖޭގައި ކުށްކުރުމުގެ ސަގާފަތް އެންމެބޮޑަށް އަށަގަނެގެން އުޅެނީ ކ.މާލޭގައި. މިކަން އެނގޭނެ އެމްއެމްޕީއާރުސީ މައްސަލައާއި އަލަންގިރު މައްސަލަގަނޑާއި 7 ފެބްރުއަރީ ބަގާވާތުގެ މައްސަލަގަނޑަށް ކުޑަކޮށް ބަލާލިއަސް.
ކޮރަލް
28 May 2024
ޓެރަރިޒަމް ގެ 27 މައްސަލަ އެވެ. ނަފްސާނީ ގޮތުން މީހަކު އުމުރު ދުވަހަށް މޮޔަވާފަދަ ކަންކަން އެބަ ކުރެ އެވެ. އެތެރެ އަށް ވަނީމަ ހަތިޔާރުން ބިރުދައްކާ އޮރިޔާން ކޮށް ވީޑިއޯ އެބަ ކުރެ އެވެ. ބަންދަން ޖަހަނީ 10 ދުވަހުން 15 ދުވަހުންނެވެ.
ކޮރަލް
28 May 2024
ހައްޔަރު ކޮށް ދޫކުރާ ވަރަކަށް ، ޖަލަށް ލާފަ ދޫކުރާ ވަރަކަށް ، ހުކުމް ކޮށްފަ ދޫކުރާ ވަރަކަށް ، ކޮންމެ 5 އަހަރަކުން ރައީސް ބޮޑެތި ކުއްވެރީން ދޫކުރާ ވަރަކަށް ،،،، ތަކުރާރު ކޮށް ކުއްކުރާ މީޙުން ގިނަ ވާނެ އެވެ.
ޑޮކްޓާރ. ބަނާނާ
28 May 2024
ޢަހަރެމެން ދިރި މިއުލެވެނީ މެކްސިކޯގެ ލޮސް ކަބޯސް ނޫނީ ވެނެޒިއުލާގެ ކަރާކަސް ގަތޯ؟ ލަދުކޮބާ؟؟ ޕާސްޕޯޓް އިންޑެކްސް ގެ އެންމެފުލުގައި ވާގައުމުތަކުގެ ހޭޅިފަށުން ތަނެއްދޮރެއް ނޭގޭ ބިދޭސީން މި ގައުމަށް އެތެރެކޮށް ގާނޫނުތަންފީޒް ނުކުރުމުގެ ނަތީޖާ މިފެންނަނީ. ދިވެއްސަކަށް ވީތީ ފަހުރުވެރިވަން. ޥ ސަލާމް!
އަދަނުދޭތީ
28 May 2024
ދިވެހިންތޯ؟ ކޮން ޤައުމެއްގެ ބައެއްތޯ؟ ދިވެހިންނާ ބޭރު މީހުންނާތޯ. ހުސްދިވެހިންތ؟ ދިވެހިން ކުރާ ކަމެއްނަމަ ހާދަ ދެރައޭ. އިންސާފާ ހަމައަށް ދަތުރުކުރަން އަދި ކިހާ ދުވަހެއް ނަގާނެތޯ؟ އިންސާފު ލަސްވުމަކީ ކަންކަމަށް ހިތްވަރު ދެއެވުން.
އޮނަރަބްލް އަފީފު ދީދީ
28 May 2024
އަހަރުމެނަށްއިގޭ ތިއީ "ދިވެހިރާއްޖޭގެ" ނުވަތަ މާލޭގެ ތަފާތު ހިސާބުކަން. މިފަދަ ރިޕޯޓްތަކުގައި ކުށްކުރާ ސަރަޙައްދު އެގުމަކީ މުހިންމުކަމެއް. އެންމެ ކުޑަމިނުން ފުލުހުންގެ ރީޖަންތަކުން ރިޕޯޓް ކުރެވިފައިވާގޮތް ހާމަކުރުން މުހިންމު. # މާލޭގެ ހާލަތު މިހިސާބުގައި އޮތްނަމަ ދައުރު ނިމޭއިރު Crime Index ގައި މާލެ (ދިވެހިރާއްޖެ) ބަންގާޅާއި، އަފްޤާނިސްތާން، ސީރިއާ، ކޮލަމްބިޔާ އާއި މެކްސިކޯ ފަހަތަށް ޖައްސާލާފައި ލިސްޓުގެކުރިން ފަޙުރުވެރިޖާގައެއް ކަށަވަރު ކުރާނެ.
ހަޖަމް.
28 May 2024
ހޭބަލި ނުވޭ. ދިވެހިރާއްޖެ ކިޔަނީ މާލެ އެކަންނަކަށްނޫން. ދިވެހިރާއްޖެ ކިޔަނީ ތުރާކުނުން އައްޑޫ ގަމާއި ހަމައަށް ހުރި ރާއްޖޭގެ ރަސްތަކަށް.
ރެކިފުތު
28 May 2024
އޮނަރޭއަށް މުގައްދަސް ބިންކޮޅު ނޫން ގޯސް ތަނެއް ނުފެންނާނެ.