އެސްޓީއޯ ފާމަސީ. މާދަމާ ފާމަސީތައް ބަންދުކުރަނީ -- ފޮޓޯ: މިހާރު
30 މެއި 2024 - 11:29
އެސްޓީއޯގެ ބޭސްފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެ ތަންތަނުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ، ފާމަސީތަކުން މާދަމާ ބޭސް ވިއްކުން ހުއްޓާލި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ، ބޭސްފިހާރަތަކުގެ ސޮފްޓުވެއާ އަޕްގްރޭޑް ކުރަނީ އެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ކަމަށެވެ.
Important Announcement 📢📢
— STO Medical Services (@StoMedical) May 30, 2024
Temporary Closure on 31st May 2024 for current software upgrade. pic.twitter.com/l20SuSPzIA
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭސް ވިއްކަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 190 ފާމަސީ ރައްޖޭގެ އެކި ރަށްރަށުގައި ހިންގަ އެވެ.
އެސްޓީއޯ އިން އެންމެ ފުރަތަމަ ބޭހުގެ ބާވަތްތައް ވިއްކަން ފެށީ 1983 ވަނަ އަހަރު އެވެ. ބޭހުގެ ބާވަތްތަކުގެ ތެރެއިން ސިއްހީ އެކި ކަންކަމަށް ބޭނުންވާ އާލަތްތަކާއި އިކުއިޕްމެންޓްތައް ވެސް އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯލްއައުޓް
01 June 2024
އިންކްރިމެންޓަލް ޑިވެލްޕްމަންޓްގެ ތެރެއިން ޕާޝިއަލް ރޯލްއައުޓެއް ހަދާލަން ނޭނގުމަކީ މިޒަމާނުގައި ދެރަވަރު ، ތިއުޅެނީ އަދިވެސް 2010 އަކަށް ވުރެ ފަހަތުގައި.
ލޮމީރާ
30 May 2024
އަޖައިބެއް. ތަހުޒީބުވެފައިވާ ޒަމާނެއްގައި ތިޒާތު ކަންތައް ކުރާނީ ދަންވަރު.
ހާސިމްއަލީ
30 May 2024
ލޮލް. މީ ކޮންވައްތަރަކަށް ސޮފްޓްވެއަރ އަޕްޑޭޓްކުރާބައެއް. އަދިވެސް މިއުޅެނީ 19ސަތޭކަގަ ދޯ.
ޙައް
30 May 2024
ދެން މާ އެނގޭވެގެން. ކަލޭހުރިކަން އެނގޭނަމަ އެމީހުންނަށް ހާދަލުއިވީހޭ