ވިޔަފާރި / ފިނޭންސް މިނިސްޓްރީ

2028 ވަނަ އަހަރު ހުށަހަޅާނީ އަރަނި ބަޖެޓެއް: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ ޝަފީގާއި ޑެޕިއުޓީ މިނިސްޓަރު ސާއިދު -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަށް ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުން ކަމަށެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ މި މަހާ ހަމައަށް ލިބޭ އާމްދަނީން ހަރަދު އުނިކުރުމަށް ފަހު، ޕްރައިމަރީ ބެލެންސް ހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް ކަމަށެވެ. އެކަމަކު، މިދިޔަ އަހަރު ޕްރައިމަރީ ބެލެންސްގައި ނެގެޓިވްކޮށް ހުރީ 2.6 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ އެންގުމަކީ އިކޮނޮމީ މެނޭޖް ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް. އެ ޕްލޭން މިހާރު ވަނީ ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޓްރަކްޝަން ދެއްވާފައި، 2028 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށާއި އެ މަސައްކަތް ކުރާ އިރު ދަރަނި ސްޓޮކް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ގޮތަކަށް ގެންދެވުމަށް،" ސާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުން ހަރަދު ކުޑަކުރުމަށް އެހާ ބޮޑަށް އިސްކަން ދޭ އިރު، ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ މި އަހަރު ނިމެންވާ އިރަށް އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖެހޭނެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ސާއިދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އެއީ 60 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަޅުގަނޑުމެންގެ މޮޑެލްތަކުން ފެންނަން އެބަހުރޭ. ސަތާރަ ބިލިއަން ރުފިޔާގެ ފައިސާ [ނެތް ފައިސާ. ހޯދޭނެ ގޮތެއް ޔަގީން ނުވާ] އަންމެޓް ފައިނޭންސް ކަމަށް ބަޖެޓުގައި ބަޔާންކުރާ އިރު އެ އަދަދު 25 ބިލިއަނަށް އުފުލިގެން އައީމާ އެއީ ރައްޔިތުންނަށް އިތުރަށް ދަތިވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސާއިދު ވިދާޅުވީ، މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއް ކުރާ ނަމަ އެ ފައިސާ ހޯދަން ޖެހެނީ އެހެން ގައުމުތަކުން ކަމަށެވެ. އެކަމަކު އެ އިން ވެސް އިތުރު އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"އޯވަރޯލް ބެލެންސް މެއި މަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި. ޖުމްލަކޮށް މިއީ އަހަރުން އަހަރަށް ބަލާ ނަމަ 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

ސާއިދު ވިދާޅުވިގޮތުގައި، ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްކަން ދޭއިރު، ހަރަދުތައް ކުރުމުގައި އެންމެ އިސްކަންދޭނެ ކަންކަން ވެސް އަންނަނީ ކަނޑައަޅަމުންނެވެ.

މިހާރު ވެސް ސަރުކާރުން ވަނީ ދަރަނިތައް އަދާކުރަން 2.5 ބިލިއަން ރުފިޔާ ދައްކައިފަ އެވެ. އޭގެ ތެރެއިން ވެސް 1.6 ބިލިއަން ރުފިޔާ އަކީ ކުރިން ނެގި ދަރަންޏަށް ދައްކަން ޖެހޭ އިންޓްރެސްޓެވެ. ދައުލަތުން މިހާރު ވަނީ ބަޖެޓަށް ބޭނުންވާ 8.5 ބިލިއަން ރުފިޔާ ހޯދުމަށް އިއުލާނު ކޮށްފަ އެވެ. ބަޖެޓު ފައިނޭންސިން އަށް އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ވެސް ބަޖެޓުގައި ކަނޑައަޅާފައި ވެ އެވެ.

18 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮނިކް

01 June 2024

ދައުރުނިމޭ އަހަރު އަރަނިބަޖެޓެކޭކިޔާފައި ހަޑިއެއްހާވަން އުޅުމަކީ ނަތީއްޖާ ދެއްކުމެއްނޫން. ދައުރުގެތެރޭ ހިގާނިންމާލެވޭ ބަޖެޓަކުން ތިކަން ދައްކަވާލަދެއްވާ. އެއިރުންދޯ ގަބޫލުކުރެވެނީ.

The name is already taken The name is available. Register?

ޓަގުބޯޓު

31 May 2024

އެހެންވީމާ 2028 ވަނަ އަހަރުގެ ބަޖެޓަކަށް ވާނީ 45-50 ބިލިއަން ރުފިޔާ. ޚަރަދު އިތުރުނުކޮށް 5 އަހަރު ހިންގަން ޖެހޭނީ. އަދި އެ މަންޒަރެއް އަމަލުން ނުފެނޭ. ބޭކާރު ޚަރަދު އިތުރު ކުރާތަން ހަމަ ބޮޑުކޮށް ފެންނަނީ. ބަޖެޓު ނެތިގެން ޓީޗަރުން ނުލެވޭ އިރު ސިޔާސީ މީހާ ލާން އޯޕަން ބަޖެޓު؟

The name is already taken The name is available. Register?

އަފްރާސިޔާބު

31 May 2024

ތިޔަ އަރަނި ބަޖެޓް ފެންނާނީ ލޮލަށް ނުފެންނަ ބަޔަކަށް. ދެން 2028 ގައި ކެމްޕޭން ސްލޯގަނަކަށް އަރަނި ބަޖެޓް ނުވިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ބްރޯސް

31 May 2024

ވެރިކަމަށް އައުމުގެ ކުރިން ހީވީ 100 ދުވަހުން ހުރިހާ ކަމެއް ފަށައި ފުރަތަމަ އަހަރު ހުރިހާ މަސައްކަތެއް ނިންމާނެހެން. މިހާރު މި ވާހަކަ ދައްކަނީ 5 އަހަރު ފަހުން އޮންނަ އިލެކްޝަނަށް ތައްޔާރުވާ ވާހަކަ. ތީ ހަމަ ފޮނިބައިސާ ޕާޓީއެއް. އިލެކްޝަނަށް ހޭލާ ޕާޓީއެއް. އެއްކަމެއްވެސް ކުރާކަށް ނޭންގޭ. އަން ރިއަލިސްޓިކް ކަންކަން ޖަހައިގެން ކަން އެކަން ނުވީމައި ނުކުރެވުނު މީހާ ގޯސްވަނީ.

The name is already taken The name is available. Register?

87878

31 May 2024

ދަރާ ދަރާ ބޯހިކެންނެތް އަދި ރައްކާ ކޮށްފަ އޮތިއްޔާ އޮތްއެއްޗެއް ނަގާ ހުސްކޮށްލާ ދޮވެ ފޮހެ ނިމިފަ އޮތް ގައުމެއް މިއީ. ބަޔަކު ހިތްވަރާއެކު މަސައްކަތްކޮށް ޑިމޮކްރަސީގެ ތާރީޚުގައިވެސް ނުވެއޮތް ކަމެއް 5 އަހަރުތެރޭ ކޮށްދޭން މަސައްކަތް ކުރާކަމީވެސް އެބައިމީހުންގެ ހިތުގައި މިގައުމަށާ ރައްޔިތުންނަށް އޮތް ލޯބި ހަމަކޮށްދޭ ކަމެއް. ގައުމުގެ އިގްތިސާދު ފުނޑި ބޭރުބަޔަކަށް ސޮވެރިން ބާރުދިނުމުގެ މަގުގައި އޮތް ގައުމު ސަލާމަތްކުރީ ހަމަ 100 ދުވަހުގެތެރޭގަ.

The name is already taken The name is available. Register?

އަޙްމަދު

31 May 2024

މިދިޔަ ސަރުކާރު ގެ ވެސް ވިސްނުންހުރީ ތިޔަ ކަހަލަ ގޮތަކަށް. ކޮންމެ ސަރުކާރެއް އަޔަސް އެއް އަހަރު ދުވަހުގެ ތެރޭގައި އަރަންޏެއް ނުކުރެވޭނެ. ރާއްޖޭގެ ސިޔާސީ ވެރިންގެ އަމިއްލަ އެދުންތަކާ ހެދި މި ޤައުމު ކުރި ނާރައިގެން މިއުޅެނީ.

The name is already taken The name is available. Register?

ބަރުބާދު

31 May 2024

ދުމަށް އަރަނި ބަޖެޓެއްތަ؟. ފަސޭހަވާނެ އަދުރެމެޓިކްސް ފުރިހަމަޔައް ބޭނުންކޮށްފިއްޔާ.

The name is already taken The name is available. Register?

ޮިޮިުުގގގގ

31 May 2024

އަދުރޭގެ އިލްމު މަދު މީހެއްގެ ހުންނާނީ. ޑރ ޝަފީޤަކީ އިކޮނޮމީއާ ފައިނޭންސއަށް ފަރިތަ ބޭފުޅެއް. ދެން ތަންތާނގަ ތިބޭ ބރންތން ޒާތްޒާތުގެ އަނގަ ނުތެޅުން ރަނގަޅުވާނީ.

The name is already taken The name is available. Register?

ތުޅާދޫ މަލާފަތް

31 May 2024

އެހެންވީމަ ދޯ އެމަނިކުފާނު ފޭބިއިރު ރައުސުލްމާލުގައި 7،900،000،000.00ޑ (ހަތް ހާސް ނުވަސަތޭކަ މިލިއަން) ޑޮލަރު ހުރީ! ސޮވުރިން ފަންޑު ގައި އެތައް ސަތޭކަ މިލިއަން ޑޮލަރު ހުރީ! ފޮށަޔާ، ޔާމީނު ރައްޔިތުންގެ އެންމެ ރުފިޔާއެއްގައި ޖެހުނުކަމަކަށް ވެސް އަދި ސާބިތެއް ނުވޭ އިނގޭ! އެވްރިބޮޑީ އިޒް އިނޮސަންޓް އަންޓިލް ޕްރޫވަން ގިލްޓީ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 May 2024

ހިސާބު އިލްމުގައި "ސާޕްލަސް" ކިޔަނީ ލިބުނު މިންވަރަށްވުރެން ޙަރަދު މަދުވުމުންކަން ސުކޫލްނިންމާ ކުދިން ދަންނާނެ. # އެކަމަކު ދައުލަތުންނަގާފައިވާ އެތައް ބިލިޔަންޑޮލަރު އަބުރާ ދައްކާންޖެހޭއިރު އަދި ރައްޔިތުންނަށް ދޭންޖެހޭ އަސާސީހިދުމަތާއި ސަރުކާރު ރިކަރަންޓް ޙަރަކަށް (ހަމައެކަނި އޮފީސްތައްހިންގާން ކުއްޔަށްހިފާފައިވާ ކ.މާލޭމީހުންގެ ގެދޮރަށް ކުލީގެގޮތުގައިވެސް ބިލިޔަން އަރާ) އެއްވެސް ކަމެއް ކުރުމެއްނެތިތޯ ތިޔަ ޕްލަސް ޕްލަސް ކުރާން ތިއުޅެނީ.

The name is already taken The name is available. Register?

ވެނެރަބްލް

31 May 2024

ތިއައީ އައްޑޫ ހިސާބު އިލްމްވެރިން ސާޕްލަސް ކިޔާގޮތް ކަންނޭގެ. އިކޮނޮމިކްސް އަދި ފައިނޭންސިއަލް ދާއިރާގައި ސާޕްލަސް ބޭނުން ކުރެވޭ ބައިވަރު ގޮތްތަކާއި ހާލަތްތައް ހުރޭ.

The name is already taken The name is available. Register?

ުޔުޔޔ

31 May 2024

މީހުން ފޯކާސްޓް ކުރަނީ ލިބެންހުރި ޑޭޓާއަށް ބަލފަ. 5 މަހުން 700 މިލިއަނަށް ސޮވެރިން ފަންޑު އިތުރު ކުރެވުމުން ދެން އިލްމުގެ އަހުލުވެރިންނަށް ލަފާކުރެވޭނެ ސަރޕްލަސްތޯ ނޫނީ ޑެފިސިޓްތޯ ވާނީ! މައުލޫމާތު ހުރި ބަޔަކަށް އެނގޭނީ ވާހަކަ ދައްކަން. މަކުރިން ހީކުރީ އަފީފުއަކީ ވިސްނުން ހުރި މީހެއްކަމަށް. އެކަމަކު މިހާރު އެނގިއްޖެ ހަމަ ހުސް އުނބެއްކަން. ހިތާމަހުރި. ނަފްރަތަކީ ހަމަ ހުރިހާ އެއްޗެއް އަންދާ އަޅިއަށް ހަދާލާ އެއްޗެއް.

The name is already taken The name is available. Register?

އަލިބެ...

30 May 2024

ވޯޓް ހޯދާކަށް ނޫނޭ. 2028 ގައި ވެރިކަން ލިބުނީމަ ހުށައަޅާނީއަރަނި ބަޖެޓެކޭ. އެއީ އޭގެ ތަފްސީލަކީ.

The name is already taken The name is available. Register?

ހިތާދޫ ފޮށާ

30 May 2024

އިޤްތިސާދީ ޔާމީނުވެސް ތިޔަކަހަލަ ފޮނިކެނޑި. އެހެނަމަވެސް ދިވެހި ދައުލަތުގެ މާލު އަޑިއަޅާލާ، އަރަނިވެރިވީ އެމަނިކުފާނުންގެ އެކައުންޓު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454