02 ޖޫން 2024 - 12:06
މި މަހު 15 ގައި ފަށަން އެފްއޭއެމުން އިއުލާން ކޮށްފައިވާ، ފުޓްބޯޅަ ސީޒަނަށް އޭއެފްސީ ކްލަބް ލައިސެންސަށް ޝަރުތު ހަމަވެ، ލައިސެންސް ލިބުނީ މާޒިޔާ އަށް އެކަނި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެފްއޭއެމުން 2019 ގައި ކަނޑައެޅި އުސޫލުގައި ވާގޮތުން އެ އަހަރުން ފެށިގެން ރާއްޖޭގެ މައި ލީގުގައި ކުޅެވޭނީ އޭއެފްސީ ކްލަބް ލައިސެންސް ފުރިހަމަ ކުރާ ކްލަބްތަކަށެވެ. ލައިސެންސް ފުރިހަމަ ނުކުރާނަމަ. މުބާރާތުގައި ނުކުޅެވޭނެ ކަމަށް ވެސް އޭރު އެފްއޭއެމުން ބުންޏެވެ.
އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ވާދަ ކުރާނެ އެވެ. އެކަމަކު ކްލަބް ލައިސެންސް ފުރިހަމަ ކުރީ މާޒިޔާއިން އެކަންޏެވެ.
މި މަހު ސީޒަން ފަށަން ކުޑަތަން ވެފައި އޮތަސް މިހާތަނަށް އެއްވެސް ޓީމަކުން ތަމްރީނުތައް ނުފަށަ އެވެ. ދޫރާލައި ސީޒަނަށް ތައްޔާރުވާން ފަށާ މާޒިޔާއިން އަދި ކުރިއަށް އޮތް ސީޒަނަށް ޕްރީ ސީޒަން ތަމްރީނުތައް ނުފަށަ އެވެ.
އެ ޓީމަށް އަދި ކޯޗަކު ވެސް ހަމަނުޖައްސަ އެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވި ސާބިއާގެ ކޯޗު މިލޯމިރް ސެސިލިއާ ވަނީ ސީޒަން ފަހު މަގާމު ދޫކޮށްލައިފަ އެވެ.
ބައެއް އެހެން ޓީމުތަކުގައި އަދި ސްކޮޑެއް ވެސް ނެތެވެ. ގްރީން ސްޓްރީޓް އޮތީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ޓްރާންސްފާގެ ބޭން ކުރިމަތިކޮށްފަ އެވެ. ވެލެންސިއާގެ ކޮންޓްރޯލް އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕަށް ގެއްލުމުން، އެކްސްކޯގެ މަގާމުތަކަށް މެންބަރުން އައްޔަން ކުރި ގޮތުގެ މައްސަލަ އަޅުވައި އެ ކްލަބް އޮތީ ސަސްޕެންޑްކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓް ވި، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެއްވެސް ހަރަކާތެއް ނެތެވެ. މިދިޔަ ސީޒަނުގައި މާޒިޔާއާ އެންމެ ގާތުން ވާދަ ކުރި ކްލަބް އީގަލްސް އަށް އޮތީ ފައިސާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޮ
03 June 2024
މިފެނަނީ މިދިޔަ ސަރުކާރުގެ ދުރުރާސްތާ ވިސްނުން.
ހަސަނު
02 June 2024
ދެން ފުޓުބޯޅަ ކުޅުން ހުއްޓާލަފާ ކޮންމެސް އެހެން ކަމަކާ އުޅެން ބަހީ....
އިނިއޯސް
02 June 2024
ތިވަރުން ދެން ތިކަމާ ނޫޅެ ހުއްޓާލަމާ. ރައްޔިތުންގެ ކުންފުންޏަކުން ހަރަދުކޮށް ޓެކްސް ލާރި ތެޅުން ނުން ކަމެއް ނުވޭ.
މާލޭ މޭޔަރު
02 June 2024
ދެން ތި އޮތް ހާލަތައް ބަލާފަ މާޒިޔާއެކު މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ އެއްވެސް މެޗެއް ކުޅޭނެ ކުލަބެއް ނެތޭ ކިޔާފަ ހުރިހާ މުބާރާތެއްގެ ތަށި ދިނީމަ ނިމުނީނުން. ބައްސާމު ހަސަދަވެރިވާ ކުލަބު ތަކުގެ ތެރެއިން ކުލަބެއް އެއް ސީޒަންގެ ހުރިހާ ތައްޓެއް ނަގާފަ އެބައޮތް ވިއްޔަ! މި 10 އަހަރު ތެރޭގަ އެފްއޭއެމް އިން 1 ކުލަބަކައް އެންމެ ގިނަ ހަރަދު ކޮށްގެން އަމިއްލަ މާލީ މަންފާ ލިބުނު އެތަނުގެ ވެރިން ތާއީދު ކުރާ ޓީމަށް ހަމައެކަނި ނުލިބި އޮތް ފަހުރަކީ އެއީ ވިއްޔަ!