ޖޭއެސްސީއަށް މަޖިލީހުން އައްޔަން ކުރަން ހުށަހެޅުއްވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ -- ފޮޓޯ: މަޖިލިސް
03 ޖޫން 2024 - 12:39
މިދިޔަ ހަފުތާގައި ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ރިޒާ އައްޔަން ކުރުމަށް މަޖިލީހަށް ނަން ހުށަހަޅައިފި އެވެ.
އެ ކޮމިޝަނަށް މެމްބަރުންގެ ނަން ހުށަހަޅުއްވަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 15 މިނިޓުގެ ފުރުސަތެއް ދެއްވުމުން ހުށަހެޅީ ރިޒާގެ ނަން އެކަންޏެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު މެމްބަރު އަބްދުﷲ ރިފާއު އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި ހުސައިން ރިޒާގެ ނަމަ ވޯޓަށް އަހާނެ ކަމަށެވެ.
ހުސައިން ރިޒާއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި ޝަރީއާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި އަވަހާރަ ވެފައިވާއިރު އޭނާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން ކުރިން ކުރައްވައިފަ އެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިމް ލުތުފީ
04 June 2024
ރިޒާގެ ހުނަރަށް ސުވާލެއް ނުކުރަން. ނަތީޖާ ނެރުއްވާނެކަން ކަށަވަރު.
މަދީހްްް
04 June 2024
ރާއްޖޭގެ މި ސްލޯ ކޯޓް ޕްރޮސެސްތަކަށް އަވަސް ހައްލެއް ލިބި ޝަރީއަތުގެ ކަންކަން އަވަހަށް ނިންމޭނެ ފަދަ މާހައުލެއް ޤާއިމްވެގެންދާނެ ކަމަށް އުންމީކުރަން. އެނގޭކަމަކީ ރިޒާ ތަފާތުވާނެކަން.
ސަމަދްް
04 June 2024
އުންމީދަކީ ރިޒާގެ ޖޭއެސްސީ ދައުރުގައި ގިނަ ކަންކަން އިސްލާހްވެގެންދާނެތަން ފެނުން.
މާޒް ވަހީދްް
04 June 2024
ތައުލީމީގޮތުން އަދި ތަޖުރިބާގެ ގޮތުންބެލިޔަސް ޖޭއެސްސީއަށް ރިޒާ ވަރުގެ އެހެން ފަހުލަވާނެއް ނެތް. މިއީ ރައްޔިތުންގެ ލޯބިވެސް ލިބިފަ ހުރި ނަޒާހަތްތެރި ބޭފުޅެއް.
ފާއިހްް
04 June 2024
މިއީ މިކަމަށް އެންމެ ޤާބިލް ބޭފުޅާ. ދިވެހިންގެ ފުރިހަމަ ތާއިދް އެބައިން.
އިސްމާއިލް އުޝާމް
04 June 2024
މިފަހަރު މުޅިންވެސް ކޮމެޓީތަކުގެ މުގައްރިރުންނަ މިތިބީ ނުލާހިކު ގާބިލް ބޭފުޅުން
ފާތިނާ މުހައްމަދު
04 June 2024
ރިޡާ އަކީ ވަރަށް ތައުލީމީ ގާބިލް ބޭފުޅެއް.
ސޫދާ ސޮބްރީ
04 June 2024
މަރުހަބާ ރިޒާ. ހައްގު މަގާމެއް
ޢިބޫ
03 June 2024
ސިވިލް ކޯޓްގަ ހުރި މައްސަލަތަށް އަސްވާނެގޮތެއް ހައްދަވާދެއްވުން އެދެން.
ކޯޓު ބޯޓު ސޫޓު
03 June 2024
މި ފަސް އަހަރުގަ އެޑްމިން މުވައްޒަފުންނަށް އިސްކަން ދޭނެ ކަމަށް އުންމީދު ކުރަން. ގާޒީންނާ މަތި ފަޑި އަހަރެމެންނަށް އަޅައެއް ނުލާ. އަހަރެމެންގެ ހައްގުގަ ބަސްބުނާނެ ބަޔަކު ނެތް. ޖާގައިގެ ދަތިކަން ފިލުވައިދޭނެ ކަމަށް އުންމީދު ކުރަން