ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއް: ބިދޭސީންނާ ގުޅޭ ނިޒާމުތައް ހަރުދަނާ ކުރަން ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައި.
05 ޖޫން 2024 - 07:31
ރާއްޖެ އަށް ބިދޭސީން ގެނައުމާ ގުޅޭ އުސޫލު މުރާޖައާކޮށް، ކަންކަން ދަނެގަނެ އިސްލާ ކުރުމުގެ މަސައްކަތް ފަށާފައިވާތީ ބިދޭސީންނާ ގުޅުން ހުރި ބައެއް ހިދުމަތްތައް ދިނުން މި ދުވަސްވަރު ކުރިއަށް ވުރެ ލަސްވެދާނެ ކަަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންގެ ކޯޓާ އާއި ވޯކްޕާމިޓާއި ޑިޕޮޒިޓް ފައިސާ ދޫކުރުން ފަދަ ހިދުމަތްތައް އާންމުކޮށް ދޭ ވަރަށް ވުރެ މި ދުވަސްވަރު ލަސްވުން އެކަށީގެން ވެ އެވެ.
އެއީ ހޯމް މިނިސްޓްރީން ބުނިގޮތުގައި، ބިދޭސީން ގެނައުމާ ގުޅޭ އުސޫލު މުރާޖައާ ކުރުމުގެ އިތުރުން މިހާރު އަމަލުކުރާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާ ގާތުން ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރާތީ އެވެ. އޭގެ އެއް ބޭނުމަކީ ބިދޭސީންނާ ގުޅޭ ހިދުމަތް ލިބިގަންނަ މީހުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ބިދޭސީންނާ ގުޅޭ އެކިއެކި ހިދުމަތްތައް ދިނުމުގައި މި ދުވަސްވަރު ލަސްވެދާނެތީ އެ ކަމަށް މާފަށް އެދެމުން ހޯމް މިނިސްޓްރީން ބުނީ، މިހާރު ފަށާފައިވާ ކަންކަން އަވަހަށް ނިންމަން މަސައްކަތް ކުރާ ކަމަށެވެ.
އެ ކަމާ ގުޅޭ އިތުރުން މައުލޫމާތު 1500 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެެއިލް ކުރުމުން ލިބޭނެ އިންތިޒާމު އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އަށް މިހާތަނަށް ބިދޭސީން އެތެރެކުރި 10،000 އަށް ވުރެ ގިނަ ފަރާތްތަކުން ފީ އާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ފައިސާ ދައުލަތަށް ދައްކަން ޖެހިފައި އެބަހުރި ކަމަށް ހޯމް މިނިސްޓްރީން ރޭ ކުރި އެހެނެ އިއުލާނެއްގައި ބުންޏެވެ. އެ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާ ކަން ވެސް ހޯމް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކަ އެވެ.
އެހެންވެ، އެ ހުރިހާ ފައިސާއެއް އަންނަ މަހުގެ 18 ގެ ކުރިން ދައްކަން އެ މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ނިޔަލަށް ފައިސާ ނުދައްކާ އެންމެން ސަސްޕެންޑުކޮށް، ނަންތައް ވެސް އާންމު ކުރަން ހޯމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ފައިސާ ނުދައްކައިފި ބިދޭސީންނާ ގުޅޭ ހިދުމަތްތައް އެ ފަރާތްތަކަށް ދިނުން މެދުކަނޑާލަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ. ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
05 June 2024
އިހުސާން ވަރަށް ކަމެއްނުވާ އަނގައިން ހިފަހައްޓާ މިނިސްޓަރެއް. ގަދަބަސްބުނާ ދެއްކުންތެރިއެއް. 6 ވީއިރު 700 ބިދޭސީންގެ ފޮޓޯއާއި ފިންގަޕްރިންޓް ނެގުމަކީ ފެއިލިވުން. އެއީ ކޮންމެ ވެރިކަމެއްގާވެސް ކާކަމެއް. އެމައުލޫމާތު ހޯދަނީ ބާލީސް ދަށަށް ލައިގެން އަރާމުގައި ނިދޭތީތޯ ކީއްތޯ އެމައުލޫމާތުން ކުރީ ބުނެދީބަލަ.
ބަރުބާދު
05 June 2024
ރާއްޖޭގެ ގިނަ ކޮންސްޓްރަކްސަން ކުންފުނިތަކަކުން ގޭގެ އިމާރާތްކުރުމުގެ ކޮންޓްރެކްޓްލިބުނީމަ އިތުރައް ފަންސާހުން ސަތޭކައިން އެބަކޯޓާހޯދާ ، ކޮންމެ ކޯޓާއަކައް ދެހާސްޑޮލަރ ނަގާފަގެނެސް އެއެންމެން ވަނީ މާލެތެރެއައް ދޫކޮއްލާފަ. ރަނގަޅައް ބަލައިފިއްޔާ އެނގޭނެ.
ޝަރޯޚް
05 June 2024
ވެރިކަމަށް އައުމާއެކު ތަނެއްދޮރެއްބެލުމެއްނެތި ބަންގުލަދޭޝް މަސައްކަތްތެރިންނަށް ބޯޑަރު ހުޅުވުމާއެކު ހޯސްލާފަައި ވަދެގަތީވެސް މަދެއްކޮށެއްނޫން. އޭގެކުރިންވެސް ބޮއްސުންލާފައި އޮތްކަމެއް، ތަނެއްދޮރެއްބެލުމެއްނެތި ވަކި ބައެއްގެ ޖީބުތައް ފުރަންވެގެން އެންމެފުރަތަމަ ކޮށްލިކަމަކީ އެއީ. މި ޤައުމުގެ ދިވެހި ފިރިހެނުންނަށްވުރެ މިހާރުވެސް ބިދޭސީ ފިރިހެނުން ގިނަވާނެކަން ކަށަވަރު. މިއޮތީވާ ޤައުމެއް.
ހެކި ނެތޭ
05 June 2024
ނޯ ޕްރޫފް
ސައިޚް
05 June 2024
ލަހެއްނޫން، އުވާލަންވީ، ހުރިހާ ވަގު ބަންގާޅިން ބޭރުކުރަންވީ، ރަނގަޅު މުސާރަ އިނާޔަތް ދީގެން ދިވެހިން ވަޒީފާ ތަކަށް އަހުލުވެރިކުރުވަންވީ، އެކަކުވެސް މިތާ ބަހައްޓާނެކަމެއްނެތް، ބޭރުކުރޭ ހުރިހާ ބަނގާޅިން، ނުހޮރުއްޕާންވެއްޖެ މިހާރު،
އަހަންމަދާ
05 June 2024
އެ ފައިސާ ނުދައްކާ ހުރި ސަބަބަކީ ކޮބަޔޯ؟ ކަޓް ނަގަމުން ދިއުން އިމިގްރޭޝަން އިން ފެށިގެން މަޖިލިސް މިންބަރުން އަދި މިނިސްޓަރުންނާ ހަމައިން މިކަން އިނގޭ އެންމެންނަށް އެކަމު ލިބޭ އެތި ބޮޑުވީމަ އޯކޭ ވަނީ. ބަލާބަލަ ކިތައް ފުލުހުންތޯ އަދި ކިތައް ސިފައިންތޯ ނޭމް މީހާ ހަދައިގެން ވިޔަފާރި ކުރަނީ އެހެން ވީމަ އެމީހުން ތިކަން ހުއްޓަން ބޭނުމެއް ނުވާނެ އެންނު. ދިސްއީޒްފެކްޓް
އައްޑޫ މުދިންކަލޭފާނު
05 June 2024
ބިދޭސީން ގައިގަ ބޮޑެތި ޓާޓޫ ޖެހި މީހުން މުޖުތަމައު ތެރެޔައް ގެންނަ އިރު މީ އިސްލާމީ ގައުމަކައް ވެފަ އެކަހަލަ ޓަޓޫ ނުޖަހާ މީހުން ގެންނަން ޝަރުތުވެސް ކޮއްލާވަރު ގެ މުވައްސަސާ އެއް ނެތީތޯ؟؟؟ ދިވެހި މުޖުތަމަޔައް ގެއްލުން ނުވާ ގޮތައް ކަން ކަން ކުރިޔައް ގެންދަން ފެނޭ.
ކުދުދިޔެ
05 June 2024
ޓަޓޫ އަކާ އިސްލާމުންނަކާ ކޮންގުޅުމެއްއޮތީ؟ އިސްލާމުން ޓަޓޫ ނުޖެހީމަ ނިމުނީ ނުން!
ސައިޚް
05 June 2024
ގައުމުގެ ހުރިހާ ކަމެއް ފެއިލްވީމަ ދެން ކިހިނެއްހެދޭނީ، ވަގު ބަންގާލިން ފެލައިގެން ކާން ދިވެހިން އާދަވެއްޖެ،
ޑރ ވާންޗޯ
05 June 2024
އަވަހައް އިމާމުކަމުގެ ސެޓިފިކެޓްލިބޭތޯ މަސައްކަތްކުރޭ، ކުރީގެ މުދި މުންވީމަ ތިއޮތީ ސަކަރާތްވެފަ.
ޓަތޫރަ
05 June 2024
ލަސް ވެދާނެެ އެއް ނުން ތިންމަސް ވެއްޖެ ސައިޓްް ރެޖިސްޓްރޭސަން އައްލައިގެން 3 މަސް ވެއްޖެ ޕެންޑިން ވެރިފިކޭސަންގަ 2 މަހައްވުރެ ގިނަވީ ކުލިދައްކާފަ މަސަކަތް ނުކުރެވިފަ 6 މަސްވާއިރު މީހުން އިނދަ ނުޖެހި ނުހުންނާނެ ކިހާބޮޑު ބލއެއް މީ
ކްނިކްލ
05 June 2024
ރައްޓެއްސެއް ހުރީޔާ ނުނީ ކަޓު ދޭގޮތަށް އަވަސް ވާނެ