ތޮއްޑޫ ކައުންސިލް އިދާރާގައި މުޒާހަރާކުރަނީ.-
05 ޖޫން 2024 - 17:37
ދަނޑު ބިމުގެ މައްސަލައިގައި އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މެންދުރު 1:00 ހާއިރު އާއްމު މަސްލަހަތު ނަގާލަން މަސައްކަތްކުރާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ތަނުގައި މުޒާހަރާކުރަމުން ދިޔަ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކައި އަދި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާތީ އެގޮތަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އެހެންވެ، އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެ، އެ ފުލުހަށް މީހާއަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫތީންސ
06 June 2024
ހާދަ ފެންވަރު ދަށް ލިޔުމެއް
ކޮރަލް
06 June 2024
އެލްޖީއޭ މަޑުން ހުންނާތީ ހައިރާން ވެ އެވެ. ދެން ކައުންސިލް އިން ވެސް މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ވީ އެވެ. ހައްލު ނުވާނަމަ އިަތިއުފާ ދޭން ވީ އެވެ. ހަމަނުޖެހުން ހިނގުމަކީ ދެރަ ކަމެކެވެ.
ޢަލީ ކުރުސީ
05 June 2024
ރަށުގެ ޓްވަރިޒަމަށް ނޭދެވޭ އަސަރުކުރާނެ ތިޔަފަދަ ކަންކަމުން!
މަހުމޫދު ބޭ
05 June 2024
މި ރަށު މީހުންނަކީ ވަރަށް އަޚުލާގު ރަނގަޅު މަޑުމައިތިރިކޮށް އުޅޭ ބައެއް
ވޯލް
05 June 2024
އިންސާފުވެރިކަމާއިއެކު ކުރެވޭ ހަމަ އެންމެ ކަމެއްވެސް މިގައުމުގައި ނެތީ ދޯ.
އައްބެ
05 June 2024
މިހާރު އިދިކޮޅުގައި އެތިބީ ގާއުކާ ޕާޓީގެ މީހުން. ދެންފެންނާނީ އާންމު މަސްލަހަތު ނަގާލައި ދައުލަތުގެ މުދަލަށް ގެއްލުންދޭ މަންޒަރު.
މަސްހުނި
05 June 2024
އިދިކޮޅު ގައި ވެސް........ އެކޮޅު މިކޮޅު ގައި ވެސް މި ދިވެހިރާއްޖޭގައި އުޅެނީ އެއްބައެއް....... ގިނައީ ބޯވަ...... ހަމަ ކުލަ ބަދަލު ވަނީ......
ާއިދިކީލި
06 June 2024
އިދިކޮޅޭ އެކޮޅުމިކޮޅޭ ނުކިޔާ. ގައުމާއި ރަށްތަކުގެ މަސްލަހަތު އޭރުވެސް ނަގާލިބަޔަކު އަދި މިހާރުވެސް ނަގާނީ. ކުލަފޮށި ބާއްވާފަ ލޯހުޅުވާލީމަ ކަޅާ ހުދާ ވަކިވާނީ.