ރުހުން ނުލިބޭ ތިން ވަޒީރުން؛ ރުހުން އޮތް ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައި --
05 ޖޫން 2024 - 21:29
މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. ވަކި ސަބަބެއް ނެތި، އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ. އަދި ރުހުން ހޯދުމަށް އަލުން އެ ތިން ވަޒީރުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފަ އެވެ.
ނިމިދިޔަ މަޖިލިސް ދައުރަށް އެ މައްސަލަ ފޮނުވިޔަސް، މައްސަލަ އެޖެންޑާކޮށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އާ ދައުރުގައި މި ހަފްތާގެ ތެރޭގަ އެވެ.
މިރޭ ކުރިއަށް ދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ތިން ވަޒީރުންގެ ވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދޭން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އިދިކޮޅުގެ އެއް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.
ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ދާއިރު، އަލުން އައްޔަން ކުރެއްވުމާ އެކު ތިން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހިދް
06 June 2024
ފައްޔާޒު މެން ހިތް ތަކަށް ވަރަށް އަސަރު ކުރާނެ. ކީއްކުރާނީ ފަސް އަހަރު ތަރައްގީ ބަލަން ތިބޭ ދެން
ކައިފްް
06 June 2024
މީ މި ދައްކާ ވާޙަކަ ހަމަ ބާރެއް އޮތީމަ ގަދަ ހެދި މީހުން މިއަދު ކޮބާ؟ ހަމަ އޭރުވެސް ބަސް އަހައިން ރުހުން ދިން ނަމަ. މިއަދު އޭރު އުޅުނު ބާރު ކޮބާ؟
ލިހާޒް މުހުސިން
06 June 2024
އެއްމެ ކަމުދަނީ ހައިދަރަށް. އޭނަޔަށް ރުހުން ނުދިނުމުން ވަރަށް ރުޅި އައި. ވަރަށް ކަމުދޭ އޭނަ ފްލެޓާ ބެހޭގޮތުން ދެއްކި ވާހަކައިން.
ޖައިޝަމްްZ
06 June 2024
މުހައްމަދު ޝަހީމް އަށް ރުހުން ނުދިނީމަ އިނގޭ މި އެމްޑީޕީ މީހުންގެ ނުލަފާ ކަން
އިބްރާހިމް ސާއިފް
06 June 2024
އަދިވެސް ފުއްޕަން ވާނެ. ރުހުން ނުދީ މޮޅުތަކެެއް ވިތަ؟
ނިމާލް ޝަރީފް
06 June 2024
ފާސް ނުކޮށް ނުވާނެއްނު. ކަމުގެ އެންމެ ގާބިލް މީހުން ތިބޭ އިރު އެމީޙުންނަށް ފުރުސަތު ނުދީ ތިބެގެން ނުވާނެ
އާބިދު ސައީދު
06 June 2024
އެމްޑީޕީ މީހުން ނިކަން ކަޑަވާނެ. ހަހަ
ފައްސާން ވަލީދު
06 June 2024
މަރުހަބާ 3 ބޭފުޅުން. ހައްގު 3 ބޭފުޅުން.
އަބާން މުހައްމަދު
06 June 2024
އެމްޑީޕީ ދެން ލަލަލާ
އާސިފް ސައީދު
06 June 2024
އަހަންނަކަށް ނޭނގޭ ކީއްވެކަމެއް މި 3 މީހުންނަށް އެމްޑީޕީއިން ފުރުސަތު ނުދިނީ. ހާދަ ހިންގުންތެރި 3 ބޭފުޅުންނޭ މިއީ