ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕްގެ މީހުން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދުކުރަނީ: ހައްޖު މަހުގެ ހަނދު މިރޭ ފެނުމާ އެކު މިހާރު ވަނީ ހައްޖު ދުވަސް އެއް ދުވަސް އަވަސްވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޖޫން 2024 - 22:10
މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދާދިދެންމެއަކު ކަނޑައަޅައިފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ މި މަހު 16 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
BREAKING | The crescent moon has been sighted in Saudi Arabia. Dhul Hijjah 1445 (2024) has commenced. #Hajj #HaramainInfo pic.twitter.com/5HpkNjLTUV
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) June 6, 2024
ހިޖުރީ ކަލަންޑަރުގައި ކުރިން އޮތް ގޮތުން ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އަދި އަރަފާތު ދުވަހަކީ މި މަހު 16 އެވެ. އަދި ބޮޑު އީދު ދުވަހަށް ވަނީ މި މަހު 17 އެވެ.
ސައުދީ ސަރުކާރުގެ އިއުލާންއާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު، ރާއްޖޭގައި ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖެއިން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.
1445 ވަނަ އަހަރުގެ ޙައްޖު ދުވަހާއި ބެހޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނިންމުން pic.twitter.com/oqKuWvmDD3
— Ministry of Islamic Affairs (@MVIaffairs) June 6, 2024
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ބައެއް ދިވެހިން މިހާރު ތިބީ ސައުދީގަ އެވެ. މިފަހަރު ހައްޖަށް ދާ ދިވެހިންގެ ފަހު ފްލައިޓް މާދަމާ ފުރާނެ އެވެ. މި އަހަރު ވެސް ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރު ސައި
08 June 2024
އިލްމްގެ ބޭނުންނުކުރާ ޖާހިލު ބައެއް.
މަންޠިޤް
07 June 2024
ޙައްޖުދުވަސް އަވަހެއް ނުވޭ، ކަލަންޑަރު ހެދިމީހުންގެ ހިސާބު ދިމާނުވީ.
ނަޖްދު ކަލަންޑަރު
07 June 2024
ސަޫދީން ކޮންމެ ގޮތަކަށް ނިންމިއަސް ހައްޖު ވެވޭނީ އެގައުމާ އެކީ. އިޙްރާމުގައި ޢަރަފާތުގައި ތިބެ ބައިބައެއް ނުވެވޭނެ. ދުނިޔޭގެ 4ބިތަށް ފުޅާވީ މިބޮޑު އުއްމަތް އެއްބައިވެވޭނެ އެއް ކަލަންޑަރަކަށް ޕްލޭން ރޭވޭނެ ޞައްޙަ ޢިލްމީ ޔަޤީނީ ވަސީލަތް ލިބުނީމާވެސް 10 ދުވަހަށް ވީމާ އިރުއޮއްސޭ އިރު މީހަކު ބުނެފާނެ ބަހަކަށް ވާނުވާގަ ތިބެންވީ. ދީނާ ޢިލްމު ދެތަންކޮށްފި.
އަބްޑޫޅް +
07 June 2024
ކަލޭމެން ތަހުޒީބު ވާން ވެއްޖެ ނުން؟
ނާތަހުޒީބު
07 June 2024
ދެން އެންމެ ތަހުޒީބު މީހާ ބުނެދީބަލަ ހަދަންވީ ގޮތެއް؟؟
ބަންދުދުވަސް މުރާޖައާ
07 June 2024
ސުވާލަކީ ކަލަންޑަރަށް ބަދަލުއައުމުން ބަންދުން ވީއްލުނު ބުރާސްފަތި ދުވަސް، ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާނެތޯ، މިހާރި މިވީގޮތުން ބުދަ ދުވަސްވާނީ އައްޔާމު ތަސްރީޤުގެ ފަހު ދުވަހަށް
މޫންމޫން
07 June 2024
އެހެންވީމާ ދިވެހި ކަލަންޑަރު އެޕްގައި ހުރީ ރަނގަޅަށްތާ!
ސާބިތުކުރުން
06 June 2024
ރާއްޖެއިން ހަނދު ބެލިތޯ؟ ކޮބާތޯ އިސްލާމިކް މިނިސްޓްރީ؟ މިކަމުގައި ވެސް ސަރުކާރުން މި ވަނީ އިހުމާލުވެފައި.. ހައްޖު މަހުގެ ހަނދު ސާބިތުކުރަންޖެހޭ. ގިނަ ބަޔަކު މިތިބީ އެތަކެއް ޕްލޭންތަކެއް ހަދައިގެން. ރާއްޖެއިން ހަނދު ސާބިތުކޮށްފައި ނެތް ނަމަ 17 ވާންޖެހޭނީ އީދަށް ނޫންތޯ؟
އޮޅުންބޮޅުން
07 June 2024
ދެން ކޮބަޔޯ ހައްޖު ނުވަތަ އަރަފާތު ދުވަސް؟؟އެދުވަހު ރޯދަ ހިފުންވެސް އޮތް އިރު 17 ޢީދަށް ހަދާފަ 16ވަނަ ދުވަސް އެއީ އަހަރެމެންނަށް ހައްޖު ދުވަސް ދޯ..މައްކާގަ ހައްޖު ދުވަސް 15ގަ ފާހަނގަކުރާއިރު އަހަރެމެން ހައްޖު ދުވަސް 16ގަ ފާހަނގަ ކުރީމަ އެވީ ކޯއްޗަކަށް ހެއްޔެވެ؟؟ މިގޮތް ވަކި ހަމަޖެހޭ ހޭ؟؟
ތުނޑުހަސަނު
07 June 2024
ވާނުވާ އެނގިބަލަ!. ޙައްޖުމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލު ހޯދައިގެން ކިޔާލަބަލަ.
ކޯޓާ
06 June 2024
ފަހުން ލިބުން 150 ކޯޓާގެ ވާހަކަ ނުޖެހީ އެއީ ވަކި ބަޔަކަށް ދިން އެއްޗަކަށް ވީމަތަ؟