ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
07 ޖޫން 2024 - 11:46
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް ކަމަށާއި މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ސަލާމަތަށްޓަކައި އެކަމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.
އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާ ވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކު ވެސް އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ސާޖިދާ އިލްތިމާސްކުރެއްވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ފާހަގަކުރުމުގެ އެންމެ މައިގަނޑު ބޭނުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ފަސްޓްލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އަދި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދުގައި ހިމެނޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމައުގައި އޮންނަންޖެހޭ،" މި ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސާޖިދާ ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ، ހެލްތް މިނިސްޓަރު ހަލީލް އާއެކުގައި -- ފޮޓޯ: ރައީސް އޮފީސް
ސާޖިދާ ވިދާޅުވީ މި އަހަރުގެ ޝިއާރެއްގެ ގޮތުގައި 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!" ކަނޑައެޅުމަކީ ވެސް ދުޅަހެޔޮ ކަމާއި ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވަނީ މިފަދަ ކާބޯތަކެތީގެ ރައްކާޓެރިކަމަށް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ މުހިންމު ކަން ވެސް ފާހަގަކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާހަތްް
09 June 2024
ލިޔެފަ ހުރި ކޮމެންޓްތަށް ކިޔާލީމަ މި އެގެނީ ދިވެހިންގެ ލަދު ހަޔާތް ކުޑަކަން. ބަލަ މެޑަމް މިތާގައި ގޯސްވާހަކައެއް ނުދައްކައޭ. މިއީ ހަމަ ނަފްރަތު އުފެއްދުން. ދިވެހިން ވިސްނާލަންޖެހޭ ކަމަކީ ހެޔޮ ނަސޭހަތެއްގަ ހިފައިގެން ލިބޭނެ ދެރައެއް ނޯންނާނެކަން.
މިޝްކާާ
09 June 2024
މެޑަމް ސާޖީ ވެސް ރަނގަޅު ވާހަކައެއް ދެއްކީމާ ރައްޔިތުންގެ ހައިސިއްޔަތުން އެކަމެއް ގަބޫލްކޮށް އެއާއެއްގޮތަށް އަމަލުކުރުން އެއީ ރިވެތި ގޮތަކީ.
ޖީހާންް
09 June 2024
މެޑަމްގެ ވާހަކަ ވަރަށް ފުރިހަމަ. ތިގޮތަށް ދެން އަމަލު ކުރާނަން.
އިކްރާމްް
09 June 2024
އެމީހެއްގެ ޒިންމާއެއް އެމީހެއްގެ އަރުތެރެއަށް ވަންނަނީ ކޯޗެއްތޯ ބެލުން. އެއީ އަދި ކޮންމެ އިދާރާއަކުން ބެލިޔަސް ޑަބަލްޗެކްވެސް ކުރަންޖެހޭ ކަމެއް.
ފައިސަލްް
09 June 2024
މިއީ ދިވެހިންގެ މައްސަަލައަކީ. ފަރުދީ ޒިންމާ އަދާކުރަން ބުނީމާ އެހެންމީހުންނަށް މިޖަހަނީ ހަޖޫ.
ވޯލް
09 June 2024
ވެރިކަން ލިބުނީމާ، މިހާރު ހުރިހާ ޒިންމާއެއް އޮތީ ރައްޔިތުންގެ ބޮލުގައި. ދެފުށްކެހެރި ވިޔަކަސް ތިޔަވަރު ވާކަށް ނުވާނެ.
ހަލީމަތު
08 June 2024
ދެން ކިއްކުރާ އެޗްޕީއޭ އެއްތޯ، ފްޑް އެންޑް ޑްރަގް އޮތޯރިޓީގެ އިންސްޕެކްޓަރުން އެއީ ހަމައެކަނީ މުސާރަނަގަން ތިބޭ ބައެއްތޯ؟ އެއީ ކަމަނާ އުޅުއްވާ އޮފީސް ވީމަ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭގޮތައް ހެއްދެވީ ދެއްތޯ.
ސިކްސް
08 June 2024
ފަރުދީ ޒިންމާ އަދާކުރެވޭ ވަރަށްވުރެ މިހާރު ވިއްކަން ހުންނަ އެއްޗެހީގެ ގަޑުބަޑު ބޮޑުކަމަށް ބެލެވެނީ. ގަންނަ އެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގައުމުގަ އިސްކޮށް ތިބޭ މީހުން މަސައްކަތް ކުރީމަ ދެން ތިބި މީހުންގެ ސިއްހަތު ސަލާމަތްވާނީ. ގައުމަށް އެތެރެކުރާ ނުރައްކާތެރި ފޭކް ތަކެތި ބަލާ ހުއްޓުވުމަކީ ސަރުކާރެއްގެ ބޮލުގަ އޮންނަކަމެއް. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރާނެ ގޭގަ ކާ އެއްޗެއްސާ މެދު. ވިއްކާ އެއްޗެއްސާމެދު ޒިންމާއެއް ނޯންނާނީ
ބަތްކައްކާ
08 June 2024
ކާއެއްޗެހި ނުކައިތިބޭނީ ފަރުދީ ޒިއްމާ ނަގައިގެން. ވިޔަފާރިވެރިން ގަންނަސަކަރާތް ބަލޭލެ. މިސާލަކަށް ބަންގާޅުން ކުރިންގެނައި ޕެކެޓްމިރުސް ކުޅިވެފަ މީރުރަހަދޭ. ކުއްލިއަކަށްއެއަށް މޯލްޑިސް އެރުމާއެކީ ރަހައެއްނެތް. ކުޅިކީއްކުރަން އެއްވެސް ރަހައެއް ނުދޭ. ކާކުމިކަހަލަ މަކަރުވެރިކަން ބަލަނީ، ވެެރިންކަނީ ރެސްޓޯރެންޓުން ރިސޯޓުން. ޙާލަތު އަހަރުމެންގެ
އަބްޑޫޅް +
08 June 2024
ބަލާލީމަ ހީވަނީ، މައް ބީރަށްޓެއްސެއް ހެން. އެހެން މައް ބީރަށްޓެހިން ވެސް ތިބެނީ މިހެން.