ހަޔާ އެޑިޔުކޭޝަން މިނިސްޓަރީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި ބައެއް ސްޓޭޓް މިނިސްޓަރުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
10 ޖޫން 2024 - 10:24
މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 500 އަށްވުރެ ގިނައިން ތިބި ކަމަށާއި މާދަމާ ލިސްޓު އިއުލާން ކުރާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ މި އަހަރު ލޯނަށް އެދި 1،709 ދަރިވަރުން ކުރިމަތިލި ކަމަށެވެ.
ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާތީ، ޝަރުތު ހަމަވާ 500 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް އިއުލާން ކުރާއިރު ހޮވޭ ދަރިވަރުންނަށް މިނިސްޓްރީގެ ޕޯޓަލްއިން އެކަން އެނގޭނެ ކަމަށާއި އެޕްލިކޭޝަންގެ "ސްޓޭޓަސް" ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުން ވެސް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާމެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ޝަކުވާ ހުށައެޅުމަށް އެއް ހަފްތާގެ މުއްދަތެއް ލިބޭނެ ކަމަށައި ޝަކުވާ ހުށަހަޅާނީ އީމެއިލަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ސްޓޫޑެންޓް ލޯނުތައް ހުޅުވާލީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިތުރު ހަރަދަށްވާ ފައިސާއާ އެކު އެވެ. ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުގައި ލިބޭއިރު، އޭގެ ތެރޭގައި ހުރިހާ ހަރަދެއް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުފާ
10 June 2024
މި ސަރުކާރުން ލޯނު ދޫކުރާއިރު ވަކި މޫނަކަށް ނުބަލާނެ. ހަމަހަމަކަމާއިއެކު މިކަން ނިންމާނެ
ޖައުޝާ
10 June 2024
އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަންދީ ލޯނު ދޫކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް.
އޮަޓޯ
10 June 2024
މިހާރު ދޭ ލޯނުން ކިޔަވަނީ، ވަކީލުކަމާއި، ޕައިލޮޓްކަމާއި، މެނޭޖްމަންޓް ފަދަ ދާއިރާތަކުން. މިދާއިރާތަކުން މަދުކޮށް ޓެކްނިކަލް ދާއިރާތައް އިސްކުރަންވީ. މިސާލަކަށް، ދަނޑުވެރިކަން، މަސްވެރިކަން، އިންޖިނޭރުކަން، އައިޓީ ޕްރޮގްރާމަރުން، ޑޮކްޓަރުން، ނަރުހުން، ޞިއްޙީ އާލާތްތައް މަރާމާތުކުރާނެ މެކޭނިކުން، ލެބޯޓްރީ ޓެކްނޮލޮޖިސްޓުން، ރޭޑިއޯގްރާފަރުން، އިލެކްޓް އިންޖިނޭރުން، އިލެކްޓްރޯނިކްސް އިންޖިނޭރުން، އާކައިވް ފަދަ ދާއިރާތަކުން މީހުން ބިނާކުރަންވީ.
ދޭހިލޭ
10 June 2024
ލޯނު އުސޫލު ބަދަލުކޮށް 3 ބަޔަކަށް ބަހާލަންޖެހޭ. އެއީ 1. އަލަށް ޑިގްރީއަށް ކިޔަވާކުދިން. 2. ޑިގްރީއަށް ކިޔަވަން ފަށާފައި ނަމަވެސް ފައިސާގެ ދަތިކަން ދިމާވެފައި ތިބި ކުދިން. 3. ސަރުކާރަށް މީހުން ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީނުކުރުމަށް. މިހާރު އޮތް ލޯނު ސްކީމުން ސަރުކާރުގެ އޮފީސްތަކުގައި ތިބި މުވައްޒަފުން ތަމްރީނު ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އޮފީސްތަކަށް ބޭނުންވާ ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރެވޭނެ ގޮތެއް ނެތް.
މައިޝާނު
10 June 2024
ސްޓޫޑެންޓް ލޯނު ދޭއިރު އިސްކަން ދޭންވާނީ އަބަދުވެސް ގައުމަށް އޭގެއިން އެންމެ ފައިދާވާ ދާއިރާތަކަށް.
ދާއިރާ
10 June 2024
މިހާރު މިދޭގޮތަށް ލޯނުދީގެން ގައުމަށް ވާނެ ފައިދާއެއް ނެތްތާނގައި މިކަން ވާނީ ދުއްތުރާލަކަށް. އެއީ ޤައުމަށް ބޭނުންވާ ދާއިރާތަކަކުން ނޫން ކުދިން ކިޔަވަނީ. ގައުމުގެ ހުރިހާ ކުދިން މިހާރު ތިބީ ޕައިލެޓުންނަށް ވުމަށް ފައި ވިއްދާފައި. މިގައުމަށް ބޭނުންވާ މިންވަރަށް މިހާރު އައިޓީ ޕްރޮގްރާމަރުން ނެތް. ދަނޑުވެރިކަން ފަދަ ދާއިރާތަކުގެ ދާއިރާތަކުގެ މީހުން ނެތް.
9856
10 June 2024
އެއެއް މިއެއް ނުބަލައޭ. ޕައިލެޓް ކޯހަކީ އެންމެ އަގުބޮޑު އެއް ކޯސް އެކަމަކު އެކޯހަށް ހެސްކިޔާފައި ލޯނުދޭއިރު އެ ކޯސް ފުރިހަމަކުރުމަށްފަހު ވަޒީފާ ނެތިފައި ތިބިކުދިންވެސް މަދެއްނޫން. ޤައުމަށް އެންމެ ޑިމާންޑް ބޮޑު ދާއިރާތަކަށް އިސްކަންދީގެން ލޯނުދޫކުރާނަމަ އެހެންވާކަށް ނުޖެހޭނެ.
މީޖާޒް
10 June 2024
ތެންކިއޫ ރައީސް މުއިއްޒު
މުޖާހިދް
10 June 2024
މި ސަރުކާރުން ސްޓޫޑެންޓު ލޯނު ދޭނީ ރާއްޖެއަށް އެންމެ ބޭނުންޖެހިފާވާ ދާއިރާތަކަށް. ހަމައެއް އުސޫލެއްނެތް ގޮތަކަށް ދޫނުކުރާނެ
ކިލަމަންޑާ
10 June 2024
ބަލަ ލޯނަށް އެޕްލައިކުރެވެނީ ވަކި ދާއިރާތަކަކަށް މާކުރިންވެސް އޮވޭ
މިހުރާން
10 June 2024
މި ސަރުކާރުން ތައުލީމީ ކަންކަމަށް ލޯބި ކުރާނެ، އެއީ ރައީސް މުއިއްޒުގެ ވައުދެއް
ޒުލްފާާ
10 June 2024
ރައީސް މުއިއްޒަކީ ހަމަ އެންމެ ބެސްޓް ރައީސް.
އުސްމާންް
10 June 2024
ވަރަށް އުފާވެރި ހަބަރެއް. ގިނަ ކުދިންތަކަކަށް މިފަދަ ފުރުސަތުތަށް ލިބިގެން ދިޔުމަކީ ގައުމުގެ ތަރައްޤީއަށްވެސް އެޅޭ މުހިންމު ބިންގަލެއް.