މި އަހަރު ރާއްޖެއިން ހައްޖަށް ފުރި ބަޔަކު އެއާޕޯޓުގައި: އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ޖޫން 2024 - 14:18
ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ.
އެ ލިސްޓުގައި ހިމެނެނީ އޮގަސްޓް 2022 އާއި މިދިޔަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަސް އަދި މި އަހަރުގެ މެއި މަހު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކެވެ.
އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މި އާންމުކުރީ ބައެއް ކުންފުނިތަކުން ހުއްދަ ނެތި މީހުން އުމްރާ އަށް ގެންގޮސް ހާލުގައި ޖައްސާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އިޢުލާން:
— Ministry of Islamic Affairs (@MVIaffairs) June 13, 2024
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކާއި ގުޅޭ
✅ Download: https://t.co/br0vLavnI6 pic.twitter.com/TFLVa1sLb1
މަޝްއަރު ޓުއާސް ކިޔާ އެޖެންސީއަކުން މިދިޔަ ރޯދަމަހު ބަޔަކު އުމްރާ އަށް ގެންގޮސް ހާލުގައި ޖެއްސި މައްސަލަ ބޮޑުވި އެވެ. އެއީ ކުރިން އުމްރާ ގްރޫޕެއް ހިންގި ބައެކެވެ. ނަމަވެސް، އޭގެ ކުރީ އަހަރު ރޯދަމަހު ވެސް އެ މީހުން އުމްރާ އަށް ގެންދިޔަ ބަޔަކު ހާލުގައި ޖެއްސުމުން މިނިސްޓްރީން އެ މީހުންގެ ހުއްދަ އޮތީ ބާތިލުކޮށްފަ އެވެ. ހުއްދަ ބާތިލުކޮށްފައި ވަނިކޮށް މިދިޔަ ރޯދަމަހު އެ މީހުން ބަޔަކު އުމްރާ އަށް ގެންދިޔައީ ޓުއާ އެޖެންސީއެއް ހަދައިގެންނެވެ.
އެ އެޖެންސީން ވަނީ އުމްރާވެރިންގެ އަތުން ދެކޮޅު ޓިކެޓަށް ވާ ފަައިސާ ނެގުމަށް ފަހު، ރިޓާން ޓިކެޓަށް ވާ ފައިސާ ނުދައްކާ ހިފަހައްޓައިފަ އެވެ. އެހެންވެ، އެ އެޖެންސީގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުންނަށް މާލެ ނާދެވި، ގިނަ ދުވަސްތަކެއް ވަންދެން މައްކާގައި ތާށިވި އެވެ. ނަމަވެސް ފަހުން އެ އެޖެންސީ ފައިސާ ދައްކައިގެން އެންމެން މާލެ ގެނަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މަޝްއަރު އެޖެންސީގެ މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.
އުމްރާ އަށް ދިއުމުގެ ކުރިން، އުމްރާ އަށް ދަނީ ހުއްދަ އޮންނަ ގްރޫޕެއްގެ ފަރާތުންތޯ ކަށަވަރުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިފޮނިޓައްޕު ކުމާރު
13 June 2024
ލިސްޓު ނެރުނަސް އަލްހާނު ގަޑިއިރެއްތެރޭ ހައްޖަށްގެންގޮސްދޭނަމޭ ބުނިނަމަސް ރައްޔިތުން ހައްޓަކުހެޔެއްނުހުންނާނެ. ސަވާބު ހޯދާން ރައްޔިތުން ތިބީ ފެންބޮވައިގެންފާ.
ލަބާނު
13 June 2024
ގިނައީ މިނިސްޓްރީގެ މުވައްޒަފުން ފަހަތުގައި ތިބެގެން ހިންގާ އުމުރާ ގުރޫޕުތައް. ކޮރަޕްޝަން ފުލް ތްރޮޓުލްގަ!
ވަހިދު
13 June 2024
މިނިސްޓްރީގެ މުއައްޒަފަކު އުމްރާ ގުރޫޕެއް ހިންގާ ނަމަ ނަން ޢާއްމު ކުރަންވީނުން.
މަޖާޒީ
13 June 2024
ތިޔަ މިނިސްޓްރީގެ އުމްރާގެ ބަޔަކު ތިމައުލޫމާތެއް ނެތް.