ކުޅިވަރު / ބައްސާމް

ފީފާގެ ނިންމުން: ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑް ކޮށްފި

ބައްސާމް

20 ޖޫން 2024 - 20:33

56 comments

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން މިރޭ ނިންމައިފި އެވެ.

އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ، ބައްސާމް ސަސްޕެންޑް ކުރީ ނުވަ މަސް ދުވަހަށެވެ.

ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވުނު، ފުޓްބޯޅައިގެ އެކި ބޭފުޅުންނަށް، ފީފާގެ މިނިވަން އެތިކްސް ކޮމިޓީން، މީގެ ކުރިން ފުރަތަމަ މަރުހަލާގައި ސަސްޕެންޝަނުގެ އަދަބު ދީފައި ވަނީ 90 ދުވަހަށެވެ. އަދި އެއަށް ފަހު އަނެއްކާ ވެސް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރަމުން ގެންދެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ، ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އަދި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް އޮކްޓޯބަރު 2015 ގައި އެތިކްސް ކޮމިޓީން ސަސްޕެންޑް ކުރީ 90 ދުވަހަށެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އެ ދެ ބޭފުޅުންގެ ސަސްޕެންޝަން ވެސް އިތުރު ކުރަމުން ގެންގޮސް، މައްސަލަ ބަލައި ނިންމައި އަށް އަހަރަށް ސަސްޕެންޑް ކުރި އެވެ.

އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުގައި ވެސް ހުންނެވި، ބައްސާމް ސަސްޕެންޑް ކުރުމުން އެ މަގާމުގެ ހައިސިއްޔަތު ވެސް އޭނާ އަށް ތަމްސީލު ނުކުރެވޭނެ އެވެ.

ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ބައްސާމަށް މަނާ ވާނެ ކަމަށެވެ.

ފީފާއިން ބުނީ އެ އިދާރާގެ އެތިކްސް ކޮމިޓީން މިގޮތަށް ނިންމީ ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

"މި ތަހުގީގުތަކުގެ ފުރަތަމަ މަރުހަލާގައި ލިބުނު މައުލޫމާތާއި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، އެފްސީއީ [ފީފާގެ ކޯޑް އޮފް އެތިކްސް] ގެ 62 ވަނަ މާއްދާގެ 1 ވަނަ ޕެރެގްރާފްގައިވާ ގޮތުން ފުރަތަމަ ފަހަރު ވެސް މައްސަލައެއް އޮތް ކަމަށް ފާހަގަވުމުން، (ފީފާގެ) ތަހުގީގު ޗެމްބަރުގެ ޗެއާޕާސަން ނިންމީ [ބައްސާމް އަދީލް] ޖަލީލާ ގުޅޭ ރަސްމީ ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ. އެއީ (ފީފާގެ ކޯޑުން) އަންނަނވި މާއްދާތަކާ، ބައްސާމް ހިލާފުވެފައި އޮތްތޯ ބެލުމަށެވެ.،" ފީފާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ފީފާގެ އެތިކްސް ކޯޑާއި ބައްސާމް ހިލާފުވެފައި އޮވެދާނެކަމަށް ބެލެވޭ ކަންކަން

- މާއްދާ 14 އާންމު ވާޖިބުތަކާ ހިލާފުވެފައިވުން

- މާއްދާ 20 މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކޮށްފައިވުން

- މާއްދާ 21 ހަދިޔާ އާއި އެހެނިހެން ފައިދާތައް ލިބިގަނެ ހުށަހެޅުން

- މާއްދާ 29 ނަހަމަގޮތުގައި ފައިސާ ބޭނުންކުރުން

ފީފާގެ ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރީ، މިހާރު ހިނގަމުންދާ، އޭނާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާން ގާތްގަކަނޑަކަށް 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ބައްސާމްގެ އެކްސްކޯގެ މި ދައުރު ހަމަވާނީ އަންނަ މަހު ދެވަނަ ދުވަހަށެވެ.

56 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20002

22 June 2024

ތިމާގެ އަމިއްލަ އުފަލަށްޓަކައި، އެތަށް ބައެއްގެ މަސައްކަތާއި އުންމީދުތަށް އެއްވެސް ރަހުމެއްނެތި ބައްސާމްކިޔާ މީހަކު ފުނޑުފުދުކޮށްލަން ލިބުމަކީ ދެރަކަމެއް. އާއިލީ މުއްސަދިކަމެއް ނެތްއިރު ކޮންތާކުން ހޯދިލާރިއެއްތޯ އެއްކޮށްލި ދެ ޕެންޓްހައުސްގައި ދިރިއުޅޭ ބަޔަކު އަހާލަން ނުޖެހޭބާ. މައިންބަފައިން ދުނިޔޭގައި ތިބިއިރު ގަދަފައިވިއްދައި ޤައުމެއްގެ ކުޅިވަރު ހަލާކުކުރިއިރު ބުނެލާނެ ބަހެއް ހަމަނެތީބާ؟

The name is already taken The name is available. Register?

ކުޑަދޫ2

22 June 2024

މީނާއަށް ހެޔޮ ނަސޭހަތެއް ދޭނެމީހަކު އާއިލާގައި ވެސް ނެތީތަ؟

The name is already taken The name is available. Register?

88966

22 June 2024

މިހާރު ދެން އޯކޭވާނެ 10 އަހަރުގެ ހުކުމެއް ކުރިޔަސް. ލިބުނު ހުރިހާ ލާރިއެއް ހުންނާނީ 100 އަހަރުގެ ރާސްތާގެ ވިޔަފާރީ ރާއްޖެއާ ރާއްޖެއިން ބޭރުގަ ގާއިމް ކޮށްފަ. މީނަ އަންހެނުން ކެފޭއެއްވެސް ހުޅުމާލޭގަ ހުރޭ. އޭގެ ހަޤީގަތެއްވެސް ނޭންގޭ. ހިތައް އެކައްޗެއްވެސް ނާރާ ހަރާން ލާރިން ކައިބޮއެ ހަދާއިރު

The name is already taken The name is available. Register?

އަބްޑޫޅް +

22 June 2024

އޭ މިއީ އެއްކަލަ މާނު ގައްޔޫމުގެ ތިމާގެ މީހެއްތަ؟

The name is already taken The name is available. Register?

ކުޑަމޫސަސިއްކަގެ

22 June 2024

މިކަލޭގެ ސަސްޕެންޑް ނުކުރާ ތަނެއް އެބައޮއިތަ؟

The name is already taken The name is available. Register?

އަލީއުމަރު

22 June 2024

މި ގައުމުގަ ފުޓްބޯޅަ ރަނގަޅު ކުރަން އެންމެ މަ

The name is already taken The name is available. Register?

ނަސީބު

22 June 2024

މީނަގެ ނަންއިވުނަސްް ހޮޑުއަރާ. ހާދަފޫހި މީހެކޭމީ

The name is already taken The name is available. Register?

ފީފޯ

21 June 2024

ފީފާއިން ފީފާ ސަސްޕެންޑް

The name is already taken The name is available. Register?

ބައްސާމާ

21 June 2024

ދިވެހި ފުޓް ބޯޅަ ކުރި އެރުވުމަށް، ބައްސާމް އެފް އޭ އެމް އިން ބޭރު ކުރަން ޖެހޭ.

The name is already taken The name is available. Register?

މިނީ

21 June 2024

ކޮބާތަ ސްޕޯޓް މިނިސްޓަރު އަދިވެސް ޕުލޭން ހެދުމުގައި ދޯ. ފަސްއަހަރު ދާނީ ޕުލޭން ހެދުމުގައި ކަންނޭގެ.މިނިސްޓަރު އެބަޖޭހޭ މިއަވުރެއް އެކްޓިވާން.މިނިސްޓަރު އެއްބަޖެހޭ ރާއްޖެ 4 ޒޯން ބަހާފައި އިއުލާން ކުރަން ، އަދި ހުރިހާ ކުލިވަރު އެސޯސިއޭޝަން ތަކުގެ ބުރާންޗްތައް އެޒޯން ތަކުގައި ހުޅުވަން. ގައުމީ މުބާރަތަށް އަންނަށް ވާނީ ޒޯން މުބާރަތައް ކުޅުމަށް ފަހު ، އެވަނަ ނުވަތަ ދެވަނަ އަށް ދާޓިމް ތަކަވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454