ފުލުހުންގެ ދިދަ: އެކްސްގައި ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާ އިން ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
22 ޖޫން 2024 - 12:06
އެކްސްގައި ދިވެއްސަކު އިސްލާމްދީނަށް ފުރައްސާރަކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ކުރި އެ ޕޯސްޓުގައި ވަނީ ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށްފަ އެވެ. އެއީ ޔޯގާ ހަރާން ކަމަށް ބުނާތީ ރައްދުގައި ލިޔެފައިވާ އެެއްޗެކެވެ.
ހައްޖުގެ އަޅުކަމަށް ނިސްބަތްކޮށް، އޭނާ ފުރައްސާރަކުރި ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް ފުލުހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނިއިރު އެ ޕޯސްޓަށް ކޮމެންޓްކުރި އިތުރު އެކައުންޓަކުން ވެސް ވަނީ އިސްލާމު ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ކޮމެންޓްތަކެއް ކޮށްފަ އެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިގޮތަށް ދީނަށް ފުރައްސާރަކޮށްފައިވެ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެއިން ޝާމް
23 June 2024
ދީނަށް ފުރއްސާރަ އެކުރަނީ ﷲ އަށް ބިރުވެތި ނުވާމީހުން. ޢެމީހުން ދަންނަން ޖެހޭނެ ﷲގެ އަޒާބު ގަދަފަދަ ވެގެންވާކަން. ޚޮޮމެންޓް ކުރާމީހުން އިސްލާމީ ގިއުގަޑުގެ ތެޜޭގަ ނުކުރާނަމަ މީހުން ކޮމެންޓް ނުކިޔާން.އަހަރުމެންމީ މުސްލިމް ސަގާފަތެއްގެ ވެރި ބައެއްކަން ދަންނަން ޖެހޭނެ.
ޙުސެއިން ޝާމް
23 June 2024
މީހުންގެ ނުބައި ދުޢާ ޖެހިދާނެ ތި ދީނީ މީހުން ކުރުވާ ކަންތައް ހުރިހާ ދީނީ މީހުން ކައިރީ ބުނޭ ފައިސާ އާއި މުދަލާ ލިބޭނެ އެހެން ގޮތެއް ހޯދާށެެ. ދީނީ ޢިލްމް ޙާސިލް ކޮށްގެން ތިބި ބައެއް ސައުދީން ވަޒީފާ ލިބޭނެ. .ޜާއްޖޭގެ ރައްޔިތުން ފޮތްތައް ދިރާސާ ކޮށްގެން އެމީހުން ދީން ދަސް ކުރާނެ. މުހުއްމަދު ޖަމީލުގެ ތަރުޖަމާ ހޯދަން ޓީވީ މޯލްޑިވްސް އަށް ގުޅަންވީ.
ގުދުގުދާބެއްޔާ
22 June 2024
ހެހެހެ! އެމްޑީޕީއޭ ބުނެފިނަމަ ފައްޅިއަޅާނެ! އެމްޑީޕީ ވެރިކަން ކުރެވިއްޖެ ދުވަހަކުވެސް ތިޔަ ފައްޅިއެއް ނާޅާ! މިހާރު ތިޔަ ފައްޅިޗްގެ ދުވަސްގޮސްފި! ތިޔަ ޗިޕް އެއީ ކުރީގެ އިންޓެލް 8088 2 މެގަހާރޓްގެ ބޮކުދުވެލީގެ ޗިޕެއް!އަދިވެސް އޭތި ހިންގޭތޯ ބަލާ ގޮގާލިފައްޗެއް އެބައުޅޭ! މިހާރު ތިޔައެއް ނުހިގާނެ! ތިޔަ ހިންގަން ކަންދަހާރަށް ދޭ!
ސެމި
22 June 2024
މައްސަލަބަލަނީ އަބަދުވެސް. ނުއެއްނިމޭ ދުވަހަކުވެސް
ވަންޓުވަން
22 June 2024
މީހުންގެ އެޓެންޝަން ސީކު ކުރަން ފޭކު އެކައުންޓުތަކުން އެހެން ކޮށްލާ ޓުވީޓަކަށް މާ ކަންބޮޑުވެގެން އުޅޭނެ ކަމެއް ނެތް. ނޫސްތަކަށް އެވާހަކަ އެރިވަރަކަށް އެމީހުންނަށް ބޮޑަށް ލިބޭނީ ހިތްވަރު. ދީނަށް އެއްޗިހި ކިޔާ މީހެއްގެ ސަބަބުން ދީނަށް ލިބޭނެ ވަކި ގެއްލުމެއް ނެތް. އަހަރެމެން ތަންކޮޅެއް ހަމަޖެހެން ވީ. ލޭ މައްޗަށް ގޮސްގެން އުޅެން ޖެހޭ ވަރުގެ ކަމެއް ނޫން އެއީ.
މުސަލްމާން
22 June 2024
ދީނީ ކަންކަމުގައި ކޮންޕްރޮމައިޒެއް ނުކުރެވޭނެ. އެއީ ﷲ އާއި، އެ އިލާހުގެ ރަސޫލަށް ހަޖޫޖެހުން ނޫންކަމުގައި ނޫނީ ހަމަ ގައިމު ނުވާނެ. ޢަޤީދާ ބަލިކަށި މީހުނަށް ކަހާތަން ހިރުވާނުލިޔަސް ފުރިހަމަ މުސްލިމަކު ހިތްހަމަޖެހިގެނެއް ނުހުންނާނެ. ލޭވެސް ކެކޭނެ. މުސްލިމުންގެ ނަމުގައި ތިބެ ދީން އެއީ ޖޯކެއް ކަމުގައި އޯޕަން މީޑިޔާގަ ބުނުމުން ހަނު ތިބޭނީ ދީނަށް ޣީރަތްތެރި ކަމެއް ނެތް މީހުން.
ސެމްބެގެޭ
22 June 2024
މިހާރު ނޫހުގަ ދީނަށް ފުރައްސާރަކޮށް ލިޔާ ކޮމެންޓު ޖަހާދޭ މައްސަލަ ބަލަން އެބަޖެހޭ
ކޮމެންޓޭ1
22 June 2024
މިއީ ވަރަށް ސީރިއަސް މައްސަލައެއް މިހާރު ނޫހުން މިކަން އާންމު ކަމަކަށް ހަދަން މަސައްކަތް ކުރާ ކަން ހިތާމަ ކުރަން
ކިލެގެ45
22 June 2024
މި ކަހަލަފެނަޓިކް އިސްލާމީ ގައުމަކަށް އުފަންވެ އުޅެންޖެހޭތީ ހިތާމަ ކުރާ ބައިވަރު މީހުން އުޅޭ އެ ޑިޕްރެޝަނުންގަ ހަކުރު ބޮއެ މެތު ބޮއެ އުޅޭ މީހުން ވެސް ބައިވަރު! ކުރިން މި ރާއްޖެ އުޅެން ފަސޭހަ އެކަމަކު މިހާރު ވ އުދަގޫ! މިޔުޒިކް ޝޯ އެއް ބޭވިޔަސް އެބަ ހުރަސް އެޅޭތޯ ބލާ ބަޔަކު އުޅޭ! މި ވަރުން ކިހިނެތް އުޅޭނީ
ކޮމެންޓޭ1
22 June 2024
އިނގިރޭސި ވިލާތުން އެސައިލަމް ހޯދާ އަވަހަށް
އެލްވިސް ބުރުސްލީ
22 June 2024
އެމެރިކާ އިނގިރޭސިވިލާތުގަވެސް ހަކުރުބޯމީހުން މަގުތަކުގަ ބިތްޖެހިފަ އެތިބެނީ މިފަހަކަށްއައިސް އެއީ ތިބުނާ ޓިކު ވެގެންތަ.
ށަންބާ
22 June 2024
ކަލޭމެން އަފްގާނިސްތާނުން ތި ސައިލަންސަރެއް ހޯދަބަލަ
ނަރުސް
22 June 2024
"ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނި" އަޅެ ކޮންމެވެސް ނޫސްވެރިއަކު ފުލުހުންގެ މައްސަލަ ބެލުމުގެ ތަފާސް ހިސާބެއް ހޯދާލަދީބަލަ، ހުށަހެޅުނީ ކިތައް މައްސަލަކަމާ ބަލާ ނިންމުނީ ކިތައް އިންސައްތަކަން.
އެނދިމަރިޔަނބު
22 June 2024
ނަރުސް އަލިއްލައަށްވެސް ބައްލަވާލެއްވޭނެ. ޕޮލިސް ޑޮޓް ގޮވް ޑޮޓް އެމްވީ ގަ ވަރަށް ތަފްސީލުކޮށް ތަފާސްހިސާބު އެބަހުރި.
ޙުންނާނެ
22 June 2024
ބަލާބަލަ
ޜައްޔިތު މީހާ
22 June 2024
ދިވެހި ފުލުހުންނަށް ވާވަރަކީ އެމަސައްލައެއް ބެލުމެވެ. ޢެކަމަކާއިގުޅިގެން އެއްވެސް ފިޔަވަޅެއްނޭޅެއެވެ. ފިޔަވަޅެއް އަޅަން އުޅޭއިރަށް ކޮންމެވެސް ނުފޫޒްގަދަ ފަރާތަކުން އެކަން ހުއްޓވައެވެ. މިކަންކަން ހައްލުނުވެ ފުލުހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެވެ.
ގެދާނޯމޮސް
22 June 2024
އެމްޑީޕީ އަށް ނިސްބަތް ވާ މީހުންގެ ދީނީ ކަންކަން ބެލުމުގައި ފެއިލްވާ ބަޔެއްތީ!