މިސްކިތުގައި ނަށަނީ.
22 ޖޫން 2024 - 23:36
ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ނަށައި، ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ.
އެ ރަށު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ދަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، މީހުން ނަމާދުކުރަން މިހާރު ވެސް ބޭނުންކުރާ މީދޫގެ އާސާރީ މިސްކިތުގެ އެތެރެއާއި ގޯތި ތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާތަން ފެނެ އެވެ.
ލިބާހެއް ލައިގެން ކުޅުނު ޓިކްޓޮކްގައި މިސްކިތު ވަޅުން ބަނޑިޔަލަށް ފެން އަޅައިގެން ހިނގާފައި ދާތަން ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
23 June 2024
މިސްކިތައް އަރާ ބަނޑިޔާ ޖަހާ ނަށާކައް ނުޖެހޭނެ. ބިންމަތީގަ އެންމެ މާތް ތަނަކީ މިސްކިތައްވާތީ ކުރިމިހަކު ކުރިކަމަކުން އެކަމަގެ އަދަބަދެވެންޖެހޭނެ.ނުދެވޭނެނަމަ ކުރިމީހާއާ އެކަން ނުހުއްޓުވާ އަދަބުދޭންތިބިމީހުނައް އަދަބުނުދެވޭނެނަމަ އެކުރެވެނީ އިސްލާމްދީނައް ފުރަސާރަނޫންތޯއެވެ
ދާއިގަންނަގުރާ
23 June 2024
ތިތާ ބަލާނެ މައްސަލައެއް އެބަ އޮތްތަ!؟ ވާނެ ކަމެއް ވެ ނިމި ޓިކްޓޮކެއް ވެސް ހެދިއްޖެތާ! ދެން އޭނަ އަށް ވިސްނަދިނީމަ ވީނުން ތި ކުރެވުނީކީ ތާހިރު ކަމެއް ނޫންކަން!
ހަސަންބޭ
23 June 2024
ޓިކްޓޮކް ފަދަ މުޖުތަމަޢުއަށް ފައިދާކުރުމަށްވުރެ ފިތުނަ އުފައްދާ އެޕްތައް ބްލޮކް ކުރުމަށް ސަރުކާރަށް ގޮވާލަން..
ކޮބައިތަ މިހާރު ޢަލީ ރަމީޒު؟
23 June 2024
މިކަމާ ކީކޭތަ ބުނަނީ؟
ސޭޑު
23 June 2024
ޓިއްޓޮކު ނުކުޅެ މިސްކިތަށް ވަދެވުނުފަހަރު ދެރަކުއަތުގެ ނަމާދެއް ކޮށްލިނަމަ..
ސަލީމު އިދުރީސް
23 June 2024
ބަރަހަނާ ފިލުމުތައް ޑައުންލޯޑު ކޮއްފަ ހުންނަ ފޯނު ހިފައިގެން މިސްކިތައް އަރާއިރު މިސްކިތު ހަރިންމަ ތެރޭ ޓިކުޓޮކެއް ކުޅިގެން ތިވަރު ވާންޖެހޭ ކަމައް ގަބޫލު ނުކުރަން
ލޮލްް
23 June 2024
ސަލީމު އިދުރީސް އެވައްތަރަށް އުޅުނަސް އެންމެނަކު އެވައްތަރަކަށް ނޫޅޭނެ.
ޑރ ވާންޗޯ
23 June 2024
މަނިކުފާނުގެ ފޯނުއޮންނަ ހާލަތުގަ މިސްކިތައްއަރާ އެހެންމީހުންގެ ފޯނުވެސް އޮންނަންޖެހޭކަމަށް ހީނުކުރަށްވާ.
އަޔާްބަ
23 June 2024
މިމީހާއަކީ ‘ކުއްޖެއް’ ކަމަށް ހީކޮށް ކޮމެންޓްކުރާ މީހުނަށް ބުނެލަން. މިއީ ކުއްޖެއްނޫން. މިމީހާއަކީ އުމުރުން ސާޅީހާ ގާތްކުރާ އުމުރުގެ ބޮޑު އަންހެނެއް. މި ރަށުގަވެސް ކޫޑި ކަމަށް ނަން މަސްހޫރު މީހެއް. ޓިކްޓޯކް ކުޅޭތީ ވ ސެލަބުރިޓީ ހެދިފަ ހުންނަނީ!
ސީތާ
23 June 2024
ޤައުމުގެ އިސްލާމީފޭރާން ވީދި ކުދިކުދިވަމުންދާއިރު ކޮބައިތޯ އިސްލާމިކް މިނިސްޓަރު؟ ކޮބައިތޯ ސަރުކާރުގެ މުޢައްސަސާތައް؟ މިހާރު މަޤާމްތައްލިބި ކޯޓްފަޓްލޫނުގައި އޮފީހަށް ވަޑައިގެންނެވޭތީ ހުއްދަނޫން އެއްވެސް ކަމެއްހަމަނެތީތޯ؟ އެމް.ޑީ.ޕީގެ ވެރިކަމުގައި ލާދީނީ ގޮވިމީހުންނަށް މިހާރު ހުއްދަނުވާ އެއްވެސް ކަމެއް ނެތީތޯ؟ މީ ދެން ބޮޑުވަރު. ތިވަރުންދަންޏާ މިސްކިތްތަކުގައި ސްޓޭޖްޝޯތައްވެސް ބާއްވާނެ
އަލަފަތުކޭ
23 June 2024
ކުރީ ސަރުކާރުގެ މައްސަލައެއްމިއީ. އެމީހުން މިއުޒިކާއި ނެށުމާއި ލާދީނީ ކަންކަން މަނާނުކޮށްއޮތީމަ ދެން މިހާރު ކީއްކުރާނީދޯ!
ތަކުރޭ
23 June 2024
ޔަހޫދީންވެސް ބުނަނީ ހަމަތިހެން. ދުވަހަކުވެސް އެމީހުން ގޯހެއްނުވޭ. އަބަދުވެސް ގޯސްވާނީ އަނެކުން.
ހޯލި
23 June 2024
ތިވެސް ކުރީ ސަރުކާރުން ދޫކޮށްލި ކުށްވެރިއެއްތޯ؟