ފޭސް ދޭގައި ހުރި ހަޓުތައް ހަލާކު ކޮށްލާފައި--ފޮޓޯ: މިހާރު
25 ޖޫން 2024 - 15:43
ހުޅުމާލެ 2 ގެ ހަޓުތައް ނެގި ފަހުން އެ ސަރަހައްދުގެ ލޮޓްތަކުގައި ވިޔަފާރި ކުރަމުންދާ ކަމަށް މައްސަލަ ފެންމަތިވެއްޖެ އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ 2 ގެ ބީޗުގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ހަޓުތައް ނެގުމުން އެ ސަރަހައްދުގެ އާއްމު ފަރާތްތަކުގެ ލޮޓުތަކުގެ ތެރޭގައި ވިޔަފާރިކުރަމުންދާ ކަމަށެވެ.
އެހެންވެ، ގަވާއިދާ ހިލާފަށް އެ ކަހަލަ ވިޔަފާރިކުރުމަކީ މަނާކަމަކަށް ވާތީ ލޮޓުތަކުގެ ތެރޭގައި ވެރިފަރާތުން އެ ކަމަށް ސަމާލުކަން ދިނުމަށް އެދިފައި ވެ އެވެ.
ހުޅުމާލެ 2 ގެ ރުއްގަނޑާއި ބީޗު ސަރަހައްދުގައި ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކަ އެވެ. އެއީ އެއްވެސް ހުއްދައަކާ ނުލައި ކުރާ ކަމަަކަށް ވާތީ އާއި އެ ސަރަހައްދު ތަރައްގީ ކުރަން އެ ތަންތަން ހުސް ކުރަން މިދިޔަ މަހު އެންގި އެވެ.
އެޗްޑީސީން މި މަހުގެ 15 އާ ހަމައަށް ދިން މުއްދަތު ހަމަވިއިރު، ނުނަގާ ހުރި ހަޓުތައް ވަނީ ހަލާކުކޮށް، އެ ތަންތަން ހުސްކޮށްފައި ވެ އެވެ.
ހުޅުމާލެ 1 ގައި ގިނަ އަދަދެއްގެ ކިއޮސްކުގައި ވިޔަފާރި ކުރެ އެވެ. އެޗްޑީސީން އެ ތަންތަން މޮނިޓަ ވެސް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
26 June 2024
އަޞުލުގަ ހިޔާސަހަރު އުފެދުނު ފަހުން ހުޅުމާލެ ބޮއްސުން ލައިފި. އެޗްޑީސީއަކަށް ނުބެލެހެއްޓޭ. ހިޔާ މީހުންނަށް ހީވާކަހަލަ މި މީހުންނަކީ ގާނޫނެއް ގަވާއިދެއް ހިނގަންޖެހޭ ބައެއްނޫނޭ. ބޮޑުވަރުދޯ. މިމީހުން އައިފަހުން ފްލެޓްތަކަށް ކުލި ދެއްކުންވެސް ބޮޑުމައްސަލައަކަށް ހަދައިފި. މިހާވިޔަފާރިކުރަން ބޭނުންނަމަ ރަށުމާރުކޭޓްތަކުގައި ތިބި ބިދޭސީން ބޭރުކޮށްފަ މި މީހުންނަށް އެތަންތަން ކުއްޔަށްދީ. އެހެންނޫނީ އަހަރެމެންވެސް ދައުލަތުން އަންގާއެންގުމަށްކިޔަމަންނުވާނަން
ބިދޭެސީން ފ
26 June 2024
ބިދޭސީން ކުރާ ވިޔަފާރިތައްވެސް ހުއްޓުވާބަލަ. ފިހާރަ ކައުންޓަރު ތަކަށް ބިދޭސީން ލައިގެން އެމީހުން ދިވެހިންއަތުން އޮޅުވާލައިގެން ލާރި އިތުރަށް ނަގާ. ކޭޝް ދެންޏާ ބުނާނެ އަސްލު އަގުގެ ޑަބަލް އަގު. މަ ހމ2 ގަ ވިނަރެސްގަ ހުރި ފިހާރައަކުން 2 މަސްދަޅާ ގެރިކުރު ދަޅަކާ ތިންކިލޯ ހަނޑޫ ނެގީމަ ކޭޝިއަރަކަށް އިން ބަންގްލަދޭސް ސޮރު ބުނީ 175/- އަރަޔޯ. ދެވަނަ ފަހަރަށް އެހީމަވެސް ބުނީއެހެން. މަބުނިން ކަލޭ ބޮޑު މީހާ ކައިރީ ބުނަނީއޭ ބުނީމަ 80/- އަށް އަގު ކުޑަވެއްޖެ!
ގަދަބަދަވިހިޔާނާތަހުޒީބު
26 June 2024
ހުޅުމާލޭގެ ފޭސް 2 ގެ ހިޔާ ފްލެޓްގަ އުޅޭ މީހުންނަކީ ވަރަށް ގޮތްކުޑަ ނާތަހުޒީބު ބައެއް! އޭގެތެރެއިން ބައެއް މީހުންނަށް ހީވާކަހަލަ ގާނޫނާ ގަވާއިދަކީ އެމީހުންނަށް އޮންނަ އެއްޗެއް ނޫންހެން! ގަދަބާރު ދައްކާ އެންމެނަށް ގާނޫނީ ފިޔަވަޅު އަޅައިގެންވިޔަސް ނޫނީ ގާނޫނަށް ބޯނުލަނބަންޏާ އެމީހުންގެ ނަމާއި ވަނަވަރާއި ފޮޓޯ އާއްމުކޮށްގެންވެސް ތިކަން ހުއްޓުވާ!
އަލީ
26 June 2024
ހުރިހާކަމެއް ބޮއްސުންލާފަ ..... ވަރަށްދެެރަ...
އެމްސް
25 June 2024
ލޯކަލް މާރުކޭޓާއި ޢާއްމު ވިޔަފާރިތައް ތެރެއަށް ބިދޭސީން ވަދެގެން އުޅޭ މައްސަލައަށްވުރެ ބޮޑު މިވީ ދިވެހިން ކާންބޯން ކުރާ މަސައްކަތްބާއެވެ؟
ކަކުނިސިކުނޑި2024
25 June 2024
ސްރީލަންކާ އިންޑިޔާފަދަ ގައުމުތަކުގައިވެސް، ޕޭވްމަންޓްމަތީ އަދި ލަންކާގެ ނުގޭގޮޑާ މާރކެޓް އަދި ޕެޓާ ސަރަހައްދުގައިވެސް، "އުނގު ވިޔަފާރި" ކުރާ ބައިވަރު މީހުން ތިބޭ.ފުލުހުން މިމީހުން ފަހާ ދުވާ ތަނެއް ނުފެނޭ..އެހެންވީމަ "ދިވެހިން" މިކަން ކުރަން ހުއްދައެއްދީފަ، ދައުލަތަށް ކުޑަ ފީއެއް ނެގީމަ ނިމުނީ ނޫންތަ؟ ރައްޔިތަކު ހަމަ ނޭވޭ ލިޔަ ނުދޭ..މުއްސަދިން އެކަނިތަ ވިޔަފާރި ކުރަންވީ.ރިސޯރޓް ކުލި ނުދައްކާ ތިބެންވީ.ސާރވިސް ޗާރޖް 6 މަސް ފަހުން ދޭންވީ..ދެރަކަމެއް
މައިޅީ
25 June 2024
ކުރޮޅިވެސް ދުއްވުމުގެ ހުއްދަވެސް
ކަކުނިބެ
26 June 2024
ޑިސްލައިކް ދިނަސް ކަން އޮތްގޮތްމީ..
ރަދީފު ބިން ރަފައިދާ
25 June 2024
ހަޓުތައް ނެގީމާ ލޮޓުތަކުގާ. ލޮޓުތައް ނެގީމާ ބޮޓުތަކުގާ. ދިވެހިން ގޮތެއް ހުހެއްނުވާނެ. ގޮތްހުސްވާނީ ސަރުކާރުގެ މުއައްސަސާތައް.
އިހްސާސް
25 June 2024
ހިޔާ 16 ގެ ބޭރުން އޮންނަ ބޮޑު ހުސް ބިމުގައި ނަރުދާ ޖަހާ ބަންދުވެސް ކޮށްފަ އޮތް ތަނަށް ބިދޭސީން ކުރިކެޓު ކުޅެން އެވަންނަނީ އެޗު.ޑީސީ އިން ހުއްދަ ދެއްވައިގެންތޯ؟ އެތާ ވަށައިގެން ކޯރުވެސް ކަނޑާފަހުރި އިރުވެސް ބިދޭސީން ހުކުރު ދުވަހު ހޭވައްޓާލާފަ ބޮޑެތި ކުރިކެޓު މުބާރާތްތައް ބާއްވާ. ހަމަ ހުއްދަ. ހިޔާ 16 ކައިރި އިން އެޗް.ޑީސީގެ ހަޓް ކުއްޔަށް ދިން އުސޫލާ ހިލާފަށް ރޭގަނޑު ކޮފީ، ސައި، ދުފުން، ސިގިރޭޓު އެވިއްކަނީ ކޮން ހުއްދައެއްގެ ދަށުންތޯ؟ ނުހުއްޓުވޭ.
ކޮރަލް
25 June 2024
ހަބަރު އޮތީ މާސާފު ވާގޮތަކަށް ނޫނެވެ. ސަރަހައްދުގެ ލޮޓްތަކުގައި ވިޔަފާރި ކުރަމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ. ލޮޓް އަކީ ކޮބާ ތޯ އެވެ؟
ސަނދުބަރަކަ
25 June 2024
ހުޅުމާލެ ފ1 ގެ ބީޗްގަ ހަޓްތަކެއް ޖަހައިގެން ބިން އިތުރުކުރަމުން 3 ބުރިއަށް ރާނައިގެން މުޅި ބީޗް އެއްކޮށް ބަހައިގެން ކުލި ނުދައްކާ 500ރފ 30މިނެޓަށް ޖެޓްސްކީ އާއި ކުޑަފިހާރަ ކެފޭ އޭރިއާ ކުލި ފްރީކޮށް ތިބެވޭ.