ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ މީހުން މިއަދު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދު ކުރަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ޖޫން 2024 - 21:51
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ އެންމެން ވެސް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
އެ ކޯޕަރޭޝަން އިން މިހެން ބުނީ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު މެނިންގޯކޮކަލް ބަލީގައި މިއަދު ނިޔާވުމާ ގުޅިގެންނެވެ.
ނަމަވެސް ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ގެންދިޔަ މީހުންގެ ގުރޫޕުގަ އެވެ.
ރާއްޖެއިން އަލަށް މެނިންގޯކޮކަލް ފެނުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ އަޅަމުންނެވެ.
ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހަވާލުވި ހުރިހާ ހައްޖުވެރިން މެނިންގޯކޮކަލް ބަލިން ދިފާއުވުމަށް ޖަހާ މެނިންޖައިޓިސް ވެކްސިން އާއި ޕޯލިއޯ އާއި އިންފްލުއެންޒާ ވެކްސިން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
"..ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން." އެ ކޯޕަރޭޝަނުން ބުންޏެވެ.
މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަނދުރާ ވާންވުން
- މޭނުބައިކޮށް ހޮޑުލެވުން
- ވާނުވާ ނޭނގޭ ގޮތްވުން
- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
- ފިޓުޖެހުން
- އަލި ގަދަވުމުން އުނދަގޫވުން
- ވަރުދެރަވުން
- ނޭވާ އަވަސްވުން
މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ، ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. އެހެންވެ، ހައްޖު އަދި އުމްރާއަށް ފުރާ މީހުން ވެސް މަދުވެގެން ދެ ހަފްތާ ކުރިން އެ ވެކްސިން ޖެހުން ރައްކާތެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަަޅާ އެރީ
26 June 2024
ހައްޖު ކޯޓާގެ އޮޅުވާލުން މިފެންނަނީ،
ޓިކެޓު
26 June 2024
ރަސްގެފާނު އަތުގަވެސް ޓިކެޓުކޮޅެއް އެބައޮވޭތާ ދޯ.
ދުމަށި
26 June 2024
ސައޫދީ ރަސްގެފާނުގެ ހަރަދުގައި ދިޔަ މީހުންވެސް އުޅުނީ ދިވެހި ހައްޖުވެރިންނާއެއްކޮށެއް ނޫންތޯއެވެ. މިނާއާއި އަރާފާތުގެ އެއް ޓެންޓްތަކެއް ހިއްސާ ނުކުރޭބާ؟ ސައޫދީ ރަސްގެފާނުގެ ހަރަދުގައި ދިޔަ ހުރިހާ ހައްޖުވެރިން އަވަހަށް ކަރަންޓީނު ކުރަންޖެހެއެވެ.
އަބްދުލްއަޒީޒު
26 June 2024
ރަސްގެފާނުގެ ހަރަދުގައި ދިޔަ މީހުންނަށް ވެކްސިން ދިންތޯ ޔަގީން ކުރަނީ ކޮން އިދާރާއަކުން؟ އެ މީހުންވެސް ހައްޖުކޮށްފައި އަންނަނީ ރާއްޖެއަށް. ގައިން ގަޔަށް އަރާ ބައްޔެއް ހިފައިގެން އަތުވެއްޖެއްޔާ އެއީ ހަމަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް! އަދި އެޗް.ޕީ.އޭ އިން ބުނެފައި އޮތީ ވެކްސިން އިން ދިފާއު އުފައްދަން 2 ހަފްތާ ނަގާ ވާހަކަ. އެހެންވީމަ ކޮންމެވެސް އިދާރާއަކުން "ސައުދީ ރަސްގެފާނު"ގެ ހައްޖުވެރިން 2ހަފްތާ އޮތްވާ ވެކްސިން ޖެހިތޯ ހާމަކޮށްދެއްވާ؟
އހ...
26 June 2024
ކޮވިޑުވެކްސިނުގެ ސަބަބުން އެކްޓިވު ވައިރަސް ވެކްސިންތައް ޖެހުމުން އެ ވެކްސިނުގަ އިންނަވައިރަސް އެކްޓިއުވެ އެ ބައްޔަށް ހުށައެޅޭކަމަށް ތަޖުރިބާ ކާރުން ބުނަން ފަށާފި ތަނީޖާއަކީ މިނިންޖައިޓަސް ވެކްސިން ނޫނަސް އެހެން އެކްޓިވް ލައިވް ވައިރަސް އިން ވެކްސިންތަކުގައި ހުންނަށް ވައިރަސް ހަށިގަނޑަށް ވެތުރެން މަގުފަހިވެ.
ކިޔާމީހާ
26 June 2024
މި ހަބަރު ކިޔައިފިން މިއަކުން އަސްލު ނޭގެ ވާނޔވާއެއް
އެހެންތޭ
26 June 2024
ތިޔަބުނާ ގޮތުން އެބަހީވޭ ވެކްސިން ފުރިހަމަ ނުކުރާ ހައްޖުވެރިން ތަކެއްވެސް އުޅެދާނެހެން؟
އަސްލަށް
26 June 2024
ތިޔަކަން އެބައެގެއެއްނު. ވަގުވެކްސިން ކާޑު ހެއްދިބަޔަކަށް ފިޔަވަޅު އެޅޭނެބާ؟
ފެންފަހިފަހި
25 June 2024
އެހެންވީމަ ރަސްގެފާނުގެ ހަރަދުގަ ދިޔަ މީހުން ވެކްސިން ނުޖަހާތަ؟ ރަސްގެފާނު ހަރަދުގަވިޔަސް ޕޫޓިންގެ ހަރަދުގަ ވިޔަސް ހައްޖަށް ދާ މީހުން ވެކްސިން ޖަހައިގެން ދޭތޯ ބެލުމަކީ އެޗްޕީއޭގެ ޒިންމާގަ ހިމެނޭ ކަމެއް ނޫންތަ؟ ނުރައްކާތެރި ބަލިތައް ރާއްޖެ އެތެރެ ވޭތޯ ބަލަނީ ކޮންތާކުންތަ؟
ހަސަނޭެ
25 June 2024
“ ހަވާލުވި ހުރިހާ ހައްޖުވެރިން” މީގެ މުރާދަކީ ކޮބާ؟؟ ކޯޕަރޭޝަނުން ނޫން ބަޔަކަށް ހައްޖު ކޯޓާއެއް ނުލިބޭ. އަނެއްކޯ ކޯޕަރޭޝަނާ ނުބެހޭ ބަޔަކު ހައްޖަށް ދިޔައީބާ؟
ރޯނުހަސަނު
25 June 2024
ކޮމެންޓް ކުރާތި ލިޔެފައި އޮތް އެއްޗެއް ނުކިޔާ. ސަޢުދީ ރަސްގެފާނު ޚަރަދުގައި ޙައްޖަށް ދިޔަ މީހުންނަކީ ކޯޕަރޭޝަނާއި ގުޅުންހުރި ބައެއް ނޫން. އެމީހުން އައިސް މީގެ 3 ދުވަސް ކުރިން. އެމީހުންގެ ހުރިހާ ކަމެއް ބެލެހެއްޓީ ސަޢުދީ ސަރުކާރުން.
ދުންފުޅި
26 June 2024
ރޯނުހަސަނަށް ވަރަށް ވެދުން. ސަޢުދީ ރަސްގެފާނު ވިޔަސް އަމިއްލަ ޚަރަދުގައި ވިޔަސް ދައުލަތުން ފޮނުވިޔަސް ހައްޖު ކޯޕަރޭޝަނަށް ކޯޓާ ލިބިފައިވަނީ އަދި ކޯޕަރޭޝަނާއި ގުޅުން ހުއްޓަސް ނެތަސް ހައްޖަށް ދާން ކުރަން ޖެހޭ ކަންކަން ކުރަންޖެހޭނެ. އޮޅުވާލުމާއި މަކަރު ކޮންމެ ކަމެއްގައި.