ޝަމްނާޒް: ސިހުރުގެ މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި.
26 ޖޫން 2024 - 12:53
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށް، ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ޝަމްނާޒް އާއި އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ތިން މީހުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމުގެ ހުއްދަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، ފުލުހުންގެ އޮފިސަރަކު "މިހާރު" ޔަގީންކޮށް ދެއްވި ގޮތުގައި ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސިހުރު ހެދި ކަމުގެ މައްސަލައެކެވެ.
ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
މީގެ ކުރިން ޝަމްނާޒް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރަކަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. ޝަމްނާޒް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މުލީއާގެއަށެވެ.
ޝަމްނާޒް ފަހުން ވަނީ ރިޔާސީ ގަނޑުވަރު މުލީއާގެ އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓްގެ މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމު
28 June 2024
ލިޔެފަ އޮން ގޮތަަކަށްނޫން އޯޑިއޯގައި ކިޔަނީ.
ސަޅި
27 June 2024
މުލީއާގެ އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީއިން ގޮސް އެންމެފަހުން ޖަަލަށްދޯ މިބަދަލުވީ
ގަމާރުންނަށް
27 June 2024
ސިހުރު ހަދަނީކީ މި ކޮމެންޓް ޑިލީޓް ކުރާކަށް ނޫން. މަސް މާރުކޭޓުގަ ހުރި މަސްތައް ދިރުވާކަށްވެސް ނޫން. ގަމާރުވިޔަސް ތީ ބޮޑުވަރު. ތިޔަބައިމީހުންގެ އަގީދާގެ ބަލިކަށިކަމާއެ. މާތް ﷲ ބާވާލެއްވި ފޮތްތަކަށް އީމާން ނުވާ ބަޔަކު ކުރަންޖެހޭ ނަމާދެއ, ހިފަންޖެހޭ ރޯދައެއް ޖުމްލަކޮށް ބުނާނަމަ ކުރަންޖެހޭ އަޅުކަމެއް ނޯންނާނެ. ޖަނަވާރުންގެ ދަރަޖަޔަށް ވެއްޓުނީ ނޫންބާ މި.
އަހުމަދު އަތީގު
27 June 2024
21 ވަނަ ގަރުނުގަ ވިޗް ހަންޓިންގް
ލޯހީ
27 June 2024
އަޅުގަޑު ދައްނަން މިބޭފުޅާ މިޒާޖުވެސް އެނގޭ ބުނާނެ އެއްޗެއް ނެތް، ބައެއްފަހަރު ކަންކަން ހާސިލުކުރަން ބައެއް މީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ދޯ
އިހްސާސް
27 June 2024
ސިޓީ ކައުންސިލުގަ މިވެރިން އުޅުނުއިރު އެތާތެރޭގައި ކަންކަން ހިނގާފައިއޮތީ އަނެއްކާ ކިހިނެއްބާ؟
ނިޔާޒް ތައުފީޤްް
27 June 2024
އަހަންނަކީ އެމްޑީޕީ މީހެއް. އެހެންވިޔަސް ގައުމުގެ ރައީސަކަށް މިފަދަ ކަމެއް ކުރަން އުޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން. އެންމެ ހަރުކަށި އިބާރާތުން މިކަން ކުއްވެރިކުރަން.
ރިޔާޒްް
27 June 2024
ހެޔޮ ނިޔަތުގައި ރަނގަޅަށް ކަންކަން ކޮށްދިނީމާވެސް މިހިރީ މީހުންހަދާގޮތް. މިކަހަލަ ނުބައި މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނުވާނެ.
ދީމާ އަލީ
27 June 2024
ގައުމުގެ ރައީސަކަށް މިފަދަ ކަމެއް ކުރަން އުޅުނުމީހަކަށް ދޭންވާނީ ދެވެން އޮތް އެންމެ ބޮޑު އަދަބު. މިފަދަ މީހުންގެ ސަބަބުން އެތަކެއް އާއިލާއެއްދަނީ ހަލާކުވަމުން.
ޑަމްބަލްޑޯރ
27 June 2024
މަންޖޭ ސިހުރަކީ ފޭކް އެއްޗެއް. މިގަބޫލު ކުރަންޏާ ހެރީ ޕޮޓަރ ވެސް ގަބޫލުކުރަންވާނެ.
މިޝްކާާ
27 June 2024
މިއީ އަންހެނެއްގެ ސިފައިގައި ހުރި ބޮޑު ޝައިތާނެއް. އަންހެނުންގެ ނަމަށްވެސް ހުރި ބޮޑު ހުތުރެއް.