މިފްކޯގެ މަސް ފިހާރަ: އެ ކުންފުންޏަށް ސީއީއޯ އެއް ހޯދަން ވަނީ އިއުލާން ކޮށްފައި
26 ޖޫން 2024 - 18:42
މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) މިއަދު އިއުލާންކޮށްފި އެވެ.
އެހެންވެ މި މަގާމަށް ހޮވާނީ ބޭރު މީހެއް ނުވަތަ ބޭރުގެ ކުންފުނިތަކުގައި އެ ފެންވަރުގެ މަގާމެއް އެކަށީގެންވާ މުއްދަތެއްގައި އަދާކޮށްފައިވާ މީހެކެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.
ޕީސީބީން ކުރި އިއުލާނުގައި ބުނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯގެ ސީއީއޯ / އެމްޑީގެ މަގާމަށް ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތަށް ހުޅުވާލާ ކަމަށެވެ.
މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯ / އެމްޑީ އިން ހޯދަން އާންމުކޮށް ޕީސީބީން އިއުލާނެއް ނުކުރެ އެވެ. އެ މަގާމުތަކަށް އައްޔަންކުރަނީ ސަރުކާރުން އެ ތަނަށް ނަން ފޮނުވާ ބޭފުޅުންނެވެ.
މިފްކޯ އަށް ސީއީއޯއެއް ހޯދަން އިއުލާން ކުރިއިރު އެ ކުންފުނީގެ މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އެބަ އޮތެވެ. އަދި މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދުރު
27 June 2024
ކުންފުނިތަށް ރަގަޅުވާނީ ސިޔާސީ މީހުންގެ ކެމްޕޭން ޓޫލްއަކަށް ހެދުން ހުއްޓާލި ދުވަހަކުންނެވެ. އެކަށީގެން ނުވާވަރަށް މުވައްޒިފުން އިތުރުކުރުމާއި ކަރެޕްޝަން މަދުކުރުމާއި އެކަށީގެންވާ އަގެތްގައި މަސްގަނެ ގެންނެވެ. ރަގަޅު ޚިދުމަތެތް ނުދެވި ކަންކަމެތް ރަގަޅެތް ނުކުރެވޭނެއެވެ. ސިޔާސީ މީހުން ކޮންމެ 5 އަހަރަކުން ތިޖޫރިތަށް ދޮންނަ ކަމަށްވާނަމަ ކުންފުނިތަށް އުވާލާށެވެ
ހުސެއިން ޝާމް
27 June 2024
ވަރަށް ރަގަޅު ކަމެއް .އިންޓަވިއު ޕެނަލްގަ އިންޑިޔާ ،ޗައިނާ، ސްރީލަންކާ ބޭފުޅުން ހިމަނާތި
ދަގަތްފާނު
27 June 2024
ކ.ހުޅުމާލޭ އިންޓަނޭސަނަލް އެއާޕޯޓޭ ބުނީމަ އެބައެނގޭ އެއީ އެކިގައުމުތަކުން ފުލައިޓު އައިސްގޮސް އުޅޭ އެއާޕޯޓެއްކަން. އެކަމަކު އިންޓަނޭސަނަލް ސީއީއޯއެކޭ ބުނީމަ އޭގެ މާނައެއް އަހަރެމެނަކަށް ނޭނގެއޭ. ބޭރުމީހުނަށް މިހާރު ކިޔަނީ އިންޓަނޭސަނަލުންނޭތަ.
ބަރުބާދު
27 June 2024
މިފްކޯއަށް ސީއީއޯ އަކާ ޕީސީއޯއަކާ ބޭރުން ހޯދިޔަސް ބެންގްކޮކްއަށް އެކްސްޕޯޓްކުރާ މަހުން ކޮންމެފަހަރަކު މިލިއަނުން އެވާރިޖެކްޓް ނުހުއްޓުވި ތިޔަކަމެއްނުވާނެ. ހަގީގަތަކީ އެރިޖެކްޓްއެއީ ކިހިނެއްވާކަމެއްކަން ސަރުކާރަށް ރަނގަޅަށް އެނގޭއިރުވެސް ހުއްޓުވަންބޭނުންނުވާ ކަމެއްވީމަ.
ލޮލްް
27 June 2024
މިފްކޯ ލާންވީ އޮޓޯ ޕައިލެޓަށް. ކީއްކުރާ އިންޓަނޭސަނަލް ސީއީއޯއެއް. އަލިމަގެއް ފެންނަންދެން ނިމިދިޔަ ދައުރެކޭ އެއްގޮތަށް މުޅި ގައުމު އޮޓޯ ޕައިލެޓުގައި ހިންގަން ފެންނަނީ.
ނަނަނަ
27 June 2024
50 ޓަނުން 10 ޓަނު ކުނިވީމަ ޓަނަކަށް 5000ރ ކަށިޖަހާމީހާއަށް ދީގެން މަސްކިރުވާފަ ނުކިރާ މަހަށް ބިލް ކޮށްފަ އެކައުންޓަށް ލާރިކޮޅު ޓްރާންފަރ ކުރެވެންޔާ މަތިން ސީއޯ ގެނަޔަސް ތަނަށް ގެނެވޭނެ އިސްލާހެއް ނޯންނާނެ.
އަލިފާންފޮށި
27 June 2024
އިންޓަނޭޝަނަލް މަސްވެރިންވެސް އަދި ހޯދާނެ. ދައުލަތް ބަންގުރޫޓް ވަނީ އަދިވެސް އެތައް ލައްކަ ރުފިޔާއެއް ދީފަ މީހުން ލާ، އޭރުން ރަގަޅަށް ދާނީ
ހަސާންބޭ
27 June 2024
ތިޔަތަނަށް ކޮންމެ މީހަކު ލީކަމުގައި ވިޔަސް ތިތަނުގެ ބޯޑުގައި އިންނަ ވަކިމީހެއްގެ ނުފޫޒު ކުޑަކުރެވިގެން ނޫނީ ތިތަނެއް ރަނގަޅެއް ނުކުރެވޭނެ.
ތިނެސްކަން
27 June 2024
ދިވެހިން ލައިގެން ކޮރަޕްޝަނާ ވައްކަން ނުހުއްޓުވޭނެ. ރައީސް ކަމާ ނައިބު ރައީސްކަމާ ކެބިނެޓު އުވާލާފަ ގައުމުގެ އިގްތިސާދު ހިންގަން ބޭރުގެ ތަޖުރިބާހުރި މޮޅު ސީއީއޯ އެއް ހޯދައިފިއްޔާ މިރާއްޖެ އަށް މާ ރަގަޅުވާނެ.
ވަފާތެރި ކެހިވެރިން
26 June 2024
އަހަރެންނަ ފެންގޮތުގަ ފާއިތުވި ސަރުކާރާ ހިގަމުންމިދާ ސަރުކާރުގެ ކަންހިގާގޮތަށްބަލާފަ ރައީސްއޮފީސް ހިންގަން ބޭރުންމީހަކު ގެނައުންމާރަގަޅުކަމަށްފެންނަނީ..އެއީ ރައީސްއޮފީހުގަ ރަގަޅުވެރިޔެއް ހުންނަނަމަ ކުންފުނިތަކަށް ބޭރުންމީހަކު ނުހޯދާ ދިވެއްސަކު ލައިގެންހިގޭނެ..މިރާއްޖެ މިހާދުވަހު ހިންގިވެރިން އެކަންދައްކަދިން ދިވެހިންނަ ދިވެހި ކުންފުނިތައް ހިންގޭނެކަން ކޮރަޕްޝަނާ ވައްކަން ގިނަވީމަ މިހާރުނުވަނީ އެކަންހުއްޓުވޭވަރުގެ ވެރިއެއް ރައީސްއޮފީހަށް ބޭނުންވޭ.
ހިތަދޫ 2
27 June 2024
ތި ކޮން ފޮންޔެއް ކަނޑާކަށް ދިވެހިން ލައިގެން ވަންޔާ ވެފަ އޮންނާނީ މިވީހާ ދުވަހު ކީއްވެ ނުވީ... ގިނަ ދިވެހިން ހިތުން ތިމާމެން ވަރު ބަޔަކު ނެތް