މިފްކޯގެ މަސް ފިހާރަ. އެ ކުންފުނީގެ ސީއީއޯއެއް ހޯދަން ޕީސީބީއިން މިވަނީ އިއުލާނުކޮށްފައި -- ފޮޓޯ: މިހާރު
26 ޖޫން 2024 - 20:56
މިފްކޯއަށް އާ ސީއީއޯއެއް ހޯދަނީ ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަކަށް ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ޕީސީބީން ބުނެފި އެވެ.
ޕީސީބީން ކުރި އިއުލާނާ އެކު ހިމަނާފައިވާ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ މިފްކޯއަށް ހޯދަނީ ކުންފުނިތަކުގައި އެ ފެންވަރުގެ މަގާމެއް އެކަށީގެންވާ މުއްދަތެއްގައި އަދާކޮށްފައިވާ މީހެއް ކަމަށެވެ.
އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށް 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށެވެ. އަދި އަށް އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުންފުނިތައް ހިންގުމުގައި، މަސް ޕްރޮސެސް ކުރުމާއި މަސް އެކްސްޕޯޓުކުރުން ނުވަތަ މަހުގެ އުފެއްދުންތައް އުފައްދާ ކުންފުންޏެއް ހިންގާފައިވާ މީހަކަށް އިސްކަން ދޭނެ އެވެ.
މިފްކޯއަށް އިންޓަނޭޝަނަލް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފައި މިވަނީ އެކުންފުނީގެ މާލީ ހާލަތު ދަށްވެ، މަސްވެރިންނަށް ބޭނުންވާ ފައިސާ ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކުންފުނިން ބުނީ، ފައިސާ ދިނުމުގައި ލަސްވަނީ ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ދިނުމުގައި ލަސްތައް އުޅޭތީ ކަމަށެވެ. އެކަމާ ގުޅިގެން ދާދި ފަހުން މަސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އާ ސަރުކާރުން މިހާތަނަށް މިފްކޯއަށް 900 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޫކުރާ ފައިސާގެ ގޮތުގައި 270 މިލިއަން ރުފިޔާ މިހާތަނަށް ދީފައިވެ އެވެ.
މިފްކޯ އަކީ ފައިދާވާ ސަރުކާރަށް ބަރޯސާ ނުވެ ހިންގާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީސީބީއިން ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލް އަދި ތަޖުރިބާ ހުރި ފަރާތެއް ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނަނަ
27 June 2024
ކަށިޖަހާމީހާއަށް ޓަނަކަށް 5000 ދީގެން ކުނިމަސް ކިރުވެންޏާ ދެން ތިތާ ނުކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ނުކިރާ މަހަށް ދޯންޏެއްގެ އެކައުންޓަށް ފައިސާ ޓްރާންފަރ ކުރޭ އެބަ.
ރުކްސާންﷲ
27 June 2024
މަސްވެރި ނިކަމެތި މީހާ އަށް ހައްގު ލާރި ނުދީ އެއްވެސް ކަމެއް ނުކުރާ މީހަކަށް 2 ލައްކަ ! ނޫނޭ ވާ ގައުމެއް މި އޮތީ! އަނެއްކާ އެ ދައްކަނީ ބަންގާޅިން އިތުރު ކުރާ ވާހަކަ! މިޙާރުވެސް ދިވެހިންނަށް ވުރެން އެމީހުން ގިނަ! ގނަ ބަންގުން ވިސާ ވެސް ނުދައްކާ ފިލާގެން އުޅެނީ! އެމީހުން ނުކުރާ މަސައްކަތެް ނެތް! ދިވެހިން ބިކަ ވެ ހާލުގަ! މަށަށް މި ގައުމު ސިފަ ވަނީ ވ ކޮރަޕްޓް ބަނަ އުޅެން އދަގޫ ގައުމެއް ގޮތުގަ! އަދި 10 އހަރު ފަހުން އަފްގާނިސްތާނު އަށް ވާނެ ކަން ގައިމު
އެހެންތަ
27 June 2024
ކޮންތާކުން އަނެއްކާ ތިމީހަކަށް އެހާ ބޮޑު މުސާރައެއް ދެނީ؟؟؟؟އެމީހާ އަންނަނީ 4 އަހަރަށް ވާވަރަށް މުސާރަ އާއި ސަބްސިޑީ ހިފައިގެންބާ؟؟؟؟؟
ކަރަދުއިބްރާހީމް
27 June 2024
ބިދޭސީއަކު ބޮޑު މުސާރދީފައި ގެނައިމާ އޭނާގެ ފަރާތުން ލައްކަ ގިނަ ރަނގަޅު ކަންތައްތައް ފެންނާނެކަން ޔަޤީނެވެ ސުވާލަކީ ނާޖާއިޒް ފައިދާ ނެގޭ ގޮތަށް މިފްކޯގައި ހުރިފުރުސަތުތައް ބަންދުކޮށް ސިޔާސީގޮތުން ކުންފުންޏަށް ނޫފުލޭވަރަށް މުވައްޒަފުން ގިނަކުރުމާއި އިންތިޚާބީ ދުވަސްވަރާ ދިމާކޮށް ކުންފުނީގެވިކުރާއާ އަރަނި ދަރަންޏަށް ބެލުމެއްނެތި މަސްކިލޯއެއްގެ އަގު ސިޔާސީމަގުސަދެއް ހާސިލްކުރުމަށްޓަކާ ބަދަލުގެންނަމުން މިއައި ޒަމާންވީ ސަޤާފަތަށް ބަދަލުގެންނާނެބާއޭ ؟
އަލިއެގެ ހުސެއިނާ
27 June 2024
މިއުޅެނީ ކުރަންވީ ކަން އެނގޭ މީހުން ރާއްޖޭގައި ނެތިގެނެއް ނޫން. ކުރަން ވީ ކަންތަށް ނުކުރެވިގެން. އެންމެންނަށް ވެސް އެނގޭ ކުރަން ވީ ކަންތައް.. ތި ސީއީއޯ އަޔަސް ހަމަ ސިޔާސީ މީހުން ބޭނުން މީހުންނަށް ވަޒީފާ ދޭން ޖެހޭނެ. ނުއަގުގައި މަސް ގަންނަން ޖެހޭނެ. އަދި ތައިލޭންޑް އަށް މަސް ބޭރުކުރާ އިރު އެނަގާ ކަޓް ނަގާނެ މަސް ހަލާކުވެގެން އުކާލީއޭ ކިޔާފަ... ދެން ތި ބޮޑު މުސާރަ ދީފަ ދަރާފައި އޮށް ކުންފުންޏަކަށް ފަރަންޖީއަކު ގެންނަނީ ކީއްކުރަން...
އެޑްމުންޑޯ
27 June 2024
ގައުމުގެ ރައީސަށް ދޭމުސާރައަށްވުރެ ބޮޑު މުސާރައެއް ދީފައި ދަރާވިކިފައިވާ ކުންފުންޏަކަށް މީހަކު މިހޯދަނީ ކީއްވެބާ
އަހަންމާ.
28 June 2024
ފެނަކަ ސައީދު ތިތަނުގެ ސީ.އީ.އޯ އަކަށް އެންމެ ރަގަޅުވާނީ.....
ހާލާ އިބްރާހީމް
27 June 2024
ހެޔޮނުވާނެއެވެ. ސަރުކާރުގަ 20، 25 އަހަރު އުޅެ މުޅި ޢުމުރުގެ ޒުވާންދައުރު އެކަމުގައި ދުއްވާލި އެޑްމިން އޮފިސަރަށް ލިބެނީ އެންމެ 7000ރ އެވެ. އޭގެން ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ނުފުދި ދަރަނިވެރިވެފައިވާ ކިތަންމެ މުވައްޒަފެއް ސަރުކާރުގައި އުޅެއެެވެ. މިކަމުގައި އަނގައިން ބުނެލާނެ ބޮޑުމީހެއް ނެތެވެ. ކޮންމެ މީހަކުވެސް ބަލަނީ ތިމާއަށް ބޮޑު މުސާރަ ލިބޭތޯއެވެ. ދަށުގެ މުވައްޒަފުންގެ އިޙްސާސްތައް ތަންނަ ވެރިއަކު ހަމަނެތެވެ.
raajje
27 June 2024
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު އެއްވެސް ތައުލީމީފެންވަރެއް ހުންނަންނުޖެހެނީ ޝަރުތުނުކުރަނީކީއްވެބާ؟
™
27 June 2024
ބްރަދަރ އާސްކެޑް ވެރީ ގުޑް ކުއެޝަން. ™
މައްސެރިން
27 June 2024
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްތާ މިފްކޯ ސީއީއޯއަށް ނުކަތާ ވަރުގެ މުސާރައެއް ދިނުމަކީ.
ސީއީއޯ
27 June 2024
ކޮބާތަ ނުކަތާ ވަރުގެ މުސާރައަކީ؟ އޭގަ ޖަހާފައެއިން ކްއޮލިފިކޭޝަން އައް ބަލާއިރު އަދިވެސް މުސާރަކުޑައީ މާސްޓަރސް ޑިގްރީ އަކާ އައްއަހަރުގެ ތަޖްރިބާ ހޯދަން ހާދަމަސައްކަތެއް ކުރަންޖެހެއޭ ނުކަތާވަރަކީ ކުންފުންޔައް 8 ރުފިޔާ ގެއްލުމަށް މަސްގަތުން ކީއްވެ އެވާހަކަ އެކަކުވެސް ނުދައްކަނީ؟
ސަސި.
27 June 2024
އިންތިހާއަށް ދަރަނި އޮތް އިރުވެސް މަހު މުސާރައަށް މިލިއަނެއްވަރު ދޭންވާނެ