އިންފްލުއެންޒާ ހާލިދް އަލް އަމޭރީ
29 ޖޫން 2024 - 06:08
މެދުއިރުމަތީގެ މަޝްހޫރު ޔޫޓިއުބާ އަދި ޓިކްޓޮކް އިންފްލުއެންސާ ހާލިދު އަލް އަމޭރީ އޭނާގެ އަންހެނުން ސަލާމާ އާއި ވަކިވެ، އެހެން މީހަކާ އިންނަން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.
ހާލިދު، 40، މިދިޔަ އަންގާރަ ދުވަހު އިންސްޓަގްރާމް ކުރި ކަޅާއި ހުދުކުލައިގެ ފޮޓޯއިން ފެންނަނީ ދެމީހުންގެ އިނގިލީގައި އަޅާފައިވާ އެންގޭޖުމަންޓް އަންގޮޓިތަކެވެ. އަދި އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި "އަލްހަމްދުލިﷲ" ލިޔެފައިވެ އެވެ.
ހާލިދާއި ސަލާމާ، 37، އަކީ މެދުއިރުމަތީގެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯބި ހޯދި ޖޯޑެކެވެ.
ހާލިދާއި ސަލާމާ އަކީ ސޯޝަލް މީޑިއާގައި ގިނަ ކޮންޓެންޓުތަކެއް ޕޯސްޓު ކުރަމުން އައި ދެމަފިރިންނެވެ. އެ ދެމަފިރިންގެ އަމިއްލަ ވީލޮގާއި ޔޫޓިއުބް އެކި ވީޑިއޯތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.
އާއިލާ އަށް އަމާޒުކޮށްގެން ގެނެސްދޭ ކޮންޓެންޓުގެ އިތުރުން ހާލިދު މަޝްހޫރުވެފައި ވަނީ އޭނާގެ ކޮމެޑީ ވީޑިއޯތަކާއި ޓްރެވަލް ވީލޮގްތަކުންނެވެ. އޭނާގެ ވާހަކަ ކިޔައިދިނުމުގެ ސްޓައިލާއި ޝައުގުވެރި ޝަހުސިއްޔަތުގެ ސަބަބުން އޭނާ އަށް ވަނީ އެތައް ގައުމުތަކަކަށް ދަތުރުކޮށް، އެކި ސަގާފަތްތަކާއި ތަޖުރިބާތައް އާންމުންނަށް ދައްކާލަން ފުރުސަތު ލިބިފަ އެވެ.
ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އެ ދެމަފިރިން ވަރިވިކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހުންގެ ވަރިއާ ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ވެސް ދިޔަ އެވެ.
ހާލިދުގެ އެންމެ ފަހުގެ ޓްރެވަލް ވީލޮގުގައި ދައްކަނީ އޭނާ އިންޑިއާ އަށް ކުރި ދަތުރުގައި އެ ގައުމުގެ ސަގާފަތާއި ކެއުންތަކުގެ ވާހަކަ އެވެ.
ސަލާމާ އަންނަނީ ސްޓައިލްކުރުމާއި ރީތި ކަމަށް ސަމާލުކަންދީގެން ދުވަހުން ދުވަހަށް އޭނާގެ ދިރިއުޅުމުގައި ކުރާ ކަންކަން ހިއްސާކުރަމުންނެވެ. އަދި އޭނާ އަކީ މިހާރު ސްކިންކެއާ ބްރޭންޑް "ޕީސްފުލް"ގެ ފައުންޑަ އަދި ސީއީއޯ އެވެ.
ހާލިދު އާ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ޕޯސްޓުކުރުމާ އެކު ސަލާމާ ވަނީ އެ ވީޑިއޯ އަށް ރައްދު ދިނުމުގެ ޒާތަކަށް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކުރީ
30 June 2024
މިކަހަލަ ބޭކާރު މީހުން އުޅޭގޮތް ބަލާހިއްވާ ހާދަ ބަޔަކު އުޅެއޭ ދޯ؟
ކަޕް ނޫޑުލިސް
29 June 2024
މަ އޭރުވެސް އަނބިގޮއްޔެ ގާތު މި ކިޔަނީ އެ ދެވެރީންގެ ވީޑިއޯ އެވަރަށް ނުބަލާށޭ... އެވަރުންވެސް އިންނާނެ މާ މަޖާ ބަޔެއްކަމަށް ވެފަ ބަލަން... ކޮންތާކު މިޖެހުނީ.
ބސވަވ
29 June 2024
ހާލިދު މިއަދު މީހަކަށއ ވެއްޖެ. ސަލާމާގެ ޑުރާމާތަކުގެ އެހީގައި މިއަދު އެތައްމިލިޔަން ފޮލޮވާސް އެބަތިބި. ދެން އުދުހެންވީ.
ރަދީފްއޮފިޝަލް
29 June 2024
ދެން އަފިންނަކާއި ކޮންކަމަށް. އަފިންނަށް ތެކަމުން އެއްވިޔަސް ފާއިދާއް ތެބޯތީ!!؟/
ޖަލީލީ
29 June 2024
މީ ވަރެއް ނެތިގެން ނަމޫނާ ކަޕްލުސް އަށް ވެގެން އުޅޭ މީހުންގެ ހާލަތު
ފޮނިޓަައްޕު ހަސަނު
29 June 2024
މަވެއްޖެ ސަލްމާ އަތުއަޅުވާ ލެވޭތޯ ބަލަން.
ހާލިދުބޭ
30 June 2024
އަހަރެންނަށް ވެސް ވީވަރެއް ކޮށްދޭނަ
ކުޅިޓައްޕު ހުސޭނު
01 July 2024
ރަނގަޅު އަނެންހެން އެކަނިވެރި މަޔަކަށް އެހީތެތިވުމަކީ ވަރަށް ސަވާބުލިބޭނެ ކަމެއް.