ހެލްތް މިނިސްޓްރީ
27 ޖޫން 2024 - 10:55
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުނު ނަމަވެސް އެ ބައްޔަށް އާންމުން ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ ބަލީގައި އެ ބަލީގައި ހާލު ސީރިއަސްވެ، އޭނާ ވަނީ ނިޔާވެފަ އެވެ.
ބަލި ފެނުމާ އެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދީފަ އެވެ. އަދި އެ މީހުން ބަލިން ރައްކާތެރިވުމަށް ޕްރޮފައިލެކްޓިވް ބޭސް ވެސް ވަނީ ދޭން ފަށައިފަ އެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް. މި ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހޭ. ވެކްސިން ޖަހައިގެން މި ބަލިން ރައްކާތެރިވެވޭނެ
— Mihaaru (@Mihaarunews) June 26, 2024
ތަފްސީލް: https://t.co/XJwsgdUyrK pic.twitter.com/KJNFoup69D
ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން މި ބަލި އާންމުކޮށް ފެތުރެމުން އަންނަ ކަން ފާހަގަވެފައިނުވާ ކަމަށާއި އެހެންކަމުން އެ ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ވެކްސިން ޖަހަން ލަފާ ދެނީ އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށެވެ. އަދި، އެހެނިހެން ސިއްހީ ހާލަތްތައް މެދުވެރިވެފައިވާ މީހުން ބަލި ޖެހުމަށް ކަމަށް ހެލްތުން ނެރުނު ބަޔާނުގައި ލަފާ ދީފައިވެ އެވެ.
އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.
އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
27 June 2024
ރައްކާވެ ތިބިއްޔާ ދަތުރޭ ހަރު މީހުން ބުނެއުޅޭ އިންވޭސިވް މެނިންގޯކޮކަލް ވެކްސިން ޖަހާނީ ސަލާމަތް ނުވާވަރުވީ މައެއްނޫން ކޮވިޑު ފެތުރެން ފެށީމަ ބުނީ އެމީހާ މިހާރުހުރީ ރިސޯޓެއްގައި އެކަމު މާލޭން ކުއްލިއަކަށް މަރުތައް ގިނަވާން ފެށިއެވެ މިފަހަރު އެހެންނުވިއްޔާ ރަނގަޅު ﷲ ހަމްދުކުރަން
މާތީނު
27 June 2024
ކަލޭމެނަށް 20 ސައްކަށް މީހުން މަރުވީމަ ނޫނީ ބައެއް އުޅޭ ކަމަށް ނުވޭ. ބޭރު ކިޔަވާގެން އިސް އެޤައުމުތަކުގައި ކަންކަން މިނަން ބޭނުން ކުރާ މިންގަނޑު ރާއްޖެއަށް އެޕްލައި ކުރީމަ ކަމަކުނުދާނެ. މާލެ މީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ތޮށްޖެހިފަ އޮތް ރަށް މިތާ ކަންކަން ގޮސްވާކަށް މާގިނަ ވަގުތެއް ނުނަގާނެ އަދި ގޯސްވާއިރު އޮންނަނީ އަތުނުޖެހޭ ހިސާބުގަ. މުސްކުޅިން ބުނާނެ "ރަށްކާވެ ތިބިއްޔާ ދަތުރެއް"