ޚަބަރު / ރާއްޖެ-ފަލަސްތީން

މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި

"ފަލަސްތީން ހިނގުން" ކިޔަން ނިންމާފައިވާ ގޯޅި--

މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް ގޯޅިއަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މިދިޔަ މަސް ތެރޭގައި ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ.

ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް ފަލަސްތީން ހިނގުން ކިޔަން ފާސް ކުރި އެވެ.

މި ހުށަހެޅުން ފާސްވީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.

24 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޗީޑިގޯޅިއެކޭ

27 June 2024

ތިއަށްވުރެ ރަނގަޅުވާނެ ތިކަން ނުކުރިއްޔާވެސް.

The name is already taken The name is available. Register?

ޖެކީޗަން

27 June 2024

ތާއިދު

The name is already taken The name is available. Register?

އަނިލްކަޕޫރު

27 June 2024

އިޒުރޭލަށް ފިޔަވަޅު އަޅަން ނިންމާބަލަ, ހުޅުމާލެ ކޯޓް ހުޅުވާގެންނަމަވެސް,

The name is already taken The name is available. Register?

ދޯދޯ

27 June 2024

ރާއްޖޭގެ ނަން ފަލަސްތީނަށް ބަދަލުކުރަން ފެނޭ

The name is already taken The name is available. Register?

ޤަޟީބް

27 June 2024

މިގޭ ކުރިމަތީ އޮންނަ ގޯޅިއަށް ކިޔަނީ 'ޤަޟީބް' ހިނގުން. ޢަރަބިން ކިޔަނީ. ދިވެހިން އޭގެ މާނައެއް ނޭނގޭ.

The name is already taken The name is available. Register?

ލައްޗޭ2024

27 June 2024

ކުނިގޮނޑަށް އިޒްރޭލް ކިޔަން ފެނޭ

The name is already taken The name is available. Register?

ހޔޅބ

27 June 2024

އެކަމަކުވާ....! އަހަރެމެންގެ ގޭގެ ދޮރާށިން ކޮޓަރި ދޮރާހަމައަށްދާ ގޯޅީގެ ނަން މީގެ ފަހުން ބަދަލުކޮށްފިން ފަލަސްޠީން ގޯޅިއަށް.

The name is already taken The name is available. Register?

އ

27 June 2024

ހާދަ ކުޑަ ކުޑަ ހިގުމަކަށޭ ތިވާނީ... ދެން އޮތް ގޯޅިއައް ކިޔަންވީނުން ޗައިނާ ހިގުން..

The name is already taken The name is available. Register?

އަބްޑޫޅް +

27 June 2024

ދެވަނަ ގޯޅިޔަށް ކިޔަން ވީނުން، "ބޭރަށް ހިނގުން".

The name is already taken The name is available. Register?

އެދުރު1

27 June 2024

ގެއްލިފައި އޮންނަ ގޯޅިގަޑަކަށް ތިނަން ނުދީ ފަލަސްތީން މަގު ކިޔަންވީ ޗާންދަނީމަގަށް އެއީ މާލެ އަރާ ހުރިހާ ޓުއަރިސްޓުން އެންމެ ގިނައިން ބޭނުން ކުރަނީ އެމަގު ބޭނުންކުރާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454