ދަނބިދޫ
29 ޖޫން 2024 - 19:51
ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހަވީރު 04:55 ހާއިރު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ އެރަށަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެނެކެވެ.
ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވާ މިދިޔަ ހަފްތާގައި އައްޑޫއިން ވެސް ފެނިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނބިދޫ މީހާ
29 June 2024
ތިއީ ދަނބިދޫ ފޮޓޯއެއް ނޫން،
ޏަންނާ
29 June 2024
“ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.” އަބަދުވެސް! އިތުރަށް ހަބަރު ކިޔާނެ ކަމެއްވެސް ނެތް.