ސްރީ ލަންކާގައި ކާނާ އާއި ތެޔޮ ފަދަ އަސާސީ ބާވަތްތައް ލިބުން 2022 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާގެ ތެރޭގައި ދަތިވި އިރު ތެޔޮ ގަންނަން މީހުން ކިއޫގައި. -- ފޮޓޯ: އޭއެފްޕީ
30 ޖޫން 2024 - 06:23
އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު އަނެއްކާވެސް ބޮޑުވާން ފެށުމާ އެކު އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް ދެ ގުނަ އުފުލިއްޖެ އެވެ.
ލަންކާ އަށް ލޯނު ދޫކޮށްފައިވާ ގައުމުތަކުން 10 ބިލިއަން ޑޮލަރުގެ ލޯނު އައިއެމްއެފްގެ ޝަރުތުތަކާ އެއްގޮތަށް ރީސްޓްރަކްޗާކޮށްދޭން ނިންމައި އެކަން އިއުލާނުކޮށްފައި ވަނިކޮށް ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކުރި މައުލޫމާތުގައި ވަނީ މެއި މަހު 0.9 ޕަސެންޓުގައި ހުރި އިންފްލޭޝަން ޖޫން މަހު 1.7 ޕަސެންޓަށް އަރާފައިވާ ކަމަށެވެ.
ކާބޯތަކެތީގެ އިންފްލޭޝަން ޖޫން މަހުގެ ކުރިން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށް ފަހު ޖޫން މަހު ވަނީ 1.04 ޕަސެންޓަށް އަރާފައި ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ސްރީ ލަންކާގެ ލޯނުތައް އަދާނުކުރެވި 2022 ވަނަ އަހަރު ޑިފޯލްޓުވެ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓުނު އިރު އެ ގައުމުގެ އިންފްލޭޝަން 70 ޕަސެންޓާ ގާތަށް މައްޗަށް ދިޔަ އެވެ.
ލަންކާގެ މަރުކަޒީ ބޭންކުން ބުނީ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ޖުމްލަ އިންފްލޭޝަން ފަސް ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މިއަހަރު ލަންކާގައި ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާއިރު، އިދިކޮޅު ޕާޓީތަކުން ވަނީ ބުނަމުން ދަނީ ލަންކާއަށް އެހީވުމަށް އައިއެމްއެފުން ކޮށްފައިވާ ޝަރުތުތައް މާ ހަރުކަށި ކަމަށާއި ވެރިކަން ލިބިއްޖެ ނަމަ އަލުން އެ ކަންކަމާ މަޝްވަރާކުރާނެ ކަމަށެވެ. އައިއެމްއެފުން ވެސް ވަނީ އެ އިދާރާގެ ހުށަހެޅުންތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ހުށަހެޅުންތައް އަޑުއަހައި މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިޔަން ޕެޓްރޮއިޓް
30 June 2024
ކުރިޔަށް އޮތީ ރާއްޖެއަށް ތިޔަފަދަދުވަސްތަކެއް. ﷲ އަޅަމެން މިފަދަމުސީބާތްތަކުން މިންޖުކުރައްވާންދޭ.