ޑރ. ޒޭބާ.
03 ޖުލައި 2024 - 15:08
އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް، އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ޒޭބާ އަހުމަދު މިއަދު ހަމަޖައްސައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ، އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ޒޭބާ، މެޑިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ ތިން އަހަރުގެ މުއްދަތަށް ކަމަށެވެ.
އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ. އޭނާގެ ދައުރު ހަމަވުމުން، މެޑިކަލް ޑިރެކްޓަރަކު ހޯދަން ހޮސްޕިޓަލްގެ އެތެރޭގައި އިއުލާންކޮށް، އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބުނީ ޒޭބާއަށެވެ.
މެޑިކަލް ޑިރެކްޓަރުގެ ޒިންމާތަކުގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް ވެސް ކުރިއެރުން ލިބޭނެ ފަދަ އެކުވެރި މާހައުލެއް ގާއިމު ކޮށްދިނުން ހިމެނެ އެވެ.
ނޭޝަނަލް ޕޭ ކޮމިޝަން އިން އާއްމުކޮށްފައިވާ ޖޮބް މެޓްރިކްސްގައިވާ ގޮތުން، މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344ރ. އެވެ. އެކަމަކު، މަގާމުގެ އެލަވަންސަށް ކަނޑައަަޅާފައިވާ 30،782ރ. އާ އެކު މަހަކު 72،125ރ. ލިބިވަޑައިގަންނަވާނެ އެވެ.
މެޑިކަލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޒޭބާ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އާންމުންގެ ތެރެއަށް ކުރިން ބޮޑަށް މަޝްހޫރު ވެފައި ވަނީ ޓީވީއެމްގެ ޕްރެޒެންޓަރެއް އަދި ޚަބަރު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮފެސަރ. ތާކިހާބެ
03 July 2024
ޢައި ޖީ އެމް އެޗް އެމަޖެންސީ އިން 2 ނުވަތަ 3 ފަހަރު ބަލިމީހަކާއި ބެހޭ ގޮތުން ޑރ. ޒޭބާ އާއި ވާހަކަ ދެއްކެވުނު. ޙުލްގް ރަގަޅު ބައްޔާއި ބެހޭ މައުލޫމާތު މުއްސަދި އަދި މިފަދަ މަގާމަކަށް ވަރަށް ތަޖުރިބާ ހުރި ބޭފުޅެއްކަން އެމަޖެންސީ ތެރޭގައި ހޭދަވި ކުޑަ ވަގުތު ކޮޅުތެރޭ ފާހަގަ ކުރެވުނު. މަރުހަބާ ޑރ. ޒޭބާ !
މުރްތަޟާ
03 July 2024
މަރުހަބާ ޑރ. ޒޭބާ، މިއަދަކީ ޒޭބާގެ ބައްޕާފުޅު މަރުހޫމް ޝައިހްއަހްމަދު ހަދާން އާކުރަންވީ ދުވަހެއް.
މިރުޒާ
03 July 2024
ޑރ ޒޭބާ އަކީ މަގާމަށް ވަރަށް ގާބިލް މުވައްޒަފުންގެ މެދުގައި މަގުބޫލު، ހުލްގު ރިވެތި ހިންގާލާނެ ހިންގޭނެ ކަނބަލެއް! އާނދޮގޭ!
މަހުވެއި
03 July 2024
ވަރަށްރީތިކޮށް އަޑުއަހާލާހިތްވާގޮތަށް ޚަބަރުވިދާޅުވި ބޭފުޅެއް. މަރުޙަބާ.
އައިމިނާ
03 July 2024
މަރުޙަބާ!