އެޗްޑީސީން ބުނީ، އެ މުވައްޒަފު ވަކިކުރީ ހާޒިރީ އަށް ފަރުވާކުޑަކުރުމުގެ މައްސަލަތަކާ ހެދި ކަމަށް.
އެޗްޑީސީ އިން ވަކިކުރި މުވައްޒަފު: އެ ކުންފުނިން ބުނަނީ ވަޒީފާ އިން ވަކިކުރީ އޮފީހަށް ނުނުކުންނާތީ ކަމަށް
09 ޖުލައި 2024 - 10:07
އިދިކޮޅު އެމްޑީޕީ އިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ސަބަބުން ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވަޒީފާ އިން ވަކިކޮށްފައިވަނީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާ ފެށުމުގެ ގޮތުން ގުރުއާން ކިޔެވީ އޭނާ އެވެ.
ޝާއިން ވަޒީފާ އިން ވަކިކުރިކަން އަންގައި، އިއްޔެ ފޮނުވި ޗިޓުގައިވާ ގޮތުން އެ ފިޔަވަޅު އެޅީ ޖެހިޖެހިގެން ތިން ދުވަހު ވަޒީފާ އަށް ނުކުމެފައި ނުވާތީ އެވެ.
އެޗްޑީސީން މިއަދު ބުނީ ޝާއިން ވަޒީފާ އިން ވަކިކުރީ ސިޔާސީ ޕާޓީއެއްގެ ހަރަކާތުގައި ބައިވެރިވެގެން ނޫން ކަމަށާއި އެއީ ފަރުވާކުޑަވެ، އޮފީހަށް ނުނުކުންނާތީ އެޅި ފިޔަވަޅެއް ކަމަށެވެ. ވަޒީފާ އަށް ނުނިކުންނަ ނަމަ އިންޒާރު ދިނުމަކާ ނުލައި ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ޓާގެޓެޑް ފިޔަވަޅެއް ނޫން. އެޓެންޑެންސް މައްސަލަ ދިމާވެގެން އެޅި ފިޔަވަޅެއް. ކާޑު ޖަހާފައި ނައުމާއި އޮފީހަށް އެއްވެސް ގޮތަކަށް ނައުން ކަހަލަ މައްސަލަތައް އުޅެގެން ވަޒީވާ އިން ވަކިކުރާނީ،" އޭނާ ވިދާޅުވި އެވެ.
ޝާއިން ނޫން އެހެން މުވައްޒަފުންނާ މެދު ވެސް އަމަލު ކުރަނީ އެ އުސޫލުން ކަމަށާއި ވަޒީފާ އަށް ފަރުވާކުޑަ ކުރާ އެެހެން ބައެއް މުވައްޒަފުން ވެސް ވަރަށް ފަހުން ވަކި ކޮށްފައި ވާނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން ދަނީ މުވައްޒަފުން ވަކި ކުރަމުންނެވެ. އެގޮތުން އާރްޑީސީ އާއި މިފްކޯ އަދި ފެނަކަ އިން ވެސް މި ފަހުން މުވައްޒަފުން ވަކިކޮށްފައި ވެ އެވެ. އެ ކުންފުނިތަކުން ވެސް ބުނެފައިވާ ގޮތުގައި ވަކިކުރަނީ ވަޒީފާ އަށް ފަރުވާކުޑަކުރާ މުވައްޒަފުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަޓޯ
10 July 2024
މިކަހަލަ ކޫސަނި މީހުނަ ވަޒީފާ ލިބޭނެ
ރަދީފްއޮފިޝަލް
09 July 2024
އެއްވެސް މީހަކާއިމެދު ނުހައްގުން އަމަލުކޮށްގެން ނުވާނެ. ވަޒީފާ ގެއްލުން އެއީ މީހަކަށް ލިބޭނެ ބޮޑު ނިކަމެތިކަމެއް. އެހެންވީމަ މިމައްސަލަ އަލުން ބަލައި މި ބޭފުޅާއަށް ރަނގަޅު ގޮތެއް މެދުވެރިވުން އެއީ އަހަރެން އެދޭ ގޮތް.
ރަދީފްއޮފިޝަލް
09 July 2024
ސްޓެލްކޯގެ ގިނަ ސްޓާފުން ވެސް އަބަދު ތިބެނީ ސިނަމާލެ ގޯތިތެރޭގަ ހުރި ތަނެއްގަ އަބަދު ކޮފީ / ދަޅު ބޯން. ކޮންމެ މީހެއްގެ ބޮލުގެ އިސްތަށިގަނޑު ވެސް އެހާ ދިގު.
މަމިހް
09 July 2024
ތިން ފަހަރު އިންޒާރު ދީފަތަ
ދޭހިލޭ
09 July 2024
މިހާރު އެބަ ރަނގަޅުވޭ. ވަޒީފާއަށް ނުނުކުންނަތާ ތިންދުވަސްވީރު ނާންގައި ހުރުމަކީ ހެދި ބޮޑު ގޯހެއް. ވަޒީފާއަށް ނުކުމެވޭކަން އެނގޭއިރު ޕާޓީތަކަށް ގޮސް ޙަރަކާތްތެރިވެ އުޅޭތަން އާންމުކޮށް ފެންނަ ގޮތަށް މީހާގެ އަމަލުތައް ބަހައްޓާފައި ހުރުމަކީ އެމީހާއަކީ ވަޒީފާއަށް ނުނުކުމެވޭފަދަ ހާލަތެއްގައި ހުރި މީހެއް ނޫންކަން އަންގައިދޭ ކަމެއް. އިޚްލާސްތެރިކަމެއް ނަޒާހަތްތެރިކަމެއް ނެތިއްޔާ އިތުރަށް ދޭނޭ އިންޒާރެއް އޮވެގެން ނުވާނެ. ތިޔަ އެޅީ ބަރާބަރު ފިޔަވަޅެއް.
ހުސެންބެއްޔާ
09 July 2024
ސިޔާސީ ނުފޫޒުން ވަޒީފާ ހޯދާފައި، ވަޒީިފާއަށް ހާޟިރު ނުވެ، ސިޔާސީ ޕޯޑިއަމްތަކަށް (ޤުރުއާން ކިޔަވަންކަމުގައި ވިޔަސް) އަރައި، ވަޒީފާއިން ވަކިކުރުމުން މިކަންވެސް މިހަދަނީ ސިޔާސީ ކަމަކަށެވެ. މިއީ މިއަދު އެތަކެއް ދިވެހިންގެ ޙާލެވެ. ގައުމެއް ވާ ނެތެވެ.
މާއިންް
09 July 2024
ބަރާބަރު ކަމެއް. އެއްވަނައިގެ ކަމެއް
ޒުހެއިރު
09 July 2024
ވަރަށް ބޭކާރު ސްޓާފުން ތިބޭ ތަނެއް ތި އާރްޑީސީ ތީ. ހަރާން ކުރާ މަސައްކަތެއް ބޮޑު މުސާރަ ނަގައިން ތިބެ
ލަބާން
09 July 2024
ކެނޑީމަ ކަނޑާލި ވާހަކަ ތި ދައްކަނީ. ކެނޑީމަ ކަނޑާ މީހާ ގޯސްވެސް ވާނީ. ފަރުވާ ކުޑައިއްޔާ ކަނޑާލުން އެންމެ ބުއްދިވެރި ވާނީ. އެއްވެސް މަސައްކަތެއް ނުފެންނަ މީހެއް ކީއްކުރަން ބަހައްޓަނީ
އާހިލްް
09 July 2024
ދެން މި ދުވަސްކޮޅު ނޯންނާނެ ކިތަންމެ ފަރުވާ ކުޑަ ވިޔަސް އެއްވެސް މީހެއް ކަނޑާލެވޭކަށް. ހުރިހާ ކަމެއް ސިޔާސީ ނުކޮށްބަލަ