އެމްޕީއެލް ސަރަހައްދު: ސިއްރުން އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ވަނީ ހުކުމް ކޮށްފައި
09 ޖުލައި 2024 - 22:01
ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އަމިއްލަ މީހަކު ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ޑިކްލެއާކޮށް، އެމްޕީއެލް ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރަކުން ވެހިކަލްތަކެއް ނެރެފައިވާ މައްސަލާގައި ކަސްޓަމްސް އިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.
އެ ދެ ކޮންޓެއިނަރުން ނެރެފައިވަނީ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތަކެކެވެ.
ކަސްޓަމްސް އިން ކޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް މުދަލުގެ ގޮތުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރިކަން ވަނީ އެ މީހާގެ މައްޗަށް ތަހުގީގުގައި ސާބިތުވެފަ އެވެ. އެހެންވެ، ކަސްޓަމްސްއިން ކޯޓުގައި އެދިފައިވަނީ އެ މުދާ ދައުލަތަށް ނަގައިދިނުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު މިއަދު އިއްވެވި ހުކުމްގައިވާ ގޮތުން، އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އޭނާ ބުންޏަސް، އެ މުދާ އެތެރެކޮށްފައިވަނީ އޭނާގެ ޔޫސާ ނޭމާއި ޕާސްވާޑް ބޭނުންކޮށްގެންނެވެ.
އަދި އެ ލޮގިން ބޭނުން ކުރީ އޭނާ ނޫން ކަމަށް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ހުކުމްގައިވާ ގޮތުން އެ މުދަލަކީ ވަގަށް އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވެ އެވެ. އެހެންވެ، 22 ވެހިކަލާއި ސްޕެއާ ޕާޓްސްގެ މައްޗަށް ހިމެނޭ މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ކަނޑައަޅާ ކަމަށް ހުކުމްގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓީބިޓީ
10 July 2024
ކޮބާހޭ ތިޔަ ކޮންޓޭނަރު ޗެކު ކުރަން ދިޔަ ކަސްޓަމުސް އޮފިސަރުންގެ ވާހަކަ
މުޑަހަންޖާ
10 July 2024
ލަކުޑިކޮޅެކޭ ކިޔާފަ މާސިންގާ 22 ވެހިކަލް ނެރިގެން ގެންދެވެންޏާ ގައުމުގެ ކަންކަން ހުރިގޮތާއިމެދު ދެން އިތުރަށް އެއްޗެކޭ ބުނާކަށް އަހަރެމެން ނެތިން.
ޗެސިސްކުޑޭ
10 July 2024
ދެން އެމީހާ ވެސް ދޫނިދޫ ހޮޓަލުން ކޮޓަރިއެއް ދީފަ ދެއިރު މުގުރިހަ ކާން ބާއްވާލަބަލަ 10 ވަރަކަށް އަހަރު
މުހައްމަދު ޝާހް
10 July 2024
މި ސަރުކާރުން މިކަހަލަ ކަންކަން ހުއްޓުވަން މި ކުރާ ކަންކަން ބަލައިގަންނަން. ވެހިކަލް ތަކުގެ ތޮއްޖެހުމުގެ ހައްލު ޑރ.މުއިއްޒު ގެންނަވާނެ ކަމަށް މި ބަލަނީ
އާނ އެހެންވެގެން........
10 July 2024
މުޅި ރާއްޖޭގެ އެންމެން މާލެ ސަރަޙައްދަށް އެ ޖަމާކުރަނީ! އެ އެންމެން ވެސް އުޅޭނީ ފައިމަގުގަ ވިއްޔަ!
މިލާން
10 July 2024
ޓެކްސްއިން ސަރުކާރަށް ލިބެންޖެހޭ ލާރިއެއްވެސް ނުލިބޭ މި މީހުން އެއްޗެސް ގަވައިދާ ހިލާފަށް ވައްދާ ވަރުން.
ލުހާމް އަލީ
10 July 2024
ސާބިތު ވެއްޖެއްނު. ވަގުތުން ވަގުތަށް މުދާތައް ނަގާ. ލަސްކުރާނެ ކަމެއް ނެތް
ހައިޝަމްް
10 July 2024
ވަރަށް ބަރާބަރު. ގަވައިދާ ހިލާފަށް އެތެރެކުރާ ވެހިކަލްތައް މާ ގިނަ ވެއްޖެ މިހާރު
އާހިލްް
10 July 2024
ހަމަ ނަގަން ވީ. ގަވާއިދާ ހިލާފަށް އެތެރެކުރާ އުޅަނދުތައް އަތުލުމަށް ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އެބަ ޖެހޭ
ސިޓީމުއީ
10 July 2024
އަދި ތިޔަ ތަކެތި ހަމަ އެމީހާ އަށް ލިބޭތަން ބަލަންތިބޭ. މިގައުމުގެ ފަޑިޔާރުގެޔަކީ ހަމަ އަޖައިބެއް. ރިހާކުރު ފުޅިއެއް.
13 ވަނަ ކޮމެންޓަރ
10 July 2024
" އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އޭނާ ބުންޏަސް،..." ދެން އޭނައާ ނުބެހޭ އެއްޗެއްވިއްޔާ އެ ހޯދަން ކޯޓަށްދާންޖެހެނީ ކީއްވެ؟ ވެރި ފަރާތެއްނެތް އެއްޗެއްނު؟ ވެރިފަރާތް ހޯދަން ޢާންމުކޮށް އިޢުލާން ކުރުމަށްފަހު ދައުލަތަށް ނެގީމަ ނިމުނީނު؟