ޚަބަރު / ސްޓެލްކޯ

އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭ ފިހާރައެއް ސްޓެލްކޯ އިން ހުޅުވަނީ

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެ ކުންފުނީގެ ޝޯރޫމް ހަދާ ބިމުގައި ހުންނަވައި "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ: އެ ޝޯރޫމް ކުރިއަށް އޮތް ތިން މަސް ތެރޭ ހުޅުވޭނެ ކަމަށް ލަފާކުރޭ ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

ކަރަންޓާ ގުޅޭ ހުރިހާ ސާމާނު ރާއްޖެ އިން ލިބޭނެ ފިހާރައެއް ހުޅުވުމަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

އެ ފިހާރައިގެ ޝޯ ރޫމް ހަދަނީ ސްޓެލްކޯގެ މައި އިމާރާތުގެ ތިރީގައި މިހާރު ހުންނަ ފިހާރާއާ ޖެހިގެން އޮންނަ ހުސް ބިމުގަ އެވެ. ބޮޑުމިނުގައި 8،000 އަކަފޫޓު ހުންނާނެ އެ ޝޯރޫމަށް ވަދެވޭނީ އަމީނީ މަގުންނެވެ. ފޯކްލިފްޓަށް ވަދެވޭ ގޮތަށް ހަދައި އެ ޝޯރޫމްގެ ދޮރުމަތިން އެއްބައި ހަޖައްސާފައި ވަނީ ޕާކެއް ތަރައްގީ ކުރުމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ ތަނުގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ފިހާރަ އިން އިންޖީނުތަކާއި ޓްރާސްފޯމަރާއި ޕެނަލް ބޯޑާއި ކޭބަލް ލިބޭނެ ކަމަށެވެ.

"މި ތަނުން ވިއްކާނީ އެއް މެގަވޯލްޓް، ދެ މެގަވޯލްޓް، ތިން މެގަވޯލްޓް ވަރުގެ އިންޖީނު. ކޭބަލް ވެސް އެއީ ބޮޑެތި ސައިޒުގެ ކޭބަލް ލިބޭ ގޮތަށް ހުންނާނެ. މި ތަނުގެ މަތީގައި ހުންނަނީ ކޮންސަލްޓޭޝަން އިމާރާތަކާއި އޮފީސް އިމާރާތެއް،" އޭނާ ވިދާޅުވި އެވެ.

އެފަދަ ފިހާރައެއް ސްޓެލްކޯ އިން ހުޅުވުމަށް ނިންމީ އެހެން ބަޔަކަށް ބަރޯސާ ނުވެ، ރާއްޖޭގައި ކެޕޭސިޓީ އުފެއްދުމަށް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެ ކުންފުނީގެ ޝޯރޫމް ހަދާ ބިމުގައި ހުންނަވައި "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނީޝާން އަލީ / މިހާރު

"އަޅުގަނޑުމެން މި ވިޔަފާރި ތެރެއަށް މި ވަންނަ ސަބަބަކީ އަޅުގަނޑުމެން އަތަކު މިހާރު ނެތް އަޅުގަނޑުމެން އަމިއްލަ އިންޖީނުގެއެއް އަނދައި ހުލިވިޔަސް ނުވަތަ ފެނަކައިގެ އިންޖީނުގެއެއް އަނދައި ހުލިވިޔަސް ނޫނީ ރިސޯޓެއްގެ ތަނެއް އަނދައި ހުލިވިޔަސް އިންޖީނުގެއެއް ބިލްޑް ކުރާނެ ކެޕޭސިޓީއެއް،" އެމްޑީ ވިދާޅުވި އެވެ.

"މިތަން ހުޅުވައި މިތަނުގައި މިތަނުން އެ ބޭނުންވާ ހުރިހާ ސާމާނެއް ހުރުމުން އިންޖީނުގެއެއް ހަލާކު ވިޔަސް ރައްޔިތުންނަށް ޔަގީންކަން ދެވޭނެ 24 ގަޑިއިރު ތެރޭގައި ހިދުމަތް ދޭން ފެށޭނެކަން. މިއީ ހާޑްވެއާތަކުން ކުރާ ވިޔަފާރިއެއް ނޫން. އާންމު ވިޔަފާރިވެރިން މި ކުރާ ވިޔަފާރިއެއް ނޫން މިއީ. މި ހިދުމަތާ އެކު އަޅުގަނޑުމެންނަށް މުޅި ތަން އަލުން އަޅައިގެން ވެސް ބޭނުންކުރަން ފެށޭނެ ފެންވަރު ހުންނަނާނެ."

ފަހުމީ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެކަން ކުރާނެ ފެންވަރު ރާއްޖޭގައި ނެތް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

"ޓްރާންސްފޯމަރެއް ނެތް މިވަގުތު. ކޭބަލް ހުރީ ލިމިޓެޑް ކޭބަލް. މި އެއްޗެހިތައް ވިއްކުމަށާއި އަމިއްލަ ބޭނުންތަކަށް ހުރެއްޖެ ނަމަ އެ ގެޕް ފިލް ކޮށްލެވޭނެ. މިހާރު ހަމަ ހަގީގަތުގައި ވެސް ބޭނުންވަނީ އާމްދަނީ އިތުރުކުރުން. އެ ތަން ހަދައި އެ ތަނުން ބޮޑު ވިޔަފާރިއެއް ފަށަން ބޭނުން ވަނީ،" އޭނާ ވިދާޅުވި އެވެ.

ޝޯ ރޫމް އެޅުމުގެ ހުރިހާ މަސައްކަތެއްގައި ސްޓެލްކޯގެ ދިވެހި މުވައްޒަފުން

ފަހުމީ ވިދާޅުވީ އެ ތަނުގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ޝޯރޫމް އެޅުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި އުޅެނީ ސްޓެލްކޯގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި އެކަމަށް އެހެން ތަނަކުން އެއްވެސް ބަޔަކު އައުޓްސޯސް ކޮށްގެން ގެނެސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ހާޑްވެއާތަކުން ކުރާ ވިޔަފާރިއެއް ނޫން. އާންމު ވިޔަފާރިވެރިން މި ކުރާ ވިޔަފާރިއެއް ނޫން މިއީ. މި ހިދުމަތާ އެކު އަޅުގަނޑުމެންނަށް މުޅި ތަން އަލުން އަޅައިގެން ވެސް ބޭނުންކުރަން ފެށޭނެ ފެންވަރު ހުންނަނާނެ."--- ފަހުމީ

"މި ހުރިހާ މަސައްކަތެއް މި ކުރަނީ އައުޓްސޯސް ނުކޮށް، ކުންފުނީގެ މުވައްޒަފުން. މިކަމަށް ހަމައެކަނި ދާ ހަރަދަކީ ތަން ހެދުމަށް ގަންނަން ޖެހޭ ސާމާނު ގަތުމަށް ދާ ހަރަދު އެކަނި،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޝޯރޫމް ހަދާ ބިމުގައި އެ ތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ..-- ފޮޓޯ: ނީޝާން އަލީ / މިހާރު

އެމްޑީ ވިދާޅުވި ގޮތުގައި، ބޭރުން ބަޔަކާ ހަހާލުކޮށްގެން އެތަން ހެދުމުގެ މަސައްކަތް ކުރާ ނަމަ އެއް އަހަރު ދުވަސްތެރޭ ނުނިމޭނެ އެވެ. ނަމަވެސް އެ ތަން ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މޭ މަހުގެ ފަހުކޮޅު ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭ އެތަން މިހާރު ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުން ލައްވައި އެ މަސައްކަތް ކުރުވަނީ އެ މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރުވުމަށް ކަމަށެވެ.

"ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެންނެއް ތަފާތެއް ނުކުރާނަން. އެއްވެސް ކުލައެއް އެއްވެސް ފިކުރެއްގެ (މުވައްޒަފުން) ތަފާތު ނުކުރާނެ. މިއީ ސައްތައިން ސައްތަ ދިވެހިން އުޅޭ ކުންފުންޏެއް. އެއްވެސް މީހަކަށް ދެރަގޮތެއް ނުހަދާނެ. އެއްވެސް މުވައްޒަފަކު ކަނޑާލުމުގެ ވިސްނުމެއް ވެސް ނެތް،" އެމްޑީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކަސްޓަމާ ކެއާގެ ހިދުމަތް ވެސް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. ސްޓެލްކޯގެ އިމާރާތުގައި މިހާރު ހުންނަ ފިހާރައާ އެއްކޮށްލައި ކަސްޓަމާ ކެއާއަށް މިހާރު ހާއްސަ ކޮށްފައިވާ ޖާގަ ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހައްމަދޫ

11 July 2024

ތިހެން ހަދައިގެންވެސް ބިލްތަންކޮޅެއް ކުޑަވެއްޖިއްޔާވެސް ރަނގަޅު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

11 July 2024

ސްޓެލްކޯ އެއީ ރާއްޖޭގެ އަސްލު 1 ވަނަ ކުންފުނި. ހިދުމަތެއް ހޯދަން ފޯމެއް މެއިލްކޮށްގެން ވާނުވާގަ ހުންނަން ދުވަހަކުވެސް ނުޖެހޭ.ނަމަވެސް މާލޭގަ ފެނުގެ ހިދްމަތްދޭ ކުންފުންޏަށް ފޯމެއް ލައިފިނަމަ އޭގެ ކޮޅެއް މެދެއް ނުފެެނޭ.ކަނޑެއް ފަޅެއް ނޭނގޭ.ސާވޭކޮށްފަ އޭ4 ގަނޑެއް (ކޯޓޭޝަން) މެއިލްކުރަން 7 ދުވަސް.މިވެސް އަދި އެތައް ފަހަރަކު ގުޅައި އާދޭސްކޮށްގެން ވާވަރު.ނަމަވެސް ސްޓެލްކޯއިން އަބަދު އެފިޝިއެންޓްކޮށް ހިދްމަތްދޭ.ސާބަހޭ ސްޓެލްކޯގެ ހުރިހާ ސްޓާފުން.ވ.ވެދުން

The name is already taken The name is available. Register?

ސައްޙާފް

11 July 2024

ވަރަށް ރަނގަޅު ނިންމުމެއް. ހަނދާން އެބަހުރި އެސްޓީއޯއިން އިލެކްޓްރޯނިކްސް އަށް ވަނުމުގެ ކުރިން ވަޑާންކުރާ އާލާތްތަކުގެ އަގުހުރި މިންވަރު. މިއަދު އެތަކެތި އަގުހެޔޮވީ އެސްޓީއޯއިން މާކެޓަށް ވަދެ ކޮލިޓީތަކެތި އެކަށޭނެ އަގުގައި ފޯރުކޮށް ދިނުމުން އުފެދުނު ވާދެވެރިކަމުން. ނަތީޖާއަކީ މިއަދު ރައްޖޭގެ ހުރިހާރަށެއްގައިހެން ވެލް އިކުއިޕްޑް ކާޕެންޓަރީ އެބަހުރި. ތިކަމުގެ ސަބަބުން ދަނޑުވެރިރަށް ތަކުގައި ވެސް އެކަށޭނެ އިންޖީނު ގާއިމުކުރެވި އެކަންވެސް ފަސޭހަވާނެ.

The name is already taken The name is available. Register?

މުކޭޝް

11 July 2024

ކަރަންޓް ރަނގަޅަށް ދެވޭތޯ ބަލާބަލަ ފުރަތަމަ.

The name is already taken The name is available. Register?

އިބޫގެ ޅިޔަނު

11 July 2024

ރަންގޮޑި ޝަރީފޫ ކޮބާ؟؟ ސްކޫލްކުއްޖާ އިބްރާހިމް ދީދީ ކޮބާ؟ މިދެމީހުން މިތަނަށް ވައްދައިގެން ވީކަމެއް ހަރާމް! ކެމްޕޭނަށް ދިން ލާރިކޮޅުވެސް !

The name is already taken The name is available. Register?

ދޮންބެއްޔާގެހަސަނު

12 July 2024

މީހުންނާ ދިމާކުރިޔަސް ބޮޑުވަރު. ސްކޫލު ޔުނިފޯމުގައި އިބްރާހީމް ދީދީ ބަޑި ގުދަނުގެ ތަޅުދަނޑު ގެންގޮސް ނުދިންނަމަ ވާނެ ގޮތް ވިސްނާލިންތަ. އެތައް ސިފައިންނެއް މަރާ ތަމަޅައިންގެ ވެރިކަމެއް ގާއިމްކޮށް ތަމަޅަ ދިދަ ނެގީސް ކަންނޭގެ. ބޯހާލަކުދެން. ލަދުކިޔާ އެއްޗެއްވެސް ނުދަނޭ މިމީހުންނެއް. ޤައުމުގެ ދިފާއުގައި ކިތަންމެ ޚިދުމަތެއްކޮށް ރިޓަޔަރކުރީމަވެސް ފުރައްސާރަ ޖޯކުޖަހާ ސްކޫލު ކުއްޖާކިޔާފަ. ސިޔާސީވިޔަސް ގިނަ ދިވެހިން ވަރަށް ގޮތްކުޑައީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 July 2024

ތިރީގައި ދެންނެވިގޮތަށް ކަންކުރުމަށްފަހު އިންޖީނުގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖައްސާ އެފަދަ ހުރިހާ ސާމާނެއް ވިއްކާ ފިހާރައެއް ހެދުމަށް ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTCC އާއި ޙަވާލު ކޮށްގެން ތިކަން ކުރުން މާރަނގަޅުވާނެ. # އެމްޓީސީސީ އަކީ މިހާރުވެސް ސްޓެލްކޯއަށް ބޭނުންވާ ޢަޑީތެޔޮ އިތުބާރާއިއެކު ބަރާބަރަށް ސަޕްލައިކޮށްދެމުންގެންދާ ކުންފުންޏެއް. ތިއީ އަދި މާފަސޭހައިން އެމީހުން ކުރާނެ ކަމެއް އިގޭތޯ.

The name is already taken The name is available. Register?

މޮހޮދާ

11 July 2024

ތީ އޮޕްޝަނެއްނޫން،. މިހާރުވެސް އެމީހުން މުޅި ރާއްޖޭގެ ބަނދަރު ހެދުމާއި މަގުހެދުމާއި އާރޓީއެލް އޮތީ. އެއީ ބިޔަ މެގަ އަދި ދާއިމީ މަސައްކަތް. ކަރަންޓް ދޭކުންފުންޏަށް އިނގޭނީ އެންމެ ރަނގަޅު ތަކެތި، އެމީހުންގެ ތަޖުރިބާގެ އަލީގައި، އަދި ރިއަލް ގްރައުންޑްގަތިބެނީ އެމީހުން،

The name is already taken The name is available. Register?

މިހާލު

10 July 2024

ކަރަންފުލާ ފިޔާވެސް ރާއްޖެޔައް ބޭނުންވާ ވަރައް ސްޓްކް ބަހައްޓަންފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454