ހުޅުމާލެ ދެވަނަ ފިޔަވަހި: ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓާއި ކިއޮސްކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން އެޗްޑީސީން މިއަދު ވަނީ ހުޅުވާލާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ޖުލައި 2024 - 19:58
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ނިންމައި، ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިހާރު ހުށަހެޅޭނެ ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މިމަހުގެ 26 ގެ މެންދުރު 2:00 ގެ ކުރިން އީއޯއައި ހުށަހެޅޭނެ އެވެ. އަދި ކިއޮސްކް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލަށެވެ. އެކަމަކު އެޗްޑީސީއަށް ހުށަހަޅައި، އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެއް ފަރާތަށް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލައިފި ނަމަ، އެ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އަދި އީއޯއައިތައް އިވެލުއޭޓްކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލް އާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް ބަލާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިގޭ މީހާ
13 July 2024
ތި ތަންތަން ބޯޑު މެމްބަރުންނާއި އެމީހުންގެ ރައްޓެހިންނަށް ދޭން އޮތީ ކުރީ ބައިގަ ނިންމާފަ!
ނާޑުވާ
13 July 2024
ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ވަނީ އެޗް.ޑީ.ސީ އަށް ހަދާދެވިފައިވާ ހުޅުމާލޭގެ ރަޖީސްޓްރީ ބާތިލްކޮށްފައެވެ. އެހެންކަމުން ހުޅުމާލެއަކީ މިވަގުތު އެޗްޑީސީ ގެ އިޙްތިސޯސް ތެރޭ ހިމެނޭ ތަނެއް ނޫންކަމުން ޤާނޫނާ ޤަވައިދާ ޚިލާފަށް ތިޔަފަދަ އިޢުލާން ކުރުން ވަޤްތުން ވަޤްތަށް ހުއްޓާލުމަށް ގޮވާލަން.
ކެރެދި ބެއްޔާ
13 July 2024
އެތައް މިލިޔަނެއް ހަރަދުކޮށް ބިންގަނެގެން އަތިރިމަތީގައި ގެސްޓް ހައުސް ތަކާއި ރެސްޓޯރަންޓަް ތައް މީހުން ހިންގަމުން ދާއިރު އެއްބަޔަށް ބިން ހިލޭދީ އަނެއްބަޔަކު ރަށުގެ ހޭޅިފަތް ތެރޭ ބަނޑަހަ ޖަހައިގެން އަތުން ލޯލާރިއެއް ހަރަދު ނުކޮށް މާސިންްގާ ބިންތައް ނަގައިގެން ވިޔަފާރިކުރާއިރު އިންސާފާއި ހަމަހަމަ ކަން އަދި ސަރުކާރު ހިންގަން ތިބި ވެރިންގެ ލަދުކޮބާހޭ ވެސް ބައެއްފަހަރު ހިތަށް އަރާ!
ޙެލޯ ވާރލްޑް.
13 July 2024
ޥެރިކަމަށް މިއަންނަނީ ދޮގާއި މަކަރާއި ހީލަތުން ދެން ކިހިނެއް ތިޔަ ލަދު ވީތަނެއް ހޯދާނީ. ބިލީވް މީ ސެންސްމޭކް
ބޮނޑަނަ
13 July 2024
އަދި ފެނާއި، ނަރުދަމާ އަދި ކަރަންޓު ވެސް ހިލޭ އަޅައިދީފަ، ބޮޑެތި ސައި ހޮޓާ ހިންގީމަ، ކުނިތައްވެސް ސަރުކާރުން ހިލޭސާބަހަށް ނަގައިދެނީ، ބޯއިސް ކޮޅުގެ ކޮންޓްރޯލް ނަގަންވެސް މީބޮޑުވަރު. މިވާހަކަނދައްކާން ކެރޭ އަދި ހުއްޓުވޭނެ އިދާރާތަށް ތިބީ މިމީހުން ދަށު. މިއޮތީވާ އިންސާފުފެރި ގައުމެއް.
ރީލޯޑު
14 July 2024
ވަރަށް ރަގަޅު ވަހަކަ އެއް. ޓޫރިޒަމް ކުރިއަރު ވަންއުޅޭ އިރު ގެސްޓު ހައުސްތަކުގެ ކުރިމަތީގަ ވާ ބިން ކުޔަށް ވިޔަސް ދެވެން ވާނީ ގެސްޓު ހައުސްގެ ވެރި ފަރާތަށް .އެހެން ބަޔަކަށް ދެވުމަކި ހަމަ ޖެހެ ކަމެއް ނުން.