ކަމަދޫ ސަގާފީ ކުޅިވަރު ގުރޫޕްގެ ހާއްސަ ސަގާފީ ނެށުމެއް ކުރެެއްދޫގައި ހުށަހަޅަނީ
13 ޖުލައި 2024 - 21:08
ބ. ކަމަދޫގައި ނިމިދިޔަ އީދުގެ ކުޅިވަރުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އެ ރަށު ސަގާފީ ކުޅިވަރު ގުރޫޕަށް ލިބުނު ތަރުހީބު ފާހަގަ ކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ހާއްސަ ޝޯއެއް ބާއްވައިފި އެވެ.
ކަމަދޫގެ ސަގާފީ ކުޅިވަރު ގުރޫޕާއި އެ ރަށު ކައުންސިލްގެ މެންބަރުން އިއްޔެ އުއްޗުގެ ރިސޯޓް ކަމަށްވާ ކުރެއްދޫއަށް އޭނާގެ ދައުވަތަކަށް ގޮސްފައިވެ އެވެ.
ކުރެއްދޫގައި ހުންނަ އުއްޗުގެ "ގަނޑުވަރުގައި" ކަމަދޫގެ ކުޅިވަރު ގުރޫޕަށް ހާއްސަ ސައި ފޮދެއް އިއްޔެ ހަވީރު އުއްޗު ވަނީ ދެއްވައިފަ އެވެ. އަދި ރޭ ކަމަދޫގެ ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ހާއްސަ ޝޯއެއް ކުރެއްދޫގައި ބޭއްވި އެވެ.
ކަމަދޫ ސަގާފީ ކުޅިވަރު ގުރޫޕްގެ ހާއްސަ ސަގާފީ ނެށުމެއް ކުރެެއްދޫގައި ހުށަހަޅަނީ
މި ޝޯގައި، މިދިޔަ ބޮޑު އީދުގައި ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަމަދޫގެ ސަގާފީ ކުޅިވަރު ގުރޫޕްގެ ގިނަ ހުށަހެޅުންތަކެއް ދައްކާލާފައިވެ އެވެ. އަދި އެ ގުރޫޕަށް އުއްޗުގެ ފަރާތުން ހާއްސަ ހަދިޔާއެއް ވެސް އަރުވާފައިވެ އެވެ.
ރޭ ބޭއްވި ހަފުލާގައި އުއްޗުގެ ޗަމްގިރީގެ ނަން ޗަމްޕާ ރޮމޭންޓިކް އައިލެންޑްގެ ނަމަށް ރީބްރޭންޑް ވެސް ކުރި އެވެ.
ކަމަދޫ ސަގާފީ ކުޅިވަރު ގުރޫޕަށް އުއްޗުގެ ފަރާތުން ހާއްސަ ހަދިޔާއެއް އަރުވަނީ
އުއްޗުގެ ކުރެއްދޫގައި މިފަދަ ހާއްސަ ޝޯތަކާއި ހަފުލާތައް އަބަދުވެސް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަދޫގުރާ
14 July 2024
ތިދިޔައީ ދުވަަސް.. ދެން އަބަދު ތިތަނަކަށް ޑާންސްކުރަން ދާންޖެހިފައި އޮންނާނީ.. އަހަރެމެންނަށް ފެންނަވަރެެއްނުވާނެ.....
ބައޯކަލޯ
13 July 2024
އާދަމް ޝަރީފު އެތާ ކީއްތައެކުރަނީ؟
ބެރުޑަ
14 July 2024
އަތް ޖަހަނީނު...
ބޭބެ11
14 July 2024
ކަލެއަށްހަމަ ނޭގެ. އެއީ މީހެއްގެ ދަތްދޮޅި ދުއްވާލަން ޖެހެއްޖިއްޔާ ހަމަވަގުތުން. އެ ވަރިހަމަ އުއްޗު ވިޔަސް. ހަމަ ޓަޓަސްޓަސް