އާޓިފިޝަލް ބީޗުގައި ހުރި ކޮށި ތެރޭގައި ދެ މީހުން ބަންދުކޮށްފައި. -- ފޮޓޯ | ސޯޝަލްމީޑިއާ
14 ޖުލައި 2024 - 11:31
މާލޭ، އާޓިފިޝަލްބީޗުގައި ހުރި ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މީހަކު ކޮއްޓަކަށް ލައިގެން އުޅުނު މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ދެ ފިރިހެނަކު ބޮޑު ކޮއްޓަކަށް ލައި ތަޅުލައިގެން އުޅުނު ވީޑިއޯ، މިދިޔަ ހުކުރުދުވަހުން ފެށިގެން އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ. އެ ދެ މީހުން ވާހަކަ ދައްކާ އަޑު އެ ވީޑިއޯ އިން އިވޭއިރު، ބެލެވޭ ގޮތުގައި ކޮއްޓަށް ލީ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.
ކޮށީގައި އެކަކު އިނީ އިށީނދެގެންނެވެ. އަނެކަކު ކޮޅަށް ހުރެގެން، ވަގުތުކޮޅެއް ދޭން އެދެމުން ދިޔަ އެވެ. ފައިސާ އަނބުރާ ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ. ބޮޑު އަދަދަކުން އެ ދެ މީހުން ފައިސާ ދޭން ޖެހިފައިވާ ކަމަށް، ކޮށީގެ ބޭރުގައި ހުރެ ވާހަކަ ދެއްކި މީހަކު ބުނާ އަޑު ވީޑިއޯގައި އިވެ އެވެ.
ކޮށީގެ ބޭރުގައި ހުރި މީހަކު ހޮޅިއަކުން އެ މީހުން ގަޔަށް ފެން ޖަހާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.
މިކަން ހިނގީ، ފުލުހުން ބުނެފައިވާ ގޮތުގައި، ރެސްޓޯރެންޓަކުން ކައިގެން ބިލް ނުދެއްކި މައްސަލައެއްގަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ފަހުން ވަނީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެދޫނި
14 July 2024
އެކޮށީގަ ކުރިން ތިބި ސާމަރާ ދޫނިތައް ކޮބާ؟
ސަންޖޭ
14 July 2024
ތީ ހީވަނީ ކުރީސަރުކާރުން ކުރިކަމެއްހެން
ބޮޑުހުސޭނު
14 July 2024
އަދުލުއިންސާފު ނުލިބެންޏާ މިކަހަލަކަންކަންހިނގާނެ. އިންސާފުހޯދަން މުއައްސަސާތަކަށް ހިނގާމީހާވާނީލޮޑު. މިރޭޓުންދަންޏާ މިކަހަލަކުއްކުރާމީހުން އަޅިދެލިކުރަހާ ގަންހިންގާހިސާބައްވެސް ހިނގައިދާނެ. ވަރަށްދެރަ. ކިީއްކުރާނީ. އާއްމުރައްޔިތުން ހަދާނެގޮތް ހުސްވެއްޖެ
ސީޒަން ޖެކުހަން
14 July 2024
އެކޮށްޓަކީ އިންސާނުން ލާން ތައްޔާރުކޮށްފާހުރި ކޮށްޓެއްތަ؟ ނަސީބެއް ކުކުޅުކޮށްޓަކަށް ނުލިކަން. ނޫނީ އެމީހުން އޮންނަންޖެހޭނީ ގުދަށް.
ރޭނީސް
14 July 2024
މީ ދިވެހިން ކަމެއް ނޫން ކަމެއް އަދި މި ކަން ކުރި މީހުންނަކީ ދިވެހިން ކަމެއް ވެސް މި ޚަބަރުން އެނގޭކަށް ނެތް!!!!
އިލަ
14 July 2024
ތީގަ ކުށްވެރިވާނީ ދޫނިކޮށި.. ތިކޮށްޓަށް ތިމީހުން ލީ މީހުނާ ކޮށި އެޅިމީހުންނާ ވައިއެޅިލަންވެސް ފުލުހުންނަށް ނުކެރޭނެ.. 2013 އިން ފެށިގެން ތިޔަ ސަރަހައްދަކީ ވަކި ބަޔެއްގެ މިލްކިއްޔާތުގައި ހިމެނޭ ކުޑަވަރެއްގެ ސަހަރެއް..
ރަދީފާ
14 July 2024
ބަލަގަ ޖަނަވާރުންނަށް ވުރެ ފަރަޖަ އަަކަށް އިންސާނުން ދިޔާމަ ކޮށްޓަށްލާންޖެހެނީ.
މަ ބުނީ
14 July 2024
މަ ބުނީ ހެޔޮ ވެރިކަމެއްގެ ހެޔޮ ފާލެއްގެ ރަނހަޅު އިޝާރާތްތަކުގެ ރީތި މަލަމެތި ހަތަރު އުދަރެހުން ފަވަމުންނޭ ދަނީ ދޯ !؟.
އޭނަ
14 July 2024
މަދަނީ އަދުލުގެ ނިޒާމުން އިންސާފު ނުލިބޭކަމުގެ ހެއްކެއް
އެންމެ ފަސް
14 July 2024
ދާދި ދެންމެ ޖަޕާނުން ހިލޭ ދިން ކާރުގަ ފުލުހުން ތި މައްސަލަ ބަލަން ދުއްވާލާފަ އެބަ އާދެ.