ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން.
14 ޖުލައި 2024 - 16:36
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ސަސްޕެންޑް ނުކުރާ ކަމަށާއި އޭނާ ހުންނެވީ މަސައްކަތުން އަމިއްލަ އަށް އެކަހެރިވެގެން ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.
ޒިހާން ސަސްޕެންޑްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އޭނާ ސަސްޕެންޑް ނުކުރާކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
"އިދާރީ ގޮތުން އޭނާ އަށް އިންފޯމްކުރި ކަމަކާ ގުޅިގެން އޭނާ އަމިއްލަ އަށް މަސައްކަތުން އެކަހެރިވެފައި،" ހީނާ ވިދާޅުވި އެވެ.
ނަމަވެސް އޭގެ އިތުރު ތަފުސީލެއް ހީނާ ނުދެއްވަ އެވެ.
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ޒިހާން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޒިހާން އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ވަނީ ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކި ތުހުމަތުތައް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމެލާމެލި
15 July 2024
އެހެން އަމިއްލައަށް އެކަހެރިވެގެން މަސައްކަތް ނުކޮށް ހުރެވޭތަ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން.
ކީކޭ
15 July 2024
ތި މިނިސްޓްރީގަ އެއްޗެއްއިނގޭ މީހެއް ނޫޅޭކަން އެއީ ސިއްރެއްނޫން. އެންމެ ކޮރަޕްޓް އެއްތަންތީ. އެއްޗެއް އިނގޭ، ތިތަނަށް ރަނގަޅު ބަދަލެއް ގެނެވޭވަރުގެ މީހެއްވިއްޔާ ބޭރުކޮށްލަން އެތައްކަމެއްކުރާނެ. ކޮރަޕްޓްވެގެން ނޫނީ އެއްޗެއް ނުބުނެ އުޅޭ މީހުނަށް ތިތަންތާގަ އުޅެވޭނީ. ގޭންގްތަކާ ބޮޑުންގެ ގައުމެއްމީ. ވާނުވާ ނޭގޭ ދިވެހިން ތިބޭނެ ކޮމެންޓް ކުރަން ކިޔޭ ނުކިޔޭ ނޭންގޭ ހާލުގަ
ށިހާމް
15 July 2024
މި މީހުން ލައިގެން ލިބޭ ގެއްލުން މާ ބޮޑު. ދޭތެރެއަކުން ކޮނެމެވެސް މޮޅު އެއްޗެކޭ ބުނެގެން އޮންނަނީ އަތަށް ގޮވާފަ.
ޔަގީންޓާރ
15 July 2024
އެކަހެރިވީމާ މާރަނގަޅެއްނު! ވަޒީފާއަށް ނުނިކުމެ ބަރާބަރަށް މުސާރަ ލިބެމުންދާނެ!
އަފީފްގެ ބަފާ
15 July 2024
މިދިވެހިން ތަންކޮޅެއް ތަހުޒީބުވާން ވެއްޖެއެއްނުން. އަމިއްލަޔަށް މަސައްކަތުން އެކަހެރިވުމަކީ އޭނަގެ މަސައްކަތާމެދު ކޮރޮޕްޝަންގެ ތުހުމަތު ކުރެވުމުން ތަހުޒީބު ދުނިޔޭގައި ކުރާކަމެއް. އެއީ ނުފޫޒެއްނެތި މައްސަލަ ތަހުގީގުކުރުމަށް ޖާގަ ދިނުމަށް. އަމިއްލަޔަށް މަސައްކަތުން އެކަހެެރިވެ އޮފީހަށް ނުދާނަމަ އޭނަޔަށް މުސާރަދޭނެގޮތެއް ނުވިސްނޭ. ދިވެހިން މޮޅީ ކޮމެންޓްކުރަން. ތަނެއް ދޮރެއް އެނގޭ ބައެއް ނޫން ތިއީ.
ސޮދުރީބެ
15 July 2024
ބަފާ އެވެ. އިބޫ ސަރުކާރުގައި ނަމަ ކަލޭ ކީހީތިހެން ހެވެ. ވަކި ވެރިކަމެއްވީމަ ދިވެހިން ނާތަހްޒީބް ބަޔަކަށް ހަދާލަނީހޭއެވެ.
ރަންދެލި
15 July 2024
"އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ހުރެ އުޖޫރަ ނަންގަވަމުން ގެންދިއުން" - ޒިހާނު ވުން ނުވަތަ ޒިހާނު ކުރުން
ދޮހޮއްތު
15 July 2024
ތިޔައީ މޮޅަކަސް ވަރައް ޒިންމާދާރުކުޑަ ފަރުވާކުޑަ ސޮރެއް
ނަންންން
14 July 2024
އަމިއަލައަށް އެކަހެރިވެގެން މުސާރަ ނަގައިގެންބާ ހުންނަވާނީ؟
އާދަންބަޑޭ
14 July 2024
ޒިހާން ސަސްޕެންޑެއް ނުކުރޭ، މަސައްކަތުން އެކަހެރިވީ އަމިއްލައަށް: ރައީސް އޮފީސް މުޅިންއާ ޓްރެންޑެއްފެށުނީ ދައުލަތުން މުސާރަޔާ މީހާއަށް ނުކަތާވަރަށް އިނާޔަތްތައް ނަގައިގެންގޭގަ ވަރަށްސަލާމް…
ކޯޅި
14 July 2024
މިކޮއިވެސް މާއަވަހަށް ސިޔާސީވީވީނުން އެދުއްވާލީ އެސޮރުގެ ކެރިއަރ. ސަރުކާރު ބަދަލުވަންދެން މަޑުމަޑުން ހުރުމުގެ ބަދަލުގައި ބިޔަ އިންތިހާބެއްގެ ކުރިމައްޗަށް ތެޅިގަތުމުން ސިޔާސީ މައިދާނަށް މަޖުބޫރުވީ. މިއަދު ސިޔާސީ ހަގީގަތަކީ މިކަހަލަ ކިޔަވައިގެންތިބި ހޭޖެހޭ ކުދިން ސިޔާސީގޮތުން ކަތިލުމަކީ އެއްކަލަ އެއްޗެއް ނޭނގި ސިޔާސީ ގޮނޑީގަތިބޭ މީހުންވަރަށް ބޭނުންވާނެކަމެއް.