އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދިނުމާ އެކު އެ ޚަބަރު ޓީވީތަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
16 ޖުލައި 2024 - 06:42
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާގައި ސަލާމަތްވިޔަސް "މި ހުރިހާ މަރުވެފައި" ކަމަށް ވިދާޅުވެ ނުރައްކާތެރި ވަގުތުކޮޅުގެ ތަޖުރިބާ ކިޔައިދެއްވައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ބައިވެރިވެ ވަޑައިގަތުމަށް މިލްވޯކީ އަށް ވައިގެ މަގުން ދަތުރުކުރައްވަމުން ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އެއީ އާދަޔާ ހިލާފް ވަގުތުކޮޅެއް ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑު މިއަދު މިތަނަކު ނުހުންނާނެ. އަޅުގަނޑު އޮންނާނީ މަރުވެފައި،" ވަޒަން އެރި ކަނާތު ކަންފަތުގައި ހުދު ކުލައިގެ ބެންޑޭޖެއް އަޅާފައި އިނދެ ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
އުމުރުން 78 އަހަރުގެ ޓްރަމްޕަށް 20 އަހަރުގެ ޒުވާނަކު ދިން ހަމަލާއާ އެކު މޫނުމައްޗަށް ލޭތައް ފައިބައިތީ ފެނުނެވެ.
ޓްރަމްޕް ވިދާޅުވީ ގާނޫނާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންގެ މައުލޫމާތު ހުރި ޗާޓެއް ބަލައިލަން ކަނާތްފަރާތަށް އޭނާގެ މޫނު ކުޑަކޮށް އަނބުރާ ނުލެވުނު ނަމަ އޭނާގެ ފުރާނަ ދިޔައީސް ކަމަށެވެ.
ޓްރަމްޕް ވަަނީ އޭނާއަށް ހަމަލާދިން މީހާގެ ގަޔަށް ސީކްރެޓް ސާވިސް އިން ބަޑިޖަހައި މަރާލުމުން ތައުރީފް ކުރައްވައި ޝުކުރު ދަންނަވައިފަ އެވެ.
"އެ މީހުން ހަމަ އެންމެ ޝޮޓަކުން އޭނާގެ ދެ ލޮލުގެ މެދަށް ބަޑިޖަހައި މަރާލީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި ސީކްރެޓް ސާވިސް އަށް ފާޑުކިޔުން އަމާޒުވެފައި ވިޔަސް ޓްރަމްޕް ވިދާޅުވީ ސީކްރެޓް ސާވިސްގެ މަސައްކަތް ފުރިހަމަ ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީވޭ
16 July 2024
ހިޖުރަވެރިންނަށް އިންތިހާއަށް ރުޅިބާލަނިކޮށް ޓްރަޕަށް ހަމަލާ މިދިނީ އަމިއްލަ ގައުމުގެ އަދި އަމިއްލަ ޕާޓީގެ ޒުވާން ކުއްޖެއް. ދެންވެސް ވެއްޖެއެއްނު އެއްޗެއް ވިސްނެއް. ޓްރަންޕަށް ނުރައްކަލަކަށް މިވީ ކޮންބައެއް؟
އިހްސާސް
16 July 2024
މިހާރު ޓުރަމްޕު އެކުދިންނަކަށް ފާޑެއް ނުކިޔާނެ. ކެމްޕެއިން ދުވަސްކޮޅުމިއީ. އެކަމަކު ހަމަލާދިންމީހާ މަރާ ނުލާ ތަހުޤީގު ނުހިންގުމަކީ ތިފެންވަރުގެ ބަޔަކު ފޮނިކަނޑާކަމުގެ އަލިގަދަ އެއްހެކި.