ފޮލިސް ވެހިކަލެއް: މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 ޖުލައި 2024 - 18:39
މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 22 އަހަރާއި 27 އަހަރާއި އަދި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އެމީހުން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގޮތުގައި އެ މީހުން ހައްޔަރުކުރީ އަނިޔާލިބުނު މީހާ ގެސްޓްހައުސްއެއްގައި ހުއްޓާ އެތަނަށް ވަދެ، މުދަލަށް ގެއްލުން ދިނުމަށްފަހު މީހަކު ރަހީނުކުރި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލާގައި އަނިޔާލިބުނު މީހާ ގޮވައިގެން އެ މީހުން ސައިކަލުގައި ދާ މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހުން އެކަމަށް އިންކާރު ކުރާ ކަމަށް އެ އަމުރުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއީ ހޭ ޝް
20 July 2024
މި ގޮތައް ރަހީނު ކޮށްފަ މި ފަދަ ފިރިހެނުން އެ ރަހީނު ކުރާ ފިރިހެން މީހާ އޮރިޔާން ކޮށް ގިންސީ ގޮތުން ވެސް އަނިޔާ ކޮށް ނުސީދާ ގުޅުން ހިންގާ! އަދި ފޮޓޯ ވީޑިއޯ ނަގާފަ ބްލެކްމެއިލް ކުރޭ! މަދު ފަހަރެއް ގަ މި ގޮތަށް ފުލުހަށް އގި ސަލާމަތް ވަނީ! އެހެން ނޫނީ ޖެހޭނީ ވަކި ވަރެއް ގެ ފައިސާ ގެ އަދަދެއް ނޫނީ އެކައުންޓް މުޅިން ދީފަ ސަލާމަތް ވާން ބުލެކް މެއިލް ނުކޮށް ފޮޓޯ ޑިލީޓް ކުރާ މައްޝަށް ! މަށާ މި ފަދަ ކަން ކަން ވަނީ ދިމާވެފަ އެކަމަކު ފުލުހަށް ނާންގަން ބިރު
އސއދ
20 July 2024
ޚަބަރުން އެނގޭގޮތުގައި ކުށްވެރިން ހައްޔަރުކުރީ ކުށުގެވެށިން. އެހެންވީމަ މިފަދަ ނުރައްކާތެރި ކުށްވެރިންގެ ނަމާ ވަނަވަރު ހާމަ ނުކުރެވެންވީ ސަބަބެއް ނުވިސްނޭ. ރައްޔިތުންގެ ރައްކަލަކަށް ތިފަދަ ނުރައްކާތެރި ކުށްވެރިންގެ މައުލޫމާތު ހަމަކުރަންޖެހޭ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
19 July 2024
މިހާރު ކަމަކަށްމިއޮންނަނީ މިލިޔަނުން މީހުންއަތުން އޮޅުވާލައިގެން ފޭރުމާ ރަހީނުކުރުން. އެމަކު ކުށް މަދުވާކަމަށްވާނީ.
ޖުއްބާ
19 July 2024
ތީ ދިވެހިރާއްޖޭގެ އެންމެ ފަހުގެ ކުޅިވަރު.
މައިތިރިކުރޭ
19 July 2024
މިކަހަލަ ކަންކަން ކުރާ މީހުން ހަމަ ޝަރީއަތް ނިމެންދެން ބަންދުކުރަންވީ! "ވާނުވާ ބަންދޭ" ކިޔައިގެން އެއީ މާ ގޯސް ކަމަކަށް ހަދަން މަސައްކަތް ކުރަނީ މިކަހަލަ ބޮޑެތި މުޖުރިމުންނާ އެމީހުންގެ ލޯޔަރުން!
ޖުހާބެ
20 July 2024
މިކަހަލަމީހުން ޝަރިއަތް ނިމެންދެންނޭ ކިޔާފަ ބަަންދު ކުރަންވީކީ ނޫން. ވަގުތުންވަގުތަށް ޝަރީއަތް ހިންގާ ހުކުމް ކުރަންވީ. އޭރުން މިކަންކަން ހުއޓޭނީ.