އެމްއެފްޑީއޭ ހިންގާ އިމާރާތް: ފިރިހެނުންނަށް ހާއްސަކޮށް، ވިއްކަމުންދިޔަ މާމުއި ރާއްޖެ އެތެރެކުރުން ވަނީ މަނާ ކޮށްފައި --- ފޮޓޯ/މިހާރު
22 ޖުލައި 2024 - 13:17
ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން ވިއްކަމުންދާ މާމުއި ވިއްކުން މަނާ ކުރުމުން ވެސް، އެ ތަކެތި ވިއްކުން ނުހުއްޓުވޭތީ އެ ބާވަތް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓްގައި ބުނީ ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތަކުގައި ވިއްކާ މާމުއިގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނޭ ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ފަރުވާއަކަށް ވިޔަސް، ބޭހެއް ބޭނުން ކުރެވޭނީ ވަކި މިންވަރަކަށް ކަމަށެވެ. ނަމަވެސް، އިސްތިހާރު ކޮށްގެން ވިއްކާ މާމުއިގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނެނީ ކިހާ ވަރަކަށް ކަމެއް ބޭރުގެ ސިއްހީ މާހިރުންނަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެފްޑީއޭއިން ސެޕްޓެމްބަރު، 2022 ގައި ކުރި އިއުލާނުގައި ވަނީ އެ ބޭސްތައް ހިމެނޭ މާމުއި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ. އެކަމަކު އޭގެ ވިޔަފާރި ފުޅާކުރަމުން ދާތީ އެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް، އެކަން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް ޖަލީލާ ވިދާޅުވި އެވެ.
ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މި ފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
23 July 2024
ދިވެހީންގެ ސަގާފީ، ޒަގަންގޫރު ވެސް މަނާވީތަ؟ އެހެން ކަމުގައި ވަނީ ނަމަ، ބޯދާ ދިވެހި ސަގާފަތަށް ހައުދަހައި ބޮޑު އުނިކަމެއް އަތުވެއްޖެޔޭ.
މިލަން
23 July 2024
މާމުއި އެތެރެކުރުން ނުހުއްޓުވޭނެ. ދެން ފުޅިގެ ބޭރުގެ ލޭބަލްބަދަލުކޮށް ހަމަ ތިޔައެތި އެތެރެކޮށ ވިއްކާނީ. ދިވެހީންނޭ ބްރޯ!
ޑޮކްޓާރ. ބަނާނާ
23 July 2024
ތިޔަ މާމުއި ސަމުސަލެއް ބޯލާ އިރަށް މިބޭ ގުގުރި ދަމާފަ ނިދެނީ. ދެން ހޭލެވެނީ އަނބިކަނބުލޭގެ ފާތުމާފުޅު ރުޅިދުރުވެ ފަތިހަށް ގޮވުމުން. ! ތިޔަ މާމުއި ބޮޑަށް ވައްތަރީ ނިދާ ބޭހަކާ އަވަހަށް މަނާކުރޭ..
މިހާލު
23 July 2024
އެތެރެކުރުންމަނާ ކުރަންޖެހޭ އެއްޗެސްބައިވަރު. އިނގިރޭސި ލޭބަލްނެތް ވިއްކަނީ.
ނިކަމެތިރައްޔިތުމީހާ
22 July 2024
ދެން ސިގިރޭޓު އިމްޕޯޓުކުރުން މަނާ ނުކުރެވެނީ، އެއީ ސިއްހަތައް ފައިދާހުރި އެއްޗަކަށް ވާތީ؟
ޕްރޮފެސަރ. ތާކިހާބެ
22 July 2024
ތިޔަ މާމުއި ގެ ވަހަކަ ދެއްކުމުން ވެސް މިއުޅޭ ކުދިން ފާޑެއްގެ ރުޅިއެއް އަންނަނީ .މަނާކުރޭ..
ވަރި
22 July 2024
ދެން އަންނަ މަހު ވަރީގެ ރިޕޯރޓު ނެރުނީމަ ވަރި ގިނަ ވީމަ ވަރި ގިނަވި ވާހަކަ ބުނާނީ
އަލީ ވަހީދިބޭ
22 July 2024
ރަގަޅު ވާހަކަ އެއް ރާއްޖޭގައި ދަރިމައިވާ ސިއްހަތުގެ ވާހަކަ ދައްކާއިރު ފިރިހެނުން ގެ އީޑީ ގެ ވާހަކަ ދެއްކުމަކީ ހަރާން ކަމެއް..ހުރިހާ ފިރިހެނުންނަކީ އެއް ގޮތަކަށް ބާރުތައް ލިބިފައިވާ ބައެއްނޫން މިވާހަކަވެސް ކޮންމެވެސް ބަޔަކު ވެއްޖެ ދައްކަން އަދި ބޭސްފިހާރަތަކުން ލިބޭފަދަ ބޭހެއް ހުންނަށްޖެހޭ!
ވަރުވަރު
22 July 2024
ކާކުގެ ޕްރެޝަރެއްބަ މި މަނާކުރަން؟ ރެޑް ބުލް އޯކޭ؟
ޟިހާގެ ބޭބޭ
23 July 2024
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވެރިއަކަށް އަންހެނެއް ހުރީމާ ފިރިހެނުންނަށް ޖެއްސުން ކޮއްލީ ހަމަ !! ދުވާލަު 10 ރެޑްބުލް ބުއިމުން ގެއްކުމެއްނުވޭދޯ! އެއްމެ ފަހުން ނެރުން ރިޕޯޓުންވެސް އެގޭ ޒުވާނުނަށް ސްޓްރޯކްހެޖޭމިންވަރު މައިގަޑު ސަބަބަކީ ލޯ ކޮލޮޓީގެ ތެޔޮތެރެކޮއް ވިއްކާތީ! ތެލުގެ ކޮލޮޓީބަލާ އެކަމަށް ގަވާދެއް ހަދާބަލަ!
އަބުދުބެއްޔާ
22 July 2024
ދެނޯ ތި ނުލިބެންޏާ ބޭބެ މެން ވަރަށް ދެރަވާނެ.
ފާނަކޮށި
22 July 2024
މަސްތުވާތަކެއްޗަކީ ވެސް އިންސާނުންނަށް ވަރަށް ނުރައްކާތެރި ގެއްލުންހުރި އެއްޗެއްވީމަ އެފަދަތަކެތި އެހާފަސޭހައިން އެތެރެކުރެވޭ.........މީއަރަތެއްތޯ