މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ފެށި 1000 ދުވަހުގެ ކައުންޓް ޑައުން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
23 ޖުލައި 2024 - 22:22
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލްގެ 100 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކާ އެކު 1،000 ދުވަހުގެ ކައުންޓްޑައުންއެއް މިރޭ ފަށައިފި އެވެ.
އެ ކައުންޓްޑައުން ފެށީ މިރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގަ އެވެ. ކައުންޓްޑައުން ފަށްޓަވައިދެއްވީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ އެސެމްބްލީގައި ވަނީ މަޖީދިއްޔާ ސްކޫލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
މިރޭ ފެށި ކައުންޓްޑައުންގައި ގިނަ ކަންތައްތަކެއް ރާވާފައި ވާއިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތަކީ "މަޖީދިއްޔާ ދަންމަރު"ގެ ނަމުގައި މާދަމާ ރޭ ބާއްވާ ހާއްސަ މިޔުޒިކް ޝޯއެކެވެ. މިއީ މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރު އާއި އޭގެ ފަހުން ވެސް މިއުޒިކް ކުޅުނު މީހުން އިސް ނަގައިގެން ބާއްވާ ޝޯ އެކެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް 1000 ދުވަހުގެ ކައުންޓް ޑައުން ފެށުމަށް ބެއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ޝޯގައި މަޝްހޫރު އެތައް ފަންނާނުންނެއްގެ ހުނަރު ފެންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. އަދި އެ ޝޯ ވެގެންދާނީ މިޔުޒިކް ކުޅެފައިވާ ގިނަ މީހުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެންނާނެ ފަހަރަށް ކަމަށް ވެސް ބުންޏެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ އޭޕްރީލް 19، 2027 ގަ އެވެ. މީގެކުރިން މަޖީދިއްޔާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް ކުލަ ގަދަ ހަރަކާތްތަކެއް މާލޭގައި އޭރު ކުރިއަށް ގެންދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
26 July 2024
އަޅުގަނޑަށްވެސް 1000 އަހަރުވާން ބާކީއޮތީ 900 ކޮންމެސް އަހަރެއް.
ހުދިއްޓޭ
24 July 2024
ރާއްޖޭގެ އެންމެ ދުވަސްވީ ސުކޫލަކީ ތިލަދުންމަތި ހޮނޑައިދޫގަ އެޅުނު ރޯނުއެދުރިއްޔާ މަދަރުސާއެވެ. އެ މަދަރުސާ އަކީ ރާއްޖޭގަ އިންސާނުން އާބާދު ވުމުގެ ކުރިން އެޅުނު މަދަރުސާއެވެ.
އަބްޑޫޅް +
24 July 2024
އަހުރެން ނަށް ތިޔަ، ގަރުނު ފުރޭ ހަފުލާ އަށް ދައުވަތު ލިބޭނެބާ؟ އަހުރެން ދެކޭ ގޮތުން ނަމަ އަހުރެންނަށް ދައުވަތު ފޮނުވުމަކީ ތިޔަ ސުކޫލުގެ ވާޖިބެއް.
ކުނާވެށި
24 July 2024
މީލާދީން 978 ގައިވެސް ދެކުނުގެ ތިން އަތޮޅުގައި މަދަރުސާތަކުގައި ކިޔަވައިދިން.
އަލީހާރޫން
24 July 2024
އެންމެ ދުވަސްވި ސްކޫލަކީ ހުކުރު މިސްކިތު ފަލަ. އެއީ ޝަމްސުއްދީން ރަދުންގެ މަސައްކަތް
މުއާޒްއާ
24 July 2024
ކެޕްސޫލް ކޮނެގެން ނެގުނު އޮންނާނެ ތަ
އަޒްޔާން ފުޓުބޯޅަ އެނަލިސްޓް
24 July 2024
އަހަރުމެން ކިޔަންވަން ދިޔަ ބެއްޔާގެ / ބޮނޑަ ހައްވާއްތާގެ އެއީ 100 އަހަރުވެފަ ހުރި ތަންތަން. ދެން ކޮން މަޖީދިއްޔާއެއް. ހެހެހެހެހެހެ
ފުރޭތާންބަރ
24 July 2024
ރާއްޖެތެރޭ ސްކޫލަކަށް ކުޑަމިނުން މަރާމާތައްހުރި ލާރިކޮޅުވެސް ކަނޑަލައިފި. އޭސީ ގަނޑުވެސް ޖައްސާނެ މިންވަރު އިނގެނީ މިނސިްޓްރީއަށް. ބެލެނިވެރިން ގުލާނުކޮށްގެން ދެ ސަޔަކީ މިވެރިންގެ ބަޖެޓުން ކުރާ ހަރަދުކަމަށްދައްކައިފި. އެކަމަކު އިއޒަތްތެރި މާލެ ސްކޫލުތަކުގެ އެނިވާސަރީ 3 އަހަރު ކުރިން އެބަ ފަށައިގަނެވޭ. އެކަމަށް މިލިއަނުން ހަރަދު ކުރެވޭ. ރަށްރަށު ޕްރިންސިޕަލުންނަށް އެކޮމޮޑޭޝަން ލާރިކޮޅު ދޭނެ ފައިސާނެތޯ އެކަމަކު މާލޭ ޕްރިންސިޕަލުންނަށް ހިލޭ ފްލެޓްދޭ
ކޮމެންޓްތައް
24 July 2024
ރާއްޖޭގަ އެންމެފުރަތަމަ އިލްމު އުނގަނައިދެއްވެން ފެށީ މަކުނުދޫ މަދަރުސާގަ، އެރަށު ބޮޑު އީސާ މަނިކްފާންގެ މުދައްރިސްކަމުގަދަށުގަ، އޭރު އަދި މެދު ރާއްޖެ ތެރެ އާއި ދެކުނު އޮތޮޅުތަކުގަ ލިޔަންކިޔަން ނޭންގޭ.
ކަލޭފާނު
24 July 2024
ތާރީޚީ ބޮޑު އޮޅުންއަރުވާލުމެއް. ރާއްޖޭގެ އަތޮޅުތަކުގަ ލިޔަންކިޔަން ނޭނގޭކަމަށް ބުނާއިރު މީގެ 250 އަހަރު ކުރިންފެށިގެން އައްޑޫގައި ހާފިޒުންނާއި ޢާލިމުން ނެތް ޒަމާނެއް ނުފެނޭ. މީގެ ޖީލުތަކެއް ކުރިން ރާއްޖޭގައި ފުރަތަމަ އެޅި ހުސައިނިއްޔާ ސްކޫލަކީ މަޖީދީއްޔާއަށްވުރެ ކުރީގެ ހަމައެކަނި ރަސްމީ ސްކޫލު. އެެންވެ އެކަން ހަޖަމު ނުވާބަޔަކު އެޓޯލްސް މިނިޓްރީތެރޭތިބެ އެއިމާރާތްވެސް ފަނާކޮށްލީ.
ލަސް
24 July 2024
ދުނިޔޭގަ އެންމެ ފުރަތަމަ ޕީއެޗްޑީއަށް ކިޔަވަދޭން ފެއްޓީވެސް މަކުނުދޫގަ.
އަޒްޔާން ފުޓުބޯޅަ އެނަލިސްޓް
24 July 2024
އަހަރު ވެސް ބުނެލިނަމަ ވަރަށް ފުރިހަމަވީސް. ޝުކުރިއްޔާ ބްރަދާ.
ދަރިވަރު.
24 July 2024
މަޖީދިއްޔާ ކުރިން ވެސް އޮތްގޮތަށް ހަމަ އެކަނި ފިރިހެން ކުދިން ކިޔަވާ ތަނަކަށް ބަދަލު ވާން ވަރަށް ބޭނުން. އަމީނިއްޔާ އަންހެން ކުދިންނަށް
ކިރުސައި
24 July 2024
އަހަރެން ވަރަށް ބޭނުން ހުރިހާ އިންޖީނުގެތަކެއް ބަންދުކޮށްފަ ކުރިންވެސް އޮތްގޮތަށް ފުޅި ބައްތި ދިއްލާގެން އުޅެން.
އަސްލު24
24 July 2024
ކޮންމެ ކަމެއްގަ ވެސް ތަނެއްގަ ވެސް އަލުވަންތަ ކަމާ އަސްލު ސިފަ މިހާރު ގެއްކުވާލާތީ ވަރަށް ދެރަ.. 2010ގެ ފަހުން މި ރާއްޖެ މި ދަނީ އެމަގަށް