ރިޕޯޓް

ރަން ތާޖު ހޯދި ރައީފް: އާދަޔާޚިލާފު ހާފިޒެއް

"ރައީފަށް ދަސްވެފައި ހުރި ގޮތުން، ކޮންމެ ތަނަކުން މީހަކު ކިޔަސް އެ އާޔަތެއްގެ ނަމްބަރާއި ޕޭޖް ނަމްބަރާއި ސޫރަތުގެ ނަމާ އެއްކޮށް ބުނާނެ. އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކޭ ބުނަނީ."

ރައީފް އާއިލާއާ އެކު: އޭނާގެ ކާމިޔާބީއަށް އާއިލާ އިން ފަހުރުވެރިވޭ.

އުމުރުން 11 އަހަރުވި އިރު ވެސް އަލީ ރައީފަށް ވާހަކައެއް ނުދެއްކެ އެވެ. އޭނާ ބޭނުންވާ ކަމެއް ބުނެދިނީ އަތުގެ އިޝާރާތުންނެވެ. އޯޓިޒަމަށް ފަރުވާ ހޯދަން ޖެހޭ ކުއްޖަކަށް ވާތީ ތައުލީމީ ހަޔާތް ކުރިއަށް ގެންދިޔައީ މި އުނދަގޫތަކާ އެކުގަ އެވެ. އެކަމަކު، ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން ވީ އުމުރުން 25 އަހަރުގެ ރައީފްގެ ނަސީބަށެވެ.

ޒުވާން އުމުރުގައި ގުރުއާން ހިފުޒުކޮށް އޭނާ ވަނީ އެންމެ މަތީ ޝަރަފް، ރަން ތާޖު ހޯދައިފަ އެވެ. ހާފިޒުންގެ ތެރެއިން ވެސް އޭނާ އާދަޔާޚިލާފެވެ.

އެއްވެސް ކުށެއް ނުޖެހި ޚަތިމުގެ ހުރިހާ ފޮތެއް ދެ ހަފުތާ އިން ކިޔައިދިން އިރު، ރައީފް ދަސްކޮށްފައި ހުރީ އާޔަތްތައް އެކަންޏެއް ނޫނެވެ. އޭނާ ދަސްކުރީ އާޔަތްތަކުގެ ނަމްބަރާ އެކުގަ އެވެ. މިއީ، އިމްތިހާން ކޮމިޓީން ވެސް ތައުރީފް ކުރި ކަމެކެވެ.

"އެއްވަނަ ދަރަޖައިގައި ސަނަދު ހޯދި ރައީފަކީ އާދަޔާ ޚިލާފް ކުއްޖެއް. އާޔަތްތައް އެކަންޏެއް ނޫން، ދަސްކޮށްފައި ހުރީ އާޔަތްތަކުގެ ނަމްބަރާ އެކު،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ލިއުއްވި އެވެ.

ރައީފް އާއިލާއާ އެކު ފޮޓޯއަކަށް ހުއްޓިގެން.

އއ. ތޮއްޑުއަށް އުފަން ރައީފްގެ މަންމަ އާބިދާ ބުނި ގޮތުގައި އޭނާ ގުރުއާން ހިތުދަސްކުރަން ފެށީ 12 އަހަރުގަ އެވެ. ގުރުއާނާ ބެހޭ މަރުކަޒުން ހިންގި 500 ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ނުވަ އަހަރުން ގުރުއާން ހިތުދަސްކޮށްފި އެވެ.

"މަރުކަޒަށް ވަދެވުނީ 2015 ގައި. ލޮކްޑައުން ފެށުމުގެ ކުރިން ވެސް ހުރީ ދަސްކޮށް ނިމިފައި. އެކަމަކު ކުޑަކޮށް މަޑުޖެހިގެން ދިޔައީ އެ ދުވަސްކޮޅު، ކޮމިޓީއަށް ކިޔައިނުދެވިގެން،" މަންމަ ބުންޏެވެ.

އެމްއައިޓީޑީސީގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ރައީފް، އިމްތިހާން ކޮމިޓީއަށް ކިޔައިދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ފެބުރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ހުރިހާ ފޮތެއް ކިޔައިދީ ނިންމައިފަ އެވެ.

ރައީފް އާއިލާއާ އެކު ފޮޓޯއަކަށް ހުއްޓިގެން.

މަންމަ ބުނި ގޮތުގައި، މަރުކަޒަށް ގޮސް ރައީފަށް ދަސްވެފައި ހުރި މިންވަރަށް މަރުކަޒަށް ކިޔައިދެމުން އައިއިރު، އޭނާއަށް ދަސްވެފައި ހުރި މިންވަރަށް އެތަނުގައި ތިބި އުސްތާޒުންނަށް ވެސް ދަސްނުވާކަން ފާހަގަކޮށް، ތައުރީފް ކުރި އެވެ.

"އެއްވެސް ކުށެއް ނުޖެހި ވަރަށް ފަރިތަކޮށް ކިޔާނެ، މާޝާ ﷲ. ގާތްގަނޑަކަށް 25 މިނެޓުން ފޮތެއް ނިންމާނެ. ކޮމެޓީ މަރުހަލާގައި ކިޔެވިއިރު ވެސް ހުރިހާ އުސްތާޒުން ވެސް ރިޕީޓްކޮށް އެތައް ފަހަރަކު ބުނި ތިމަންނަމެންނަކީ ވެސް ހާފިޒުންނޭ، އެކަމަކު މި ފެންވަރަކަށް ދަހެއް ނުވޭ،" އޭނާ ބުންޏެވެ.

"އެ ބޭފުޅުން ވެސް ބުނޭ ކޮންމެ ތާކުން ވެސް ކިޔާނަމޭ ކުށަކާ ނުލައި. އެކަމަކު ރައީފް އަށް ދަސްވެފައި ހުރި ގޮތުން ވެއްޖެނަމަ ކޮންމެ ތަނަކުން މީހަކު ކިޔަސް އާޔަތު ނަމްބަރާއި ޕޭޖް ނަމްބަރާއި ސޫރަތުގެ ނަމާ އެއްކޮށް ބުނާނެ. އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކޭ ބުނަނީ."

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީފްގެ ބޮލުގައި ތާޖު އަޅުއްވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އާބިދާ ބުނި ގޮތުގައި ރައީފްގެ އޯޓިޒަމް ހުންނާތީ، ސްކޫލަށް ވެއްދުމާއި އިތުރު ހަރަކާތްތަކުން ޖާގަ ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ހިފްޒު ކްލާހުގައި ބައިވެރިވެ ދަސްކުރަން ފެށުމުން ސްކޫލުން ވެސް ލުއިތަކެއް ދިން ކަން މަންމަ ފާހަގަކުރި އެވެ.

ޝެޑިއުލެއް ހަދައި ވަރަށް ގިނަ ވަގުތު ހިތުދަސްކުރަން ރައީފް ހޭދަކުރި އެވެ. ނިދުމާއި ސްކޫލް ވަގުތަށް ފަހު ގިނަ ވަގުތު ހޭދަކުރީ ގްރުއާން އަޑު އެހުމާއި ކިޔެވުމުގެ ތެރޭގަ އެވެ.

ހާފިޒް ކަމުގެ ސެޓްފިކެޓް ރައީސް ޑރ. މުއިއްޒު، ރާއިފަށް އަރުވަނީ. -- ފޮޓޯ | ރައީސް އޮފީސް

އިމާދުއްދީން ސްކޫލުގައި ކިޔަވަމުން ހިފްޒު ކުލާހަށް ހެނދުނު ދިއުމަށް ދިން ލުޔާއި ސްކޫލު ނިންމައި މިހާރު ރައީފް ވަޒީފާ އަދާކުރާ އެމްޓީޑީސީން ދިން އެއްބާރުލުމަށް އާބިދާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ނިންމިއިރު އެންމެ މަތިން އެއްވަނަ ދަރަޖައިގައި ފާސްވީ. ގުރުއާނުގެ ކޮންމެ ތަނަކުން ކިޔަސް ދަރިފުޅަށް އެނގޭނެ އެއީ ކޮން އާޔަތެއްގެ، ކޮން ޕޭޖެއްގެ ތަނެއް ކަން. އެ ފެންވަރަށް ދަސްވެފައި ހުރީ،"

މަންމަ ބުނި ގޮތުގައި، ރައީފް ހޯދި މި ކާމިޔާބީގެ ފަހަތުގައި، ދޮން ބައްޕަ ލިރާގަރު އަލީގެ ހިއްސާ ވަރަށް ބޮޑެވެ.

"ރައީ މިހިސާބަށް އައުގެ އެންމެ ބޮޑު އަސްލަކީ ރައީގެ ދޮން ބައްޕަ. ދަސްކޮށްދޭން ވެސް ރައީ ބޭނުންވާ ހުރިހާ ކަމެއް އެ ބޭނުންވާ ގޮތަށް ކޮށްދޭނެ. އެޕްތައް އަޅައިދީ، ހިތްވަރު ދޭނެ. ކޮންމެ ކުއްޖަކަށް ވެސް ވާނެކަން އަބަދުވެސް ހަނދާންކޮށްދޭނީ ހަމަ ރައީގެ ދޮން ބައްޕަ،" އާބިދާ ބުންޏެވެ.

ކާމިޔާބީ ފާހަގަކުރަން ތޮއްޑޫން ރައީފަށް ސަޕްރައިޒެއް

މިއީ ހަމައެކަނި ރައީފަށް ލިބުނު ކާމިޔާބީއެއް ނޫނެވެ؛ އޭނައަކީ އއ. ތޮއްޑޫގެ ދެ ވަނަ ހާފިޒެވެ. އެހެންވެ އޭނާއަށްޓަކައި މުޅި ރަށް ފަހުރުވެރި ވެ އެވެ.

ހާފިޒުކަމުގެ ސަނަދު ލިބުމާ އެކު އޭނާ މިދިޔަ ހޮނިހިރުދުވަހު ރަށަށް ދިޔައީ ކައުންސިލްގެ ދައުވަތަކަށެވެ. އޭރު ބަނދަރުގައި އޮތީ ރަތް ދޫލަ އަޅައިފަ އެވެ. ގިނަ ބަޔަކު ޖަމާވެ، މަރުހަބާ ކީ މާފަތިތަކުންނެވެ.

"އެގޮތަށް ކުރާނެ ކަމަކަށް އެއްވެސް ވަރަކަށް ހިތަކަށް ނާރާ. ހަމަ ސަޕްރައިޒް ވެފައި ހުރީ. ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ގެންގޮސްދިން،" މަންމަ ބުންޏެވެ.

ގުރުއާން ހިތުދަސްކުރި ހާފިޒު އަލީ ރައީފަށް، ތޮއްޑޫ ކައުންސިލުން 50،000ރ. ގެ ފައިސާގެ އިނާމު ހަވާލުކުރަނީ.-- ފޮޓޯ: ކައުންސިލް

ރަތް ދޫލައިގެ މަރުހަބާއަކާ އެކު ކައުންސިލުން ވަނީ ރައީފަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ގުރުއާން ހިތުދަސްކުރާ އެ ރަށުގެ ކޮންމެ ކުއްޖަކަށް ވެސް އެ ހަދިޔާ ދޭން ވަނީ ނިންމައިފަ އެވެ.

އެއީ އެ ރަށުގެ ކައުންސިލްގެ ފައިނޭންޝަނަލް ޕްލޭނިން ތެރޭގައި ހިމަނައިގެން ދެމުން އަންނަ 25،000ރ. އާއި ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ދޭ 25،000ރ. އެވެ.

އިސްލާމިކް މިނިސްްޓްރީން ވެސް ވަނީ ރައީފްގެ މި ކާމިޔާބީ ފާހަގަކޮށްފަ އެވެ.

ރައީފް: މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ ކޮމިޓީއަށް ހަތިމް ކިޔައިދީ ނިންމާފައި.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައި، އޭނާގެ ހިތްވަރަށް ތައުރީފް ކުރެއްވި އެވެ. ރައީފް މިވަގުތަށް އެންމެ ބޭނުން ވަނީ އުމްރާ ދަތުރަކަށް ވާތީ، އިސްލާމިކް މިނިސްޓްރީން އެކަން ހަމަޖައްސަައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.

"ކީރިތި ގްރުއާންގެ ސަބަބުން އޭނާގެ ސްކޫލަކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަން ވަނީ ފާހަގަކުރެވިފައި. ވަރަށް އަދަބުވެރި އަހްލާގް ރަނގަޅުކަން ފާހަގަވި. މިއީ ﷲ ދެއްވާ ނިއުމަތެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ރައީފް ކުރިއަށް ދިއުމުގެ އަޒުމް ހުރީ ގުރުއާންގެ އިލްމު އުގެނުމުގެ ދާއިރާއިންނެވެ. އެހެންވެ އޭނާ މިހާރު ބޭނުން ވަނީ އިމާމް ކޯސް ފުރިހަމަކުރާށެވެ. ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަކީ ވެސް ރައީފްގެ އުއްމީދެކެވެ. އޭނާ މިހާރު ވަނީ އެކަމަށް ތައްޔާރުވެފަ އެވެ.

11 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮވިއްޖެ

25 July 2024

މި ލިޔުން ކިޔަމުން ދިޔައިރު ހިތަށް ކުރި އަސަރުން ރޮވިއްޖެ..މާޝާﷲ. ތަބާރަކަﷲ. ހާދަހާ ހިތްވަރު ގަދަ ސޯލިޙް ރަނގަޅު ދަރިއެކޭ ތިޔަ ދެމަފިރިން ތަރުބިއްޔަތު ތިކުރީ. އަދި އެހާ ރަނގަޅު ދޮން ބައްޕައެއް ތި ލިބުނީ..އަދި މާތްﷲގެ ހަޟުރަތުން ލިބޭނެ ދަރަޖަ އާއި މަތިވެރި ސަވާބު އޮތީ ކުރިއަށް. ސާބަހޭ ރައީފް. ސާބަހޭ ރައީފުގެ މައިން ބަފައިންނަށާއި އާއިލާއަށް.

The name is already taken The name is available. Register?

ޢަމީނު

25 July 2024

ޢަސްލު ވެސް ރޮވުނު ތަ.ހީނުވޭ ހަމަ

The name is already taken The name is available. Register?

raajje

25 July 2024

ހާފިޒުންނާއި މުދިމުންނަށް ކުރަންޖެހޭ ގަދަރާއިއިހުތިރާމު މިރާއްޖޭގައި އެބަކުރޭތޯ؟ ނުކުރެއެވެ! ސަގާފަތްދިރުވާށޭކިޔާފަ ބޯހަމަނުޖެހޭކަންތައްތަކެއް ކުރާތަންފެނޭ، މިސާލަކަށް އީދުގައި ދުއްވާ ބޮޑުމަސް، ކުރީގައުޅުނުމީހުން ކުރި ބޯހަމަނުޖެހޭޒާތުގެ ކަންކަންވެސް ސަގާފަތްދިރުވުމުގެ ނަމުގައި ކުރަންޖެހޭތޯ؟ ނޫންނުޖެހޭނެ! އޭގެބަދަލުގައި ކޮންމެވެސް ފައިދާއެއްކުރާ މިޒަމަނާގުޅޭކަންކަން ރޭވިދަނެ! ކުރީގެމީހުންކޮށްއުޅުނު ބޯހަމެޖެހޭ ރަނގަޅުކަންކަން މިހާރުވެސްކުރެވިދާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 July 2024

ތިޔަ ހިޔާލު އަދި މުޅިން ރަނގަޅެއް ނޫން.އާދަ ކާދަ އާއި ސަގާފަތަކީ ގައުމީ ރޫހު އާލާކުރުމުގައި މުހިންމު ބަހާއެއް.އާދަކާދައާއި ސަގާފަތް ހިއްސާކުރާ ގިނަ ބަޔަކު ނެތްނަމަ އަމިއްލަ ވަންތަކަމުގެ ޝުއޫރު އުފެދިގެން ނުދާނެ.މި ޝުޢޫރު އެބައެއްގެ ހިތްތަކަށް ނުވަންނަނަމަ ގައުމީ ރޫހު އުފެއްދުމަށް ހުރަސްތަކެއް އެޅިގެންދާނެކަން ޔަގީން.ގައުމެެއްގެ ރައްޔަތުން އެގައުމަށް ނިސްބަތްވާކަމުގެ ހެއްކަކީ ސަގާފަތާއި އާދަކާދަ. ވ.ވެދުން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 July 2024

''ކުރީގެމީހުންކޮށްއުޅުނު ބޯހަމެޖެހޭ ރަނގަޅުކަންކަން މިހާރުވެސްކުރެވިދާނެ'' . މިކަމުގެ އިތުރު ތަފްސީލް ބޭނުން. ލިބިދާނެތަ؟؟ ރާއްޖެއަށް މާބޮޑަށް އެނގޭތީވެ މި އަހާލީ.

The name is already taken The name is available. Register?

raajje

26 July 2024

ރަދީފްއޮފިޝަލް، ހިޔަލަކީތަފާތުއެއްޗެއް މައްސަލައެއްނޫން، ނަމަވެސް މިހާރުކަންކަން މިދާގޮތް މުޅިންރަނގަޅޫނޫންކަން ރަދީފްއޮފިޝަލަށްވެސް ގަބޫލުނުކުރެވޭކަން ތިޔަވާހަކައިންދޭހަވޭ އެކަމަކު ހަދަންވީގޮތެއް ރަދީފްއޮފިޝަލަށް ނޭންގެނީކަމަށްވެދާނެ! ހަމަނުޖެހޭކަމެއްކޮށްކޮށް ތިބޭނީތޯ ނުވަތަ އެކުވެރިކަމާ ގައުމީރޫހުއާލާވާނެފަދަ ފައިދާހުރިކަންކަން އަހަރެމެންނަށް ނޫފެއްދޭނެތޯ؟ އާކުޅިވަރުތައްވެސް އުފެއްދިދާނެ،

The name is already taken The name is available. Register?

raajje

26 July 2024

ރަދީފްއޮފިޝަލް، ހަމަޖެހޭބައެއްކަންކަމަކީ މިސާލަކަށް އީދުގައި ގޭގޭގައި ކެއްކުން އީދުނަމާދުކޮށްގެން ގާތްތިމާގެމީހުންނަށާއި ރައްޓެހިންނަށް ސައިދިނުން، ފަލިޖެހުމުގެ މުބާރާތްފަދަ ފިޒިކަންކުޅިވަރުތައް، މިކަންކަން ކުރިންކުރިގޮތަށް ކުރުމުގެ ބަދަލުގައި އިތުރަށް ތަރަށްގީކުރެވިދާނެ، ރާއްޖޭގެ ހުރިހާރަށެއްގެ މެދުގައި ޗެސްމުބާރާތެއްބޭވުންފަދަގޮތަކަށް، ކުރިންކުރިރަނގަޅު ގިނަކަންކަން މިހާރުނުކުރޭ! ކޮމެންޓުކުރުމުގައި ބަލަނީ ބޮޑަށްއެނގުމެއްނޫން މީހަމަހިޔާލުއިނގޭތޯ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 July 2024

މަރުހަބާ. މިއީ ނޫންތޯ ހަގީގީ މޯލްޑިވިއަން އައިޑޮލް އަކީ. ކޮންފަދަ އުފާވެރިކަމެއް. ތި ލިބުނު އުފަލުގަ މަވެސް ބައިވެރިވަން.

The name is already taken The name is available. Register?

އަލިބޭ

25 July 2024

މަވެސް ބޭނުން ރައީފުއަށް އިނާމެއްދޭން. މަށާއި މަގޭއާއިލާގެ ހެޔޮދުއާ ރައީފުއަށް.

The name is already taken The name is available. Register?

ގަލަން

25 July 2024

ކިޔާލީމާ ލޮލުން ކަރުނަނހިލިއްޖެ. ވ އުފާވެރި ޚަބަރެއް. އަބަދުވެސް ކާމިޔާބު މިންވަރުކުރައްވާނދޭ.ވ

The name is already taken The name is available. Register?

ޖާގަ

25 July 2024

މާޝާ ﷲ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454