ގޯލާންގެ އަވަށެއް: ގޯލާނަށް ރޮކެޓް ހަމަލާދީ އެތައް ބަޔަކު ވަނީ މަރާލާފައި.
27 ޖުލައި 2024 - 22:26
ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދަށް ލުބްނާނު ތެރެއިން އައި ކަމަށް ބުނާ ރޮކެޓް ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް އިމަޖެންސީ މެޑިކަލް ސާވިސްތަކުން ބުނެފި އެވެ.
މަޖެން ޑޭވިޑް އަޑޮމް އިމަޖެންސީ ސާވިސްގެ ވެރިޔާ އެލީ ބިން ވިދާޅުވީ މަޖްދާލް ޝަމްސް އަވަށަށް ރޮކެޓެއް އަމާޒުވެ ނުވަ މީހަކު މަރުވެ 34 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެތައް ބަޔަކު އިޒްރޭލުން މަރުވި މި ހަމަލާތައް އައީ، ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުވަން ހަރުކަށި ރައްދެއް ދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައި ވަނިކޮށެވެ.
އެކަމަކު ހިޒްބުﷲ އިން ވަނީ ހަމަލާ ދިން ކަމަށް އިންކާރުކޮށްފަ އެވެ. އެހެން ވެއްޖެ ނަމަ މިއީ ސީރިއާ ސަރަހައްދުން ދިން ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.
އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޯލާނަށް 100 އަށްވުރެ ގިނަ މިސައިލް އަމާޒުކުރި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަދުވެގެން 14 މީހަކު ހަމަލާތަކުގައި މަރުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
28 July 2024
ފަލަސްތީނުގެ ބިމުގަ ތިބި ޔަހޫދީންގެ އެކަކަށްވެސް އަމާންކަން ލިބިގެން ނުވޭ. އެއީ މުސްލިމުންގެ ބިމަށް ގަދަކަމުން ފޭރިގެން އަރާ ތިބި ބައެއް. އެވަރުން ހިތް ނުފުރިގެން ކޮންމެ ދުވަހަކު މުސްލިމުން މަރަމުން ގެންދާ ބައެއް.
ރަބަރޭ.
28 July 2024
މަރުވި ކޮންމެ ޔަހޫދީއަކަށް. 100 މީހުން ޝަހީދުކޮށްލާނެ. ނަފުސަކަށް ނަފުސެއް ލޮލަކަށް ލޮލެއް ދަތަކަށް ދަތެއް މިއީ އެމީހުން ގަބޫލުކުރާ ފޮތުގައި ވެސް އޮތްގޮތް. އެކަމަކު އެމީހުން ވެސް އެއަށް ޢަމަލެއްނުކުރޭ. ނުބައި ބައެއް އެއީ،
ލަސް
29 July 2024
ދެކޮޅުގައިވެސް ބާރުގަ ތިބީ ހަމަ އެކައްޗެއް.